Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް 2019

ރާއްޖެއަށް އިންސާނީ ހައްގުތަކާއި ކަރާމާތްތައް ގަބޫލުނުކުރާ ގައުމުތަކުން މީހުން ގެނައުން ހުއްޓާލަންޖެހޭ: އަލީ ހުސެއިން

4 ޑިސެމްބަރު 2019 | ބުދަ 09:52

އިސްލާހު ހުށަހެޅުއްވީ ތިން އަހަރުގައި ވެސް މި ކޮމެޓީގެ ބައްދަލުވުމެއް ބޭއްވިފައިއެއް ނުވާތީ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 4 ޑިސެމްބަރު 2019 | ބުދަ 09:52
ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން

ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން

އިންސާނީ ހައްގުތަކާއި ކަރާމާތްތައް ގަބޫލު ނުކުރާ ގައުމުތަކުން މީހުން ރާއްޖެ ގެނައުން ހުއްޓާލަން ޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. އަލީ ހުސެއިން މިހެން ވިދާޅުވީ މީހުން ޓްރެފިކް ކުރުން (އިންސާނުންގެ ވަގުފާރި) ހުއްޓުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

މެމްބަރު ވިދާޅުވީ ދުނިޔޭގައި އަޅުވެތިކަން ނައްތާލާ މީހުން އަޅުވެތި ކުރުމަކީ އެއީ އިންސާނީ ކަރާމާތް ގެއްލޭ ކަމެއްގެ ގޮތުގައި ބަލައިގަނެ އަޅުންގެ ގޮތުގައި މީހުން ނުގެންގުޅެވޭނެ ކަމަށް ތަހުޒީބު މުޖުތަމައުތައް ގަބޫލު ކުރާ ކަމަށެވެ. އަދި އަޅުން ނުގެންގުޅެވޭނެ ކަމަށް މުއާހަދާތަކުގައި ސޮއިކޮށް، އަޅުން ގެންގުޅުން މަނާކޮށް، މިތިބެނީ މީހުން އަޅުންގެ ގޮތުގައި ނުގެންގުޅެ، މީހުން ޓްރެފިކް ކުރުމަށް އިގުރާރުވެގެން ކަމަށެވެ.

Advertisement - newsAdvertisement

މި ބިލަށް ބަހުސް ކުރައްވަމުން ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސައިން ޒިޔާދުވެސް ވިދާޅުވީ ރާއްޖޭގައި ހިއުމަން ޓްރެފިކިންގެ ކަންތައްތައް އޮތީ ކަންބޮޑުވާ ހާލަތެއްގައި ކަމަށެވެ. ޒިޔާދު ވިދާޅުވީ އޭނާ މެމްބަރުކަމަށް އިންތިހާބުވުމަށް ފަހުގައި ގަވާއިދާއި ޚިލާފަށް ބޭރުމީހުން ރާއްޖެ އެތެރެވަމުންދަނީ ކީއްވެގެންތޯ ރައްޔިތުން ސުވާލު ކުރިމަތިވާ ކަމަށެވެ.

މެމްބަރު ވިދާޅުވީ އެކަން ކުރަނީ ވަކި ބަޔަކު ރަވާއިގެން ވަކި މަގުސަދެއް ހޯދުމަށް ކަމަށެވެ. އަދި އެއީ މިއަދާ ހަމަޔަށް އެ ކަމަށް ހައްލެއް އައިސްފައި ނުވާ ސަބަބުކަމަށެވެ.

މެމްބަރު ޒިޔާދުވެސް މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާފައިވާއިރު މި ބިލް ހުށަހެޅުއްވި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ މެމްބަރު އެ އިސްލާހުތައް ހުށަހެޅުއްވީ އިންސާނީ ވަގުފާރީގެ މައްސަލައަށް ހައްލެއްގެނައުމަށްޓަކައި މަޖިލީހުން ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމުގެ ބޭނުމުގައި ކަމަށެވެ.

މެމްބަރު ވިދާޅުވީ މި ބިލު މަޖިލީހުން ބަލައިގަނެ، ކޮމެޓީ މަރުހަލާއަށް ދާއިރު ދިވެހިރާއްޖެ މިވަގުތުވަނީ ޔޫއެސް ސްޓޭޓް ޑިޕާޓްމެންޓްގެ ހިއުމަން ޓްރެފިކިންގް ވޮޗްލިސްޓުގެ ޓިއަރ 2 ގައިކަން ހަނދާން ކުރަން ޖެހޭ ކަމަށެވެ. ޔޫއެސް ސްޓޭޓް ޑިޕާޓްމެންޓްގެ ހިއުމަން ޓްރެފިކިންގް ވޮޗްލިސްޓަކީ ހިއުމަން ޓްރެފިކިންގް އޮތް މިންވަރުގެ ތަފާސް ހިސާބުތައް ދައްކުވައިދޭ ލިސްޓެކެވެ.

މެމްބަރު ވިދާޅުވީ ޓިއަރ ތިނެއް ނުވަތަ ތިން ވަނަ ދަރައްޖައަށް ރާއްޖެ ވެއްޓިގެންދިއުމަކީ ރާއްޖެއަށް އެކިއެކި ގޮތްގޮތުން ބައިނަލްއަގްވާމީ ފަރާތްތަކުން ލިބޭ ހިއުމަނެޓޭރިއަން އެއިޑް ފިޔަވާ އެހެން މުހިއްމު އެހީތައް ކެނޑިގެން ދިއުން ކަމަށެވެ. މެމްބަރު ވިދާޅުވީ އެކަން ހުއްޓުވުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ ކޮންމެ އިސްލާހެއްވެސް ގެންނަން ތައްޔާރަށް ހުންނެވި ކަމަށެވެ.

އިސްލާހު ހުށަހަޅުއްވަމުން މެމްބަރު ވިދާޅުވީ ފާއިތުވި ތިން އަހަރުގައި ވެސް މި ކޮމެޓީގެ ބައްދަލުވުމެއް ބޭއްވިފައިނުވާ ކަމަށެވެ. އަދި ކޮމެޓީގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކުގައި ކޮންމެހެން ލަފާ އަރުވާ ފަރާތްތަކާއި މަސްލަހަތު ފުށުއަރާ މުއައްސަސާތައް އެ ކޮމެޓީގައި ހިމެނުމުން ކޮމެޓީގެ ކޯރަމް ހަމަ ނުވުމުގެ ސަބަބުން ކޮމެޓީގެ ބައްދަލުވުންތައް ބޭއްވިފައިނުވާ ކަމަށެވެ. މި ބިލު ހުށަހެޅުމުގެ މަގްސަދަކީ އެ ކޮމެޓީގެ ހިންގުން ހަރުދަނާ ކުރުން ކަމަށް މެމްބަރު ވިދާޅުވިއެވެ. މެމްބަރު ޖީހާން ހުށަހެޅުއްވި އިސްލާހަކީ މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ކަންކަން ވިލަރެސް ކުރާ ކޮމެޓީގެ މެމްބަރުންގެ އަދަދު 14 އިން 8 އަކަށް ބަދަލުކުރުމަށެވެ.

މި ބިލް ބަލައިގަނެ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ ދިރާސާ ކުރުމަށް ފޮނުވާލެވުނީ .. މެމްބަރުންގެ ވޯޓާއިއެކުއެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

އިތުރަށް ކިޔާލަން

03 މާރިޗު 2017

މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް

03 މާރިޗު 2017
މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް
25 ފެބުރުއަރީ 2017

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް