ކ. މާލެ
|
21 ނޮވެންބަރ 2019 | ބުރާސްފަތި 18:38
އަނިޔާކޮށް މަރާލާފައިވާ އިބްތިހާލު
އަނިޔާކޮށް މަރާލާފައިވާ އިބްތިހާލު
ގޫގުލް
އިބްތިހާލްގެ މަރު
އިބްތިހާލުގެ މަރުގެ މައްސަލަ: ބުރާސްފަތި ދުވަހު ބޭއްވި ޝަރީއަތުގައި ހެކި ބަސް ނެގޭނެ ގޮތެއް ނުވި!
 
އިބްތިހާލު މާރާލީ 2015 ވަނަ އަހަރު
 
އާފިޔާ އިބްތިހާލަށް އަނިޔާކުރި ކަމަށް އިއުތިރާފުވެފައި
 
ހެކިބަސް ނެގުން ފަސްކުރީ ރަކީދޫ ކޯޓުގައި ވީޑިއޯ ކޮންފަރެންސްކޮށް ހެކިބަސް ނެގޭނެ އިންތިޒާމެއް ނެތުމުން

ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލާގައި، މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހެކި ބަސް ނެގޭނެ ގޮތް ނުވެ، ހެކި ބަސް ނެގުން ފަސްކޮށްފިއެވެ.

ރަކީދޫގައި 2015 ވަނަ އަހަރުގެ ޖެނުއަރީ މަހު އިބްތިހާލް މަރާލި މައްސަލައާ ގުޅިގެން މަންމަ، އާފިޔާގެ މައްޗަށް ދައުލަތުން ވަނީ ގަސްދުގައި ކުއްޖަކު މެރުމުގެ ކުށުގެ ދައުވާ ކޮށްފަ އެވެ. އާފިޔާ ވަނީ އެ ކުށަށް އިއުތިރާފު ވެސް ވެފަ އެވެ. އަދި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ވެސް ވަނީ އުފުލާފައެވެ.

ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ހެކިބަސް ނެގޭ ގޮތް ނުވެ، އެހެން ދުވަހަކަށް ހެކިބަސް ނެގުން ފަސްކުރީ، ރަކީދޫ ކޯޓުގައި ވީޑިއޯ ކޮންފަރެންސްކޮށް ހެކިބަސް ނެގޭނެ އިންތިޒާމެއް ނެތުމުންނެވެ. އަދި އެ އަތޮޅުގެ ވެރިކަން ކުރާ ރަށުގެ ކޯޓުގައި ވީޑިއޯ ކޮންފަރެންސް ހެދޭނެތީ، އެ ރަށަށް ހެކިން ގެންގޮސް ދިނުމުގެ އިންތިޒާމް ފުލުހުން ހަމަޖައްސައިދޭނެ ކަމަށް ދައުލަތުން ބުންޏެވެ. ނަމަވެސް ހުރިހާ ހެކިންގެ ހެކިބަސް އެއްދުވަހެއްގައި ނަގަންޖެހޭތީ އެކަމަށް އެކަށީގެންވާ ވަގުތު ދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.

މިމައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ވިދާޅުވީ ޑިސެންބަރުމަހުގެ ކުރީ ކޮޅު ބާއްވާ އަޑު އެހުމެއްގައި ހެކިބަސް ނެގޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެދުވަހު ހެކި ބަސް ނުނެގިއްޖެނަމަ ދެން އަޑު އެހުމެއް ބާއްވާނީ އަންނަ ޖެނުއަރީ މަހު ކަމަށް ގާޒީ ސަމީރު ވިދާޅުވިއެވެ.

އުމުރުން ތިން އަހަރުގެ އިބްތިހާލް މަރާލި މައްސަލާގައި އާފިޔާގެ މައްޗަށް ހިންގާ ޝަރީއަތުގައި ދައުލަތުން ހުށަހެޅި ހެކިން ތިބީ ރަކީދޫގައި ކަމަށްވާތީ ހެކިބަސް ދިނުމަށް މާލެއަށް އަންނަން ހެކިންނަށް ދަތިވާތީ ވީޑިއޯ ކޮންފަރެންސްއިން އެމީހުންގެ ހެކިބަސް ނެގުމަށް ކުރިން އޮތީ ހަމަޖައްސައިފަ އެވެ.

މިމައްސަލާގައި މީގެކުރިން ވަނީ ބައެއް ހެކިންގެ ހެކިބަސް ނަގާފައެވެ. އެގޮތުން އިބްތިހާލްގެ ހަށިގަނޑު މާލޭގައި ބެއްލެވި ޑޮކްޓަރުންނާއި އޭނާގެ ހަށިގަނޑު ހޮސްޕިޓަލްގައި އޮތްއިރު އެތަނަށް ދިޔަ ފުލުހުންގެ ހެކިބަސް ވެސް ނަގާފައިވެއެވެ. އެ ކުއްޖާ މަރުވާން މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ އޭނާގެ ކަރުގައި ހިފުމުން ނޭވާ ހާސްވެގެން ނުވަތަ އޭނާގެ ބަނޑަށް ގިނަ އަދަދަކަށް ލޭ ޖަމާވެފައި ހުރުމުގެ ސަބަބުން ކަމަށް ބެލެވޭ ޑޮކްޓަރުންވަނީ ޝަރީއަތުގައި ހެކިބަސްދީފަ އެވެ. ނަމަވެސް އިބްތިހާލުގެ ޕޯސްޓްމޯޓަމް ހަދާފައިނުވާތީ އެ ކުއްޖާމަރުވި އަސްލު ސަބަބު (ކޯޒް އޮފް ޑެތް) ޔަގީން ކަމާއެކު ބުނަން ދަތި ކަމަށް ބައެއް ޑޮކްޓަރުން ބުނެފައިވެ އެވެ.

އާފިޔާ ތަހުގީގަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އޭނާގެ ދަރިފުޅު، އިބްތިހާލް ނިދާފައި އޮއްވައި ގޮސް އެ ކުއްޖާގެ ކަރުގައި އާފިޔާ ހިފި ކަމަށާއި ކަރުގައި ހިފުމުން އިބްތިހާލްގެ އަނގައިން ލެއާއި ފޮނުތަކެއް އައި ކަމަށެވެ. އޭގެ އިތުރުން އިބްތިހާލްގެ މޭމަތީގައި ތިން ފަހަރު ފައިން ޖެހި ކަމަށާއި އަދި ގޮތް މުށްކަވާފައި އެ ކުއްޖާގެ ދަތްދޮޅީގައި ވެސް ޖެހުމުގެ އިތުރުން ވެސް ފައިން އިބްތިހާލްގެ ގައިގައި ތެޅި ކަމަށް، އާފިޔާ ދިން ބަޔާނުގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް
21 ނޮވެންބަރ 2019 | ބުރާސްފަތި 19:02
ޙަ ބީބ ބު.
މިކުއްޖާފެނިފަ ހިތްކުދިކުދި ވެއްޖެ އެއުމުރު ކުއްޖަކު އެވަރައް ދެރަވެފަ އިންނާނީ ކޮންމެސް ކަމެއްވީމަ ޔާ ﷲ މިއަޅާޔައް އެކުއްޖާޔާ ސުވަރުގެއިން ބައްދަލުވުމުގެ ތައުފީގު ދެއްވާށި