Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އައު ސީޕްލޭން ޓަރމިނަލް މައްސަލަ

މުވައްޒަފުން ވަކިކުރި ޚަބަރާއެކު، އެމްއޭސީއެލްގެ ނުރުހުން ''މިހާރު'' ނޫހަށް !

ޒިންމާދާރުކޮށް ނޫސްވެރިކަން ކުރަން ޖެހޭ: އެމްއޭސީއެލް

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2020 | ހޯމަ 16:02
އަލަށް ހަދާ ސީޕްލޭން ޓާމިނަލް

އަލަށް ހަދާ ސީޕްލޭން ޓާމިނަލް

ޓީއެމްއެއަށް ސީޕްލޭން ޓާމިނަލް ދޭން ދެކޮޅު ހެދި، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިސް ދެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި ކަމަށް މިހާރު ނޫހުގައި ލިޔުނު ހަބަރަކާއި ގުޅިގެން އެ ކުންފުނިން އެ ވާހަކަތައް ދޮގުކޮށް އެ ނޫހަށް ރައްދު ދީފިއެވެ.

ހޯމަ ދުވަހު ''މިހާރު'' އިން ލިޔެފައިވާ ހަބަރެއްގައިވާ ގޮތުގައި، ހުސްވި އަހަރުގެ ފަހުކޮޅު އެމްއޭސީއެލްގެ އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައި ހިމެނޭ، ޑެޕިއުޓީ ޗީފް، ފައިނޭންޝަލް އޮފިސަރު ހާމިދު ރިޒާ އާއި ޖެނެރަލް މެނޭޖަަރ، ކޮމާޝަލް، މުޖުތަބާ ލަތީފް މަގާމުން ވަކިކޮށްފައިވަނީ އެއަރޕޯޓުގައި އަޅާފައިވާ އައު ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭން ދެކޮޅު ހެއްދެވުމުން ކަމަށެވެ.

Advertisement - newsAdvertisement

އެ ވާހަކަތަކަށް ދޮގުކޮށް އެމްއޭސީއެލުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ސީޕްލޭންގެ މައްސަލާގައި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިނުވާނެ ކަމަށާއި، އެ ކުންފުންޏަކީ މުވައްޒަފުންގެ ރަނގަޅު ރިކޯޑެއް އޮންނަ ތަނެއް ކަމަށެވެ.

އަދި މަދު ފަހަރެއްގައި މީހަކު ވަޒީފާއިން ވަކިކުރިޔަސް ވަކިކޮށްފައިވާނީ ގަވާއިދާ އެއްގޮތަށް ކަމަށެވެ. އެމްއޭސީއެލުން ވަނީ ''މިހާރަށް''، ދޮގު ހަބަރުތައް ފެތުރުން ހުއްޓާލައި، ޒިންމާދާރުވާން އިލްތިމާސް ކޮށްފައެވެ. ނަމަވެސް، މި މުވައްޒަފުން ވަކިކޮށްފައިވޭތޯ ނުވަތަ ނޫންތޯވެސް އެމްއޭސީއެލްއިން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ސީޕްލޭމް ޓާމިނަލްގެ މައްސަލަ ބޮޑުވެގެން މިއުޅެނީ، އައު ސީޕްލޭން ޓާމިނަލް، ނުއަގުގައި ވަކި ބަޔަކަށް ކުއްޔަށް ދޭން އުޅޭ ކަމުގެ ތުހުމަތުކޮށް އޮޑިޓެއް ހަދަން އޮޑިޓް އޮފީހަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވެސް މީގެ ކުރިން ވަނީ ފާސްކޮށްފައި ވަނިކޮށެވެ.

އެ މައްސަލާގައި މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އާއި އެމްއޭސީއެލްއާ ދެމެދު ބަހުގެ ހަމަލާތަކެއްވެސް ވަނީ ރައްދުކޮށްފައެވެ. ޔައުގޫބް ކުރެއްވި ޓްވީޓެއްގައި ވަނީ އެމްއޭސީއެލްގެ ސީޕްލޭން ޓާމިނަލް ވަރަށް އަވަހަށް ޓީއެމްއޭއާ ހަވާލުކުރާނެ ކަމަށް މައުލޫމާތު ލިބޭކަމަށް ވިދާޅުވެފައެވެ. އަދި ދައުލަތަށް ގެއްލުންވާ ގޮތަށް އެތަން ޓީއެމްއޭއާ ހަވާލުކޮށްފި ނަމަ އެބަޔަކު ޖަވާބުދާރީކުރުވަން ފަސްނުޖެހޭނެ ކަމަށާއި، މާލިއްޔަތު ކޮމިޓީން އެކަން ބަލައި ފިޔަވަޅު އަޅާނެ ކަަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

އެމްއޭސީއެލުން ވަނީ އެކަންވެސް ދޮގު ކޮށްފައެވެ. އެ ތަނުން ބުނީ، ފަތުރާފާއިވަނީ ހަގީގަތާ ހިލާފު ޚަބަރުތަކެއް ކަމަށެވެ. އަދި އެފަދަ ނިންމުމެއް ނިންމާފައިނުވާ ކަމަށާއި، އެކަމުގައި އެމްއޭސީއެލްއިން ކުރިންވެސް މަސައްކަތް ކުރަމުން އައި ގޮތުގެ މަތީގައި އަދިވެސް ދެމިތިބި ކަމަށެވެ.

26 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ޢިމާރާތް ކުރެވޭ ކޮމްޕްލެކްސްގައި 4 ފަންގިފިލާގެ (ޖުމްލަ 28000 އަކަމީޓަރު) ގެ ސީޕްލޭން ޓާރމިނަލަކާއި 1 ފަންގިފިލާގެ (120 އަކަމީޓަރުގެ) ވީވީއައިޕީ ޢިމާރާތެއް ހިމެނޭ ކަމަށެވެ. އަދި މި ޓާރމިނަލް ފަރުމާކުރެވިގެންދާނީ މަލްޓި އޮޕަރޭޓަރުންނަށް މަސައްކަތް ކުރެވޭ ގޮތަށް ކަމަށް އެމްއޭސީއެލުން ބުންޏެވެ. އެމްއޭސީއެލުން ބުނީ މި އިމާރާތުގެ މަސައްކަތް މިއަހަރުގެ ދެވަނަ ކުއާޓަރގައި ނިމޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު