Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއާރުއެމް

އެމްއާރުއެމް ރަޖިސްޓްރީކޮށް ލިޔުން ހަވާލުކޮށްފި

ހޯމަ ދުވަހު އިލެކްޝަން ކޮމިޝަންގައި ބޭއްވި ބައްދަލުވުމުގައި ވަނީ ރަޖިސްޓްރީ ހަވާލުކޮށްފަ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 25 ނޮވެމްބަރު 2019 | ހޯމަ 07:38
އެމްއާރުއެމް ރަޖިސްޓްރީކުރިކަމުގެ ލިޔުން ހަވާލުކުރުން

އެމްއާރުއެމް ރަޖިސްޓްރީކުރިކަމުގެ ލިޔުން ހަވާލުކުރުން

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.

ހޯމަ ދުވަހު އިލެކްޝަން ކޮމިޝަނުގައި ބޭއްވި ބައްދަލުވުމުގައި ވަނީ ރަޖިސްޓްރީ ހަވާލުކޮށްފައެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވަނީ ޤާނޫނީ އިމުގެ ތެރެއިން ޕާޓީހިންގުމަށާއި، އިސްލާމީ މިންގަނޑުތަކާއި އެއްގޮތަށް ޕާޓީގެ ހަރަކާތްތައް ހިންގުމަށް އިލްތިމާސްކުރައްވާފައެވެ.

އެމްއާރުއެމަކީ ރައީސް މައުމޫން އިސްވެ ހުންނަވާ އުފެއްދެވި ތިން ވަނަ ސިޔާސީ ޕާޓީ އެވެ. އެގޮތުން އެންމެ ފުރަތަމަ އުފައްދަވާފައިވަނީ، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އެވެ. ނަމަވެސް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނާކާމިޔާބުވެ ވަޑައިގެންނެވުމާއި، ޕާޓީގެ ތެރޭގައި ޚިޔާލު ތަފާތުވުންތައް އުފެދި، ޑީއާރުޕީގެ ތެރޭގައި "ޒެޑް ފެކްޝަން"އެއް އުފެދި، އެންމެފަހުން، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އެފެއްދެވި އެވެ.

ޕީޕީއެމް އުފެދުމާއެކު، ޑީއާރުޕީގައި އިސްކޮށް އުޅުއްވި ގިނަ ބޭފުޅުންނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ)ގައި އިސްކޮށް އުޅުއްވި ގިނަ ބޭފުޅުން ޕީޕީއެމާ ގުޅި، ޕީޕީއެމް ސިޔާސީ ގޮތުން ވަރުގަދަ ކޮށްފައި ވެއެވެ. އެގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ރިޔާސީ ކެންޑިޑޭޓަކަށް ނިކުންނަވާ، އިންތިޚާބު ކާމިޔާބު ކުރެއްވިއިރު، ވެރިކަމަށް އަހަރެއް ނުވަނީސް، ޕީޕީއެމްގެ ރައީސް، ރައީސް މައުމޫނާއި، ރައީސް ޔާމީނާއި ދެބޭފުޅުންގެ މެދުގައި މައްސަލަތައް އުފެދެން ފެށިއެވެ. އެންމެފަހުން ރައީސް މައުމޫން ޕީޕީއެމުން ވަކި ކުރެއްވީ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އިސްނަންގަވައިގެން އުފެއްދެވި އެމްއާރްއެމްގެ އިންތިޤާލީ ރައީސަކީ ވެސް ރައީސް މައުމޫނެވެ. އެމްއާރްއެމް އުފެއްދުމަށް ބޭއްވި ޖަލްސާގައި ވަނީ ޕާޓީގެ ނަމާއި, ލޯގޯ އަދި އަސާސީ ޤަވާއިދު ފާސްކޮށްފަ އެވެ. ޕާޓީގެ ނަމެއްގެ ގޮތުގައި ''ދިވެހި އިސްލާހީ ހަރަކާތް'' ވަނީ ހުރިހާ މެމްބަރުންގެ ޢަޣުލަބިއްޔަތުން ފާސްވެފަ އެވެ.

އެމްއާރުއެމް އުފެއްދުމަށް ބޭއްވި ޖަލްސާ ބާއްވާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގެ ރެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެއިން ލަންކާއަށްދޭ ފައިސާގެ އެހީ އެގައުމުގެ ސަރުކާރާއި ހަވާލުކޮށްފި

ރާއްޖެއިން ލަންކާއަށްދޭ ފައިސާގެ އެހީ އެގައުމުގެ ސަރުކާރާއި ހަވާލުކޮށްފި

31 މެއި 2017
މާފަރު އެއާޕޯޓް ތަރައްގީކުރުން ސަން ސިޔާމްގެ ކުންފުންޏާ ހަވާލުކޮށްފި

މާފަރު އެއާޕޯޓް ތަރައްގީކުރުން ސަން ސިޔާމްގެ ކުންފުންޏާ ހަވާލުކޮށްފި

26 އެޕްރީލު 2017
ރިޔާޒުގެ ފޯނުގެ ލޮކް ކޯޑް ފުލުހުންނާ ހަވާލުކޮށްފި

ރިޔާޒުގެ ފޯނުގެ ލޮކް ކޯޑް ފުލުހުންނާ ހަވާލުކޮށްފި

20 އެޕްރީލު 2017
ބަހަށް އިސްކަންދިނުމުގެ ގޮތުން ދިވެހި ބަހުގެ ޤަވާއިދާ ޚިލާފަށް ހުންނަ ލިޔުންތައް ބަލައިނުގަތުމަށް ނިންމައިފި!

ބަހަށް އިސްކަންދިނުމުގެ ގޮތުން ދިވެހި ބަހުގެ ޤަވާއިދާ ޚިލާފަށް ހުންނަ ލިޔުންތައް ބަލައިނުގަތުމަށް ނިންމައިފި!

15 އެޕްރީލު 2017
 ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

15 މާރިޗު 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު