Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޓާރނީ ޖެނެރަލްގެ އޮފީސް

މިދިއަ އަހަރު އެންމެ ގިނަ މައްސަލަތައް ރައްދުވެފައިވަނީ ފުލުހުންގެ އިދާރާއަށް: އެޓަރނީ ޖެނެރަލް

19 ޖެނުއަރީ 2020 | އާދީއްތަ 08:55

މިދިއަ އަހަރު މަދަނީ މައްސަލަތަކުގައި ދައުލަތުން ދައުވާކުރި މައްސަލަތަކަށްވުރެ ދައުލަތަށް ރައްދުވި މައްސަލަތައް ގިނަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 19 ޖެނުއަރީ 2020 | އާދީއްތަ 08:55
އެޓާރނީ ޖެނެރަލް އިބްރާހީމް ރިފްއަތު

އެޓާރނީ ޖެނެރަލް އިބްރާހީމް ރިފްއަތު

މިދިއަ އަހަރު ދައުލަތުގެ އިދާރާތަކުގެ ތެރެއިން މަދަނީ މައްސަލަތަކުގައި އެންމެ ގިނަ ދައުވާ ރައްދުވެފައިވަނީ ފުލުހުންގެ މުއައްސަސާއަށް ކަމަށް އެޓަރނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން ބުނެފި އެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ 2019 ވަނަ އަހަރު ފުލުހުންގެ އިދާރާއަށް ރައްދުވާ 43 މައްސަލައެއް ހުށަހެޅިފައިވެއެވެ. އަދި ހައުސިންގ މިނިސްޓްރީއާ ގުޅޭ 26 މައްސަލައެއް ހުށަހެޅިފައިވާއިރު، ޑިފެންސް މިނިސްޓްރީއާ ގުޅޭ 18 މައްސަލަ އަދި އަދި ޓުރިޒަމާ ގުޅޭ 15 މައްސަލަ ހުށަހެޅިފައި ވެއެވެ.

Advertisement - newsAdvertisement

މީގެއިތުރުން، މިދިއަ އަހަރު ދައުލަތުން ދައުވާ ކުރި މައްސަލަތަކަށް ވުރެ ދައުވާ ރައްދުވި މައްސަލަތައް އިތުރެވެ. މިދިއަ އަހަރު ދައުލަތާ ދެކޮޅަށް 226 މައްސަލަ ކޯޓުގައި ކުރިއަށް ދިޔައެވެ. ނަމަވެސް ދައުލަތުން އިސްވެ ދައުވާ ކުރީ 158 މައްސަލާގައެވެ. ނަމަވެސް އޭގެ ކުރި އަހަރު، 2018 ވަނަ އަހަރު ދައުލަތަށް ރައްދުވި މައްސަލަތަކަށް ވުރެ، ދައުލަތުން އިސްވެ، ދައުވާ ކުރި މައްސަލަތައް ގިނައެވެ. އެގޮތުން އެ އަހަރު ދައުލަތުން އެކި މީހުންނަށާއި ކުންފުނިތަކަށް ދައުވާ ކުރި މައްސަލަތަކުގެ ޢަދަދު 429 އަށް އަރައެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިއަ އަހަރު ދައުލަތަށް ދައުވާ ރައްދުވި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ވަޒީފާއާ ގުޅޭ މައްސަލަތަކެވެ. އެގޮތުން ވަޒީފާއާ ގުޅޭ 60 މައްސަލާގައި ދައުލަތާ ދެކޮޅަށް ދައުވާކޮށްފައިވެއެވެ.

މިދިޔަ އަހަރު އެޓަރނީ ޖެނަރަލް އޮފީހުގެ ޤާނުނީ ވަކީލުން 1924 އަޑުއެހުމަކަށް ހާޒިރުވެ، ވަކާލާތުކޮށްފައިވާއިރު، ދައުލަތުގެ އިދާރާތަކަށް ރައްދުވި ދައުވާތަކުގެ ތެރެއިން އެންމެ ގިނައިން އޭޖީ އޮފީހުގެ ވަކީލުން ކޯޓުގައި ވަކާލާތު ކުރަންޖެހުނީ ފުލުހުންގެ މުއައްސަސާއާ ގުޅޭ ގޮތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގައެވެ.

އެޓަރނީ ޖެނެރަލްއަކީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނީ ލަފާ ދެއްވުމަށް ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިވާ ބޭފުޅެކެވެ. އަދި ދައުލަތުގެ އިދާރާތަކަށް ޤާނޫނީ ލަފާ ދެއްވުމާއި، މަދަނީ މައްސަލަތަކުގައި ދައުލަތް ތަމްސީލު ކުރައްވާ ފަރާތަކީ ވެސް އެޓަރނީ ޖެނެރަލް އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު، 17 ނޮވެމްބަރު 2018 ވަނަ ދުވަހު ވެރިކަމުގެ ހުވާ ކުރެއްވުމާއެކު، އެޓާރނީ ޖެނެރަލް ކަމުގެ މަޤާމު ފުރުއްވަމުން ގެންދަވަނީ އިބްރާހީމް ރިފްއަތު އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް