Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މުސްލިމް ރެފިއުޖީން

ފިނި މޫސުން: އަރަބި ޤައުމުތަކުގެ ރެފިއުޖީ ކޭމްޕު ތަކުގައި ތިބި 3.8 މިލިއަން މުސްލިމުންނަށް އދ އިން އެހީތެރިވަނީ

ރެފުޖީންނަށް ފިނިހެދުމާއި، ފިނި މުސުމާއި ބޭނުންކުރާނެ ބައެއް އާލާތްތައް ދަނީ ފޯރުކޮށްދެމުން

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2019 | ހޮނިހިރު 17:54
ސޫރިޔާގެ ބަރްދަރަޝް ރެފިއުޖީ ކޭމްޕްގެ ޓެންޓެއްގެ ކުރިމަތީގައި ސޫރިޔާގެ އަންހެނަކު ހުއްޓިލައިގެން

ސޫރިޔާގެ ބަރްދަރަޝް ރެފިއުޖީ ކޭމްޕްގެ ޓެންޓެއްގެ ކުރިމަތީގައި ސޫރިޔާގެ އަންހެނަކު ހުއްޓިލައިގެން

އދ ގެ ރެފިއުޖީންނާއި ބެހޭ އިދާރާއިން އަންދާޒާކުރާ ގޮތުގައި އަރަބި ޤައުމުތަކުގައި އދ އިން ޤާއިމުކޮށްފައިވާ އޭޖެންސީތަކުގައި 3.8 މިލިއަން މުސްލިމުން އެބަތިއްބެވެ.

މީގެ ތެރޭގައި ސޫރިޔާއާއި އިރާޤާއި އަދި މުސްލިމް އެހެން ޤައުމުތަކަށް ނިޞްބަތްވާ މީހުން ހިމެނެއެވެ. އަރަބި އިންތިފާޟާއާއި، އަދި އަރަބި ޤައުމުތަކުގައި ހިނގާ ދިޔަ ދާޚިލީ ހަނގުރާމަތަކާއި ގުޅިގެން އެތައް މުސްލިމުން ޙާލުގައި ޖެހުނެެވެ. މީގެތެރެއިން ގިނަ މީހުން ޙާލަތައް ކެތްނުކުރެވިގެންނާއި އަސްކަރީ ކުރިމަތިލުންތަކުގައި ފުރާނަޔަށް ނުރައްކާވެދާނެ ކަމުގެ ބިރުވެތިކަމުގައި އަމިއްލަ ވަޒަން ދޫކޮށް ހިޖުރަކުރިއެވެ. އަދި އެއްބަޔަކީ ހަނގުރާމައިގެ ޝިކާރައަކަށްވެ، ޖާނާއި މާލު ގެއްލި ނިކަމެތި ޙާލުގައި އދ ގެ ހިމާޔަތް ހޯދި މުސްލިމުންނެވެ.

މުސްލިމު ޤައުމުތައް ކަމަށްވާ ސޫރިޔާއާއި، އިރާޤާއި، ލުބްނާނާއި، އުރުދުންއާއި، މިޞްރުގައި އދ އިން ޤާއިމުކޮށްފައިވާ ރެފިއުޖީ ކޭމްޕްތަކުގައި ތިބި މުސްލިމުން މިހާރު ދަނީ ފިންޏާއި ހަނގުރާމަކުރަމުންނެވެ. އެމީހުންނަށް އިތުރު އެހީ ބޭނުންވާކަން އދ އިން އިޢުލާންކޮށްފައިވާއިރު، އދ އިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އަންނަ އަހަރުގެ މާރޗުމަހާއި ހަމަޔަށް ފިނިމޫސުމުގައި އިތުރު އެހީ ރެފިއުޖީންނަށް ދިނުމުގެ ޕްރޮގުރާމެއް ފަށާފައެެވެ.

އދ އިން ކުރަމުންދާ މަސައްކަތްތަކުގެތެރޭގައި، ރެފުޖީންނަށް ފިނިހެދުމާއި، ފިނި މުސުމާއި ބޭނުންކުރާނެ ބައެއް އާލާތްތައް ފޯރުކޮށްދިނުން ހިމެނެއެވެ. އޭގެ އިތުރަށް ރެފިއުޖީ ކޭމްޕުތަކަށް ލިބިފައި ހުރި ގެއްލުންތައް މަރާމާތުކޮށް ފިނި ނުވަންނަ ގޮތައް ހެދުމާއި، ނަރުދަމާ ރަނގަޅު ކުރުން ހިމެނެއެވެ. އަދި ކޭމްޕުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ނާޒުކު ޙާލަތްތަކުގައި ދުވަސްތައް ގުނަމުންދާ ބައެއް ޢާއިލާތަކަށް ކުއްލި ކަމެއް ދިމާވެދާނެކަމަކަށް ހޭދަކުރުމަށް ފައިސާގެ އެހީވެސް އދ އިން ދެމުން ދާކަން ފާހަގަކުރެވެއެވެ.

މުސްލިމުންގެ އާބާދީ ބޮޑު މެދުއިރުމަތީގެ ޤައުމުތަކުގައި މިހާރު ފިނި މޫސުން ތަޖުރިބާ ކުރަމުންދާއިރު، ބައެއް ޤައުމުތަކުގައި ފިނިހޫނުމިން ދަށްވުމުގެ އިތުރުން ވާރޭވެސް ވެެހެމުންދާކަމަށް ބައިނަލްއަޤުވާމި މޫސުމާބެހޭ އިދާރާތަކުން ރިޕޯޓުކުރެއެވެ. ފެންބޮޑުވުމުގެ ސަބަބުން ކޭމްޕުތަކަށް ފެންވަނުމާއި، އަދި ފޮތި ކޭމްޕުތައް ވީދައިގެން ގޮސްފައި ހުރުމުގެ ސަބަބުން ފިނިވައިގެ އަސަރު ކުރަމުންދާކަމަށް ޚަބަރުލިބެއެވެ. އދ ގެ ރެފިއުޖީންނާއި ބެހޭ އިދާރާއިން ބުނީ، އެ އިދާރާގެ ޓީމުތައް މިހާރު މިފަދަ ޞަރަޙައްދުތަކުގައި ޙަރަކާތްތެރިވަމުންދާކަމެވެ. އެގޮތުން ސޫރިޔާއާއި އިރާޤުގައި ޤާއިމުކޮށްފައިވާ ކޭމްޕުތަކުގައި ތިބި 364،000 މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާކަމަށާއި، އަދި މިހާރު ކުރަމުންދަނީ އުރުދުންއާއި، ލުބްނާނާއި، މިޞްރުގައި ފިންޏާއި ކުރިމަތިލަމުންދާ މީހުން ދެނެގަތުމުގެ މަސައްކަތް ކަމަށް އެއިދާރާއިން ބުނެއެވެ.

ރެފުއިޖީންނާިއ ބެހޭ އދ ގެ އިދާރާއިން ބުނާގޮތުގައި، އރާޤުގައި އެކަނިވެސް ޙާލުގައި ޖެހިފައި ތިބި އަރަބި ޤައުމުތަކުގެ 660،000 މީހުން (110،000އާއިލާ) އެއް ކޭމްޕުތަކުގައި ދިރިއުޅެއެވެ. މީގެތެރޭގައި 157،700 ސޫރިޔާގެ ރައްޔިތުން (38،000އާއިލާ)، އެހެން ޤައުމުތަކަށް ނިޞްބަތްވާ 16،800މީހުން (4،200ޢާއިލާ) ހިމެނެއެވެ. މީގެތެރެއިން، 89،000 މީހުން(15،000) ޢާއިލާއަށް ފައިސާގެ އެހީ އޮކްޓޯބަރުގެ ނިޔަލަށް ހަދިޔާކޮށްފައިވެއެވެ. ފާހަގަކޮށްލަން ޖެހޭ އެއްކަމަކީ މީގެ ކޮންމެ ތިން ޢާއިލާއަކުން އެއް ޢާއިލާއެއްގައި އިސްމީހެއްގެ ގޮތުގައި ހުންނަނީ އަންހެނެއް ކަމަވެ.

ލުބްނާނުގެ ކޭމްޕްތަކުގައި ތިބި 860،00 ރެފިއުޖީންނަށް އދ އިން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި މިޞްރުގައި ތިބި ސޫރިޔާގެ 87،000 ރެފިއުޖީންނާއި އިރާޤުގެ 3،934 ރެފިއުޖީންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އދ ގެ ރެފިއުޖީންނާއި ބެހޭ އިދާރާއިން ވަނީ ނިންމާފައެވެ.

ދުނިޔޭގެ ރެފިއުޖީންގެ އާބާދީއަށް ބަލާއިރު އެންމެ ގިނައީ ސޫރިޔާގެ ރައްޔިތުންނެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ޙާލުގައި ޖެހި 5.6 މިލިއަން ރައްޔިތުން ދިރިއުޅެމުންދަނީ އުތުރު އެފްރިކާގެ ޤައުމަތަކުގައެވެ. އަދި ސޫރިޔާގެ 6.2 މިލިއަން މީހުން އެޤައުމުގެ އެތެރޭގައި ރެފިއުޖީންގެ ޙާލަތުގައި ދިރިއުޅެމުންދާކަމަށް އދ އިން އަންދާޒާ ކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލުބްނާނުގެ ކޭމްޕުތަކުގައި ތިބި ސޫރިޔާގެ ރެފިއުޖީން ކޮވިޑް-19 ޖެހިދާނެކަމުގެ ބިރު ހީވެފައި

ލުބްނާނުގެ ކޭމްޕުތަކުގައި ތިބި ސޫރިޔާގެ ރެފިއުޖީން ކޮވިޑް-19 ޖެހިދާނެކަމުގެ ބިރު ހީވެފައި

30 މާރިޗު 2020
ގެދޮރު ގެއްލިފައިވާ ރެފިއުޖީންގެ ހާލު ބަލާލަނީ ކާކު؟

ގެދޮރު ގެއްލިފައިވާ ރެފިއުޖީންގެ ހާލު ބަލާލަނީ ކާކު؟

14 މާރިޗު 2020
ޗައިނާގެ މުސްލިމުންނަށް ދޭ އަނިޔާތަކަށް އަރަބި ޤައުމުތަކުން ތާޢީދު!

ޗައިނާގެ މުސްލިމުންނަށް ދޭ އަނިޔާތަކަށް އަރަބި ޤައުމުތަކުން ތާޢީދު!

02 ނޮވެމްބަރު 2019
ފިނިހަކައިން ދަނޑުވެރިން މާޔޫސްކަމުގެ ތެރޭގައި!

ފިނިހަކައިން ދަނޑުވެރިން މާޔޫސްކަމުގެ ތެރޭގައި!

05 މާރިޗު 2019
ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

25 ފެބުރުއަރީ 2019

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު