Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން މިސައިލް ޙަމަލާ

އީރާނުން މިސައިލް ޙަމަލާ ދިނީ އެމެރިކާ އަސްކަރީން މެރުމުގެ އަޒުމުގައެއް ނޫން: އިރާން ކޮމާންޑަރ

9 ޖެނުއަރީ 2020 | ބުރާސްފަތި 14:27

އީރާނުން ވަނީ ސިލްސިލާ ގޮތެއްގައި މިސައިލް ޙަމަލާތައްދޭ ޚާއްޞަ އޮޕަރޭޝަނެއް ބުދަ ދުވަހު ލޯންޗުކޮށްފަ

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 9 ޖެނުއަރީ 2020 | ބުރާސްފަތި 14:27
އިރާންގެ އަސްކަރީ ކޮމާންޑަރ، ޖެނެރަލް އާމިރު އަލީ ހާޖީޒާދާ

އިރާންގެ އަސްކަރީ ކޮމާންޑަރ، ޖެނެރަލް އާމިރު އަލީ ހާޖީޒާދާ

އީރާނުން އިރާޤުގެ ދެ ޞަރަޙައްދަކަށް ދިން މިސައިލް ޙަމަލާތަކަކީ، އިރާޤުގައި ޙަރަކާތްތެރިވާ އެމެރިކާގެ ފައުޖުތަކަށް ނުވަތަ އަސްކަރީންނަށް ޢަމާޒުކޮށް ދިން ޙަމަލާއެއް ނޫންކަމަށް އިރާންގެ އަސްކަރީ ކޮމާންޑަރ، ޖެނެރަލް އާމިރު އަލީ ހާޖީޒާދާ ވިދާޅުވެއްޖެއެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއަށް ފާރްސް އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ޖެނެރަލް އާމިރު ވިދާޅުވީ، އެއްވެސް ޙާލަތެއްގައި އީރާނުގެ ޙަމަލާއަކީ އެމެރިކާ ވަކި ވަކި ސިފައިން ނުވަތަ، އިރާޤުގައި ރުކުރުވާލާ އެމެރިކާގެ އަސްކަރީން ނުވަތަ ފައުޖުތައް މަރަން ދިން ޙަމަލާއެއް ނޫންކަމަށެވެ. އަދި ޙަމަލާއަކީ އެމެރިކާގެ އަސްކަރީ ބާރު މެދުއިރުމަތީ ޞަރަޙައްދުގައި ކަނޑުވާލުމުގެ ބޭނުމުގައި ދިން ޙަމަލާއެއްކަމަށެވެ. ޚާއްޞަ ގޮތެއްގައި، އެމެރިކާއިން ޖާސޫސް ކުރުމަށް ގެންގުޅޭ މެޝީނަރީޒްތަކާއި، މަރުކަޒުކޮށްފައިވާ ތަންތަން ފުނޑާލުމަކީ މިސައިލް ޙަމަލާއެއް މައިގަނޑު އެއްބޭނުމުގެ ގޮތުގައި ޖެނެރަލް ފާހަގަކޮށްފައިވެއެވެ.

ޖެނެރަލް އާމިރު ވިދާޅުވީ، އީރާނުގެ ސަލާމަތީ ބާރުތަކުގެ އިސްވެރިޔާ ޤާސިމް ސުލައިމާނީ އަވަހާރަކޮށްލަން އެމެރިކާއިން ދިން ޙަމަލާގެ، ރައްދުގައި އީރާނުން ދިން މިޙަމަލާއަކީ އެމެރިކާގެ ވަސް މެދުއިރުމަތީ ޞަރަޙައްދުން ފޮހެލުމުގެ ބޭނުމުގައި ދިން ޙަމަލާއެއް ކަމަށެވެ. އަދި މި ރައްދު ޙަމަލާތައް ދެމެހެއްޓެނިވި ގޮތެއްގައި ދޭނެކަމަށެވެ.

އީރާނުން ވަނީ ސިލްސިލާ ގޮތެއްގައި މިސައިލް ޙަމަލާތައްދޭ ޚާއްޞަ އޮޕަރޭޝަނެއް ބުދަ ދުވަހު ލޯންޗުކޮށްފައެވެ. ތައްޔާރީ ޙާލަތުގައި އެތައް ސަތޭކަ މިސައިލެއް އޮތް އިރު، އެމެރިކާއިން ދީފާނެ ސައިބަރ ޙަމަލާ، އަސްކަރީ ވައިގެ ޙަމަލާ އަދި ޑްރޯން ޙަމަލާ ނެވިގޭޝަން ސިސްޓަމް ހަލާކުކޮށްލުމަށްވެސް އީރާނުން ވަރަށް ފުރިހަމަޔަށް ތައްޔާރުވެފައިވާކަމަށް ޖެނެރަލް އާމިރުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް