Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ޔުނައިޓެޑް ބަލިކޮށް ލިވަރޕޫލުން ތާވަލުގެ އެއްވަނައިގަ 16 ޕޮއިންޓުގެ ލީޑެއް ނަގައިފި

20 ޖެނުއަރީ 2020 | ހޯމަ 04:41

މި މެޗު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 20 ޖެނުއަރީ 2020 | ހޯމަ 04:41
ސަލާހް ލަނޑަށްފަހު އުފާ ފާޅުކުރަނީ

ސަލާހް ލަނޑަށްފަހު އުފާ ފާޅުކުރަނީ

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް ލިވަރޕޫލުން ތާވަލުގެ އެއްވަނައިގައި 16 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ލިވަރޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަރޕޫލުން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާ އަކުންނެވެ.

މި މެޗު ފަށައިގެން ލިވަރޕޫލުން ޔުނައިޓެޑުގެ ހާފަށް ބާރުބޮޑުކޮށް، ޔުނައިޓެޑްގެ ގޯލަށް ހަމަލާތަކެއް ވަނީ ފޮނުވައިލައިފައެވެ. އެގޮތުން މެޗުގެ 8 ވަނަ މިނެޓުގައި ސަޑިއޯ މާނޭ ނުރައްކާތެރި ހަމަލާއެއް ޔުނައިޓެޑުގެ ގޯލަށް ވަނީ ފޮނުވާލާފައެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ގޯލާ ޢަމާޒުނުވެ، އަރިމަތީ ދަނޑި ކައިރިން ދިޔައީ ބޭރަށެވެ. މެޗުގެ 14 ވަނަ މިނެޓުގައި ލިވަރޕޫލުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވެން ޑައިކް އެވެ. މިއީ އެލެކްސްސެންޑާ އާނޯލްޑުގެ އެހީތެރިކަމާއެކު އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ 25 ވަނަ މިނެޓުގައި ލިވަރޕޫލުގެ ފިރިމީނިއޯ ލަނޑެއްޖެހި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު އެއީ ލަނޑެއް ނޫންކަމަށް ވަނީ ނިންމާފައެވެ. އޭގެ ދެ މިނެޓު ފަހުން ފިރިމީނިއޯ އަށް ވަނީ ލަނޑު ޖެހުމަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މުހައްމަދު ސަލާހު ތަނަވަސްކޮށްދިން ފުރުސަތުގައި ފިރިމީނިއޯ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާ އަކުން ލިވަރޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ލިވަރޕޫލުން އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަ ކުރިއެވެ. އެގޮތުން މެޗުގެ 47 ވަނަ މިނެޓުގައި އިތުބާރު ފޯވަރޑް ސަލާހަށް ވަނީ ލަނޑު ޖެހުމަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތި ދަނޑި ކައިރިން ބޭރަށެވެ. މެޗުގެ 59 ވަނަ މިނެޓުގައި ޔުނައިޓެޑަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ޔުނައިޓެޑްގެ މާޝިއާލް ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑި މަތިން ދިޔައީ ބޭރަށެވެ. މެޗުގައި ލިވަރޕޫލުން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ ފަހު މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ސަލާހެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ލިވަރޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މި މެޗުގައި ފެނިގެންދިޔައީ ލިވަރޕޫލް ކުޅުންތެރިންގެ ބުރަ މަސައްކަތް ކަމަށާއި، މި މެޗުގައި ލިވަރޕޫލް ކުޅުންތެރިން ކުރި ހިތްވަރަށް ސާބަސް ދޭ ކަމަށެވެ. އަދި މި މެޗުގައި ލިވަރޕޫލް ކުޅުންތެރިންނަށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި، އެއާއި އެއްވަރަށް ލަނޑު ޖަހާފައި ނުވިނަމަވެސް، މި ނަތީޖާއާއި މެދު ހިތްހަމަ ޖެހޭ ކަމަށް ކްލޮޕް ބުންޏެވެ.

މި ނަތީޖާއާ އެކު ލިވަރޕޫލުން ތާވަލުގެ އެއްވަނައިގައި އޮތީ 22 މެޗުން ލިބުނު 64 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އޮތީ 23 މެޗުން ލިބުނު 48 ޕޮއިންޓާއެކުގައެވެ. މި މެޗުން ބަލިވި މެންޗެސްޓަރ ސިޓީ އޮތީ 23 މެޗުން ލިބުނު 34 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް