Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫރިޔާގެ ދާޚިލީ ހަނގުރާމަ

ސޫރިޔާގައި ދޭ އަސްކަރީ ޙަމަލާތަކުގެ ޝިކާރައަކަށް އެޤައުމުގެ މަދަނީން ވަމުންދާތީ ކަންބޮޑުވޭ: އދ

18 ޖެނުއަރީ 2020 | ހޮނިހިރު 08:02

ޙަމަލާ ބަދަލުކުރުން ހުއްޓާލާ އެއްބަސްވުން ތަންފީޒު ކުރުމުގައި ސޫރިޔާ ސަރުކާރާއި، ގުޅިފައިވާ ލަޝްކަރުތައް ވަޏީ ފޭލިވެފައި

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 18 ޖެނުއަރީ 2020 | ހޮނިހިރު 08:02
އދ ގެ އިންސާނީ ޙައްޤުތަކާއި ބެހޭ އެންމެ އިސްވެރިޔާ މިޝޭލް ބެޗެލެޓް

އދ ގެ އިންސާނީ ޙައްޤުތަކާއި ބެހޭ އެންމެ އިސްވެރިޔާ މިޝޭލް ބެޗެލެޓް | އަލްޖަޒީރާ

ސޫރިޔާގެ އަސްކަރިއްޔާއިން އެޤައުމުގެ ސަރުކާރާއިދެކޮޅު ފަރާތްތަކަށް ޢަމާޒުކޮށް އިދްލީބު އަވަށުގައި ދެމުން ގެންދާ ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ މަދަނީން ކޮންމެ ދުވަހަކު މަރުވަމުންދާތީ އދ އިން އެކަމާއި ކަންބޮޑުވާކަން ފާޅުކޮށްފިއެވެ.

ސޫރިޔާގެ މަޞްރާޙާއި ބެހޭ ގޮތުން ދެއްވި ބަޔާނެއްގައި އދ ގެ އިންސާނީ ޙައްޤުތަކާއި ބެހޭ އެންމެ އިސްވެރިޔާ މިޝޭލް ބެޗެލެޓް ވިދާޅުވީ، އެއްގަމާއި ވައިގެ މަގުން ކޮންމެ ދުވަހަކުހެން ޢާންމު ރައްޔިތުން ދިރިއުޅޭ ޞަރަޙައްދުތަކަށް ޢާމާޒުކޮށް އެއްގަމާއި ވައިގެ މަގުން އަސްކަރީ ޙަމަލާތައް ދެމުންދާކަމަށާއި، މިޙަމަލާތަކުގައި ކޮންމެ ދުވަހަކުވެސް މަދަނީން މަރުވަމުންދާ ކަމަށެވެ.

މިޝޭލް ވިދާޅުވީ ޙަމަލާ ބަދަލުކުރުން ހުއްޓާލާ އެއްބަސްވުމަކަށް އައިސްފައިވީ ނަމަވެސް، އެ އެއްބަސްވުން ތަންފީޒުކުރުމުގައި ސޫރިޔާ ސަރުކާރާއި ، ސޫރިޔާއަށް ވާގިވެރިވެދޭ ޤައުމުތަކުގެ ފައުޖުތައް ފޭލިވެފައިވާކަމަށެވެ. މަދަނީންގެ ޙިމާޔަތަށާއި ރައްކަލަކަށް ވެވުނު އެއްްބަސްވުމާއި ޚިލާފަށް އިދްލީބް އަވަށަށް ޙަމަލާދެމުންދާތީ މިޝޭލް ވަނީ އެކަން ކުށްވެރިކުރައްވާފައެވެ. އަދި މަދަނީންނަށް ޢަމާޒުކޮށްދޭ އަސްކަރީ ޙަމަލާތައް ވަގުތުން ހުއްޓާލުމަށްވެސް މިޝޭލް ވަނީ ގޮވާލާފައެވެ.

ސޫރިޔާގެ ޢާންމު ޙާލަތާއި ބެހޭ ގޮތުން ބުރާސްފަތި ދުވަހު އދ އިން ޢާންމު ކުރި ރިޕޯޓެއްގައި ބުނެފައިވަނީ އިދްލީބުގައި ސޫރިޔާ ސިފައިންނާއި، ރަޝިޔާގެ ގުޅިފައިވާ ލަޝްކަރުން ދިން ޙަމާލާތަކުގައި، ލިބުނު ގެއްލުންތަކުގެ ސަބަބުން 350،000 މީހުން ގެދޮރު ގެއްލި ޙާލުގައި ޖެހިގެން އިދްލީބު އަވަށުން ފައިބާފައިވާކަމަށެވެ. މިއީ ހަމަ އެކަނީ ޑިސެންބަރު މަހުގެ ކުރީކޮޅުން ފެށިގެން މި ދިޔަ ބުރާސްފަތި ދުވަހާއި ހަމަޔަށް ދިން ޙަމަލާތަކުގެ ސަބަބުން އަމިއްލަ ވަޒަނުން ފޭބި މަދަނީންކަމަށް އދ ގެ ރިޕޯޓުގައި ވެއެވެ. ޙާލުގައި ޖެހުނު މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ތުއްތު ކުދިންކަމަށާއި، މިމީހުން މިހާރު ދިރިއުޅެމުންދަނީ ސޫރިޔާއާއި، ތުރުކީވިލާތް ގުޅޭ ޞަރަޙައްދީ އިން ކައިރީގައި ފޭލިގެ ޖަހައިގެންނާއި، ބައެއް ވަގުތީ ހިޔާތަކުގައިކަމަށްވެސް ރިޕޯޓުގައި ވެއެވެ.

ސޫރިޔާގެ މަދަދާއެކު، ރަޝިޔާގެ އަސްކަރީން ކުރިޔަށްގެންދާ އޮޕަރޭޝަނުގައި ދެމުންގެންދާ ޙަމަލާތަކުގައި އިދްލީބަށް ވަނީ ބޮޑެތި އުމްރާނީ ގެއްލުންތައް ލިބިފައެވެ. އެގޮތުން ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި، ކުއްލި އެހީ އަދި އިންސާނީ އެހީދޭ ބަސއެއް އޭޖެންސީތައްވެސް ވަނީ ބިމާ ހަމަވެފައިއެވެ.

އިދްލީބުގެ އެތެރޭގައި މިހާރު ތިބި މަދަަނީން އަސާސި ޚިދުމަތްތަކަށް ޖެހިފައިވާއިރު، ޙާލުގައި ޖެހިގެން އަވަށުން ފޭބި މީހުންނަށްވެސް ވަނީ ފެނާއި ކާބޯތަކެތި ލިބުމުގައި ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ. އދ އާއި އެހީދޭ ބައިނަލް އަޤުވާމީ އެހެނިހެން ޖަމްޢިއްޔާ ޖަމާޢަތްތަކުން އެހީތެރިވަމުން ދިޔަނަމަވެސް، ޙަމަލާތަކާއި ގުޅިގެން ޙާލުގައި ޖެހޭ މަދަނީންގެ ޢަދަދު ގިނަ ކަމުން އެފަރާތްކަށްވެސް ވަނީ އެހީ ދިނުމުގައި ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ. ޙާލުގައި ޖެހޭ މީހުން ދުވަހުން ދުވަހަށް ގިނަވަމުންދާއިރު، އެންމެނަށް އެކަށީގެންވާ މިންވަރެެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފަންޑް ނެތުމުގެ ސަަބަބުން ވަނީ ނުކުޅެދިފައެވެ.

2011 ވަނަ އަހަރު ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާއި ދެކޮޅަށް އެޤައުމުގެ މަދަނީން ތެދުވިފަހުން، އެޤައުމުގައި ސިޔާސީ މަޝްރަހު ގޯސްވެ، ޤައުމުގައި ވަނީ ދާޚިލީ ހަނގުރާމައަށް ފެށިފައެވެ. މިހާތަނަށް އައިއިރު އެތައް މިލިޔަން މީހުނެއް ޙާލުގައި ޖެހި، މުޅި ޤައުމުހެން ވަނީ ވީރާނާވެފައެވެ. އެހެންނަމަވެސް ރައްޔިތުންގެ ގޮވާލުންތަކަށް އިޖާބަ ނުދެއްވާ، ބައްޝާރުލް އަސަދު އަދިވެސް ހުންނެވީ ވެރިކަމުގައެވެ. ދުލެއް ނުދެއްވައެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
20 މެއި 2017

އުތުރު ކޮރެއާ އަށް އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ ނަތީޖާ ހިތިވާނެ: ޖޭމްސް މެޓިސް

20 މެއި 2017
އުތުރު ކޮރެއާ އަށް އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ ނަތީޖާ ހިތިވާނެ: ޖޭމްސް މެޓިސް
30 އެޕްރީލު 2017

އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ

30 އެޕްރީލު 2017
އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ
30 އެޕްރީލު 2017

ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ

30 އެޕްރީލު 2017
ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ
24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
22 އެޕްރީލު 2017

އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!

22 އެޕްރީލު 2017
އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!
07 އެޕްރީލު 2017

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި
08 މާރިޗު 2017

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް