Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުރިހާނާ

ރިހާނާއާއި ސައުދި ވިޔަފާރިވެރިޔާ ހަސަން ޖަމީލް ރުޅިވީތަ؟

ރިހާނާއާއި ހަސަން ޖަމީލްގެ ގުޅުމުގެ ވާހަކަ ފުރަތަމަ ދެކެވުނީ 2017 ވަނަ އަހަރު

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 18 ޖެނުއަރީ 2020 | ހޮނިހިރު 04:53
ރިހާނާއާއި ހަސަން ޖަމީލް

ރިހާނާއާއި ހަސަން ޖަމީލް

މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާއާއި ލޯބިވެރިޔާއާ ރުޅިވެއްޖެކަމުގެ ރިޕޯޓުތައް ފެތުރެން ފަށައިފިއެވެ.

ތިން އަހަރު އެކުގައި އުޅުމަށްފަހު ރިހާނާއި ސަޢުދީ ޢަރަބިއްޔާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޙަސަން ޖަމީލު ރުޅިވިކަމުގެ ޚަބަރުތައް ފެތުރެމުންދާއިރު، ދެ މީހުން ކައިވެނި ކުރަން އުޅޭ ވާހަކަވެސް މީގެ ކުރިން ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި ދެ މީހުންގެ ގުޅުމުގެ ވާހަކަ ފުރަތަމަ ދެކެވުނީ 2017 ވަނަ އަހަރެވެ. ދެ މީހުން އެކުގައި ސްޕެއިންގައި ޗުއްޓީ ހޭދަ ކުރަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ޢާންމުވުމާއި ގުޅިގެންނެވެ.

ޙަސަންއާ ގުޅޭ ގޮތުން ރިހާނާ މާ ގިނަ ވާހަކަ ދައްކާފައި ނުވިނަމަވެސް، 2019 ވަނަ އަހަރުގެ ޖޫން މަހު ދިން އިންޓަވިއުއެއްގައި މީހަކު ދެކެ ލޯބިވާކަމަށް އޭނާ ބުނެފައިވެއެވެ. ޙަސަންގެ ޢާއިލާއާއެކު ރިހާނާ ޗުއްޓީ ހޭދަކުރާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އޭރި ޢާންމުވިއެވެ.

ރިހާނާއާއި ޙަސަންއާ ރުޅިވިކަމަށް ޓީއެމްޒީއާއި ޔޫއެސް ވީކްލީން ރިޕޯޓު ކުރާއިރު، ދެ މީހުންނާ ގާތް ފަރާތުން އެ ނޫސްތަކަށް މިކަން ކަށަވަރުކޮށްދީފައިވާކަމަށް ބުނެފައިވެއެވެ. ނަމަވެސް، ދެ މީހުން ވަކިވާން މެދުވެރިވި ސަބަބެއް ބުނެފައި ނުވާއިރު، ރިހާނާ ނުވަތަ ޙަސަންގެ ފަރާތުން މިކަމާ ގުޅޭގޮތުން ބަހެއް ބުނެފައެއް ނުވެއެވެ.

ލަވަކިޔުންތެރިއެއްގޮތަށް ދުނިޔެއަށް ތަޢާރަފުވި، ބާބެޑޯސްއަށް ނިޞްބަތްވާ ރިހާނާ މިހާރު ބޮޑަށް ކުރަމުން އަންނަނީ އޭނާގެ 'ފެންޓީ ބިއުޓީ ލައިން' އާއި 'ސެވޭޖް' ލޯންޖްރޭ ލައިންގެ މަސައްކަތެވެ. 1.5 ބިލިއަން ޑޮލަރުގެ އަގުހުރި ޙަސަން ޖަމީލްގެ ޢާއިލާއަކީ ސަޢުދީ ޢަރަބިއްޔާގެ 12އަށް އެންމެ މުއްސަނދި ޢާއިލާއެވެ.

އިތުރަށް ކިޔާލަން

01 އެޕްރީލު 2020

ކޮވިޑް-19 އިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތައް ރިހާނާއާއި ޖޭ-ޒީ 2 މިލިއަން ޑޮލަރު ހަދިޔާކޮށްފި

01 އެޕްރީލު 2020
ކޮވިޑް-19 އިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތައް ރިހާނާއާއި ޖޭ-ޒީ 2 މިލިއަން ޑޮލަރު ހަދިޔާކޮށްފި
24 ޖެނުއަރީ 2020

ރިހާނާ އާއި ސައުދީ ވިޔަފާރިވެރިޔާ ހަސަން ޖަމީލް ރުޅިވި ސަބަބު އެނގޭތަ؟

24 ޖެނުއަރީ 2020
ރިހާނާ އާއި ސައުދީ ވިޔަފާރިވެރިޔާ ހަސަން ޖަމީލް ރުޅިވި ސަބަބު އެނގޭތަ؟
26 މާރިޗު 2019

ސައުދީ ވިޔަފާރިވެރިޔާ ހަސަން ޖަމީލްއާ ކައިވެނި ކުރަން ރިހާނާ ތައްޔާރުވީތަ؟

26 މާރިޗު 2019
ސައުދީ ވިޔަފާރިވެރިޔާ ހަސަން ޖަމީލްއާ ކައިވެނި ކުރަން ރިހާނާ ތައްޔާރުވީތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު