Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

އޭއީއެޗްގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތުގައި އެއްވަނައަށް ދާ ފަރާތަކަށް 10،000 ރުފިޔާ!

10 ޖެނުއަރީ 2020 | ހުކުރު 07:18

މުބާރާތެއްގައި ބައިވެރިކޮށްފައިވާ ލޯގޯއަކަށް ވެގެން ނުވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 10 ޖެނުއަރީ 2020 | ހުކުރު 07:18
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ އޭއީއެޗް ގެ ލޯގޯ ފަރުމާކުރުމުގެ ފުރުސަތު އާންމު ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށާއި، މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިމުބާރާތަށް ހުށަހަޅާ ލޯގޯއަކީ މީގެ ކުރިން ބޭނުންކުރެވިފައި ނުވަތަ މުބާރާތެއްގައި ބައިވެރިކޮށްފައިވާ ލޯގޯއެއް ކަމަށް ވެގެން ނުވޭނެ ކަމަށެވެ.

Advertisement - newsAdvertisement

އޭއީއެޗް އިން ފޯރުކޮއްދޭ ޙިދުމަތް ރަމްޒުކޮށްދޭ ލޯގޯއެއް ކަމުގައިވާންޖެހޭ ކަމަށާއި، މުބާރާތަށް ހުށަހަޅާ ލޯގޯއަކީ އުފެއްދުންތެރި، އަމިއްލަވަންތަ ލޯގޯއެއް ކަމުގައިވާން ޖެހޭ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ ލޯގޯގެ ޑިޒައިންއަކީ ހޮސްޕިޓަލުގެ ބިޒްނަސް ކާޑު، ލެޓަރ ހެޑް، ބެނަރ، ޔުނިފޯރމް އަދި ޓީޝާޓްފަދަ ތަކެތީގައި ބޭނުންކުރުމަށް އެކަށޭނަ ފަރުމާއަކަށްވާންޖެހޭ ކަމަށާއި، އެހެން ލޯގޯއެއް އަސްލަކަށް ބަލައިގެން ފަރުމާކުރާނަމަ އެލޯގޯގެ ކޮޕީ އާއި ތަފްސީލު ހުށަހެޅަންޖެހޭ ކަމަށެވެ. އަދި ލޯގޯ ޑިޒައިން ކުރުމުގައި ހަނދުފަޅި އަދި ކްރޮސް ބޭނުން ނުކުރުމަށާއި، އައްޑޫވަންތަކަން ރަމްޒުކޮށްދޭންޖެހެއެވެ.

ލޯގޯގެ ފަރުމާތަކަށް އިންސާފު ކުރައްވާނީ ހުށަހެޅި ފަރާތް ސިއްރުކުރުމަށްފަހު، މިކަމަށް އެކުލަވާލާފައިވާ ކޮމިޓީއަކުންކަން ފާހަގަކޮށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ ހުށަހަޅާ ލޯގޯއަށް މާކްސް ދިނުމުގައި ލޯގޯގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ (ކޮމްޕޮޒިޝަން)، މިހޮސްޕިޓަލުގެ ސިފަތައް ރަމްޒުކޮށްދޭ މިންވަރު، އުފެއްދުންތެރިކަމާއި އަމިއްލަވަންތަކަމަށް ބެލޭނެ ކަމަށެވެ.

މީގެ އިތުރުން އެހޮސްޕިޓަލުން ބުނީ އެއްވަނައަށް ހޮވޭ ފަރާތަށް އީމެއިލް ނުވަތަ ފޯނުގެ ޒަރީއާއިން އެންގޭނެ ކަމަށާއި، އެއްވަނައަށް ހޮވޭ ލޯގޯ ހުށަހެޅުއްވި ފަރާތަކަށް ލިބޭ އިނާމަކަށް 10،000 ރުފިޔާ ލިބޭނެ ކަމަށެވެ. އަދި އެއްވަނައަށް ހޮވޭ ލޯގޯގެ ފުރިހަމަ ކޮޕީރައިޓް، އޭ.އީ.އެޗް އާ ހަވާލުކުރާނެ ކަމަށް ވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ލޯގޯގެ ސޮފްޓް ކޮޕީތައް ހިމެނޭ ސީ.ޑީ އާއި ހާރޑްކޮޕީ މިމަހުގެ 19 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ހުށަހަޅަންޖެހެއެވެ. އަދި މިމުބާރާތަށް ލޯގޯ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން، އައިޑީ ކާޑު ނަންބަރާއި ކޮޕީ، އެޑްރެސް އަދި ގުޅޭނެ ނަންބަރެއް ލޯގޯއާ އެކު ހުށަހަޅަންޖެހެއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) އަކީ މާލެ ފިޔަވައި ރާއްޖޭގެ އެހެންތަނެއްގައި ޓާޝާރީ ހޮސްޕިޓަލްފެންވަރުގައި ތަރައްގީ ކުރެވިގެންދާ ފުރަތަމަ ހޮސްޕިޓަލެވެ. މި މަޝްރޫއަކީ ކުރީގެ ރައީސް ޔާމީންގެ ދައުރުގައި ފެށި މަޝްރޫއެކެވެ. މިހާރު ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

14 ޖުލައި 2017

އޯލެވެލް އިމްތިހާނުގެ އެއްވަނައަށް 126 ދަރިވަރުން

14 ޖުލައި 2017
އޯލެވެލް އިމްތިހާނުގެ އެއްވަނައަށް 126 ދަރިވަރުން
22 ޖޫން 2017

ދިދަ އާއި ލޯގޯއާ ގުޅިގެން ޖޭޕީން ހުށަހެޅި ވަގުތީ އަމުރާ ގުޅޭ ބަޔާން ބަދަލުކޮށް ނިންމައިފި

22 ޖޫން 2017
ދިދަ އާއި ލޯގޯއާ ގުޅިގެން ޖޭޕީން ހުށަހެޅި ވަގުތީ އަމުރާ ގުޅޭ ބަޔާން ބަދަލުކޮށް ނިންމައިފި
22 ޖޫން 2017

ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯގެ މައްސަލައިގެ އަޑުއެހުމެއް މިއަދު

22 ޖޫން 2017
ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯގެ މައްސަލައިގެ އަޑުއެހުމެއް މިއަދު
21 ޖޫން 2017

ޖުމްހޫރީ ޕާޓީގެ ދިދައާއި ލޯގޯގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ކެންސަލްކޮށްފި

21 ޖޫން 2017
ޖުމްހޫރީ ޕާޓީގެ ދިދައާއި ލޯގޯގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ކެންސަލްކޮށްފި
21 ޖޫން 2017

ޖުމްހޫރީ ޕާޓީގެ ދިދައާއި ލޯގޯގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބުދަ ދުވަހު

21 ޖޫން 2017
ޖުމްހޫރީ ޕާޓީގެ ދިދައާއި ލޯގޯގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބުދަ ދުވަހު
06 ޖޫން 2017

ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުން ނުކުރަން އެންގި މައްސަލައިގައި ކޯޓަށް ވައްދައިފި

06 ޖޫން 2017
ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުން ނުކުރަން އެންގި މައްސަލައިގައި ކޯޓަށް ވައްދައިފި
05 ޖޫން 2017

ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުން ނުކުރަން އެންގި މައްސަލައިގައި ކޯޓަށް!

05 ޖޫން 2017
ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުން ނުކުރަން އެންގި މައްސަލައިގައި ކޯޓަށް!
04 ޖޫން 2017

ޖޭޕީގެ ލޯގޯ އާއި ދިދަ މަނާކުރުމަކީ ޕާޓީ ހުއްޓުވުން: އަމީން

04 ޖޫން 2017
ޖޭޕީގެ ލޯގޯ އާއި ދިދަ މަނާކުރުމަކީ ޕާޓީ ހުއްޓުވުން: އަމީން
04 ޖޫން 2017

ޖުމްހޫރީ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުންކުރުން މަނާކޮށްފި

04 ޖޫން 2017
ޖުމްހޫރީ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުންކުރުން މަނާކޮށްފި
02 އެޕްރީލު 2017

ރާއްޖެޓީވީގެ ކުރު ފިލްމު މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

02 އެޕްރީލު 2017
ރާއްޖެޓީވީގެ ކުރު ފިލްމު މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް