ކ. މާލެ
|
17 ނޮވެންބަރ 2019 | އާދީއްތަ 15:46
ސޯލަރ ޕެނަލް ހަރުކުރަނީ
ސޯލަރ ޕެނަލް ހަރުކުރަނީ
އަޝްވާ ފަހީމް
ސަރުކާރަށް އެއް އަހަރު
ސަރުކާރަށް އެއް އަހަރު: އިއާދަކުރަނިވި ހަކަތައާއި ކުނި މެނޭޖް ކުރުމުގައި ގިނަ ކަންތައްތަކެއް
 
200,000 އެލް.އީ.ޑީ ބޮކި ވަނީ ފޯރުކޮށްދީފައި
 
ހަކަތައިގެ ބިލެއް ފުރަތަމަ ފަހަރަށް އެކުލަވާލައި އެބިލު މިހާރުވާނީ އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި

އިއާދަ ކުރަނިވި ހަކަތައާ ދިމާއަށް ދިޔުމަކީ ސަރުކާރުގެ އަމާޒަކަށްވާއިރު ހަކަތައިގެ ދާއިރާގެ އޮނިގަނޑު ހަރުދަނާކުރުމަކީވެސް ކުރަންޖެހޭނެ ކަމެކެވެ. އެގޮތުން އެދާއިރާ ހަރުދަނާ ކުރުމަށް މިސަރުކާރުން ކުރަމުންދާ ކަންތައްތަކަށް ބަލާލާއިރު ގާނޫނީ އޮނިގަނޑެއްގެ ތެރެއިން މި ދާއިރާގެ ކަންކަން ކުރުމުގެ މަސައްކަތް އެންވަޔަރަންމަންޓް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

އެގޮތުން ހަކަތައިގެ ދާއިރާގެ ހިންގުމުގެ އޮނިގަނޑު ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ހަކަތައިގެ ބިލެއް ފުރަތަމަ ފަހަރަށް އެކުލަވާލައި އެބިލު މިހާރުވާނީ އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ. ނެޓް މީޓަރިންގ ރެގިއުލޭޝަންގެ ދަށުން އިއާދަކުރަނަވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް ލުއި ފަސޭހަ ކުރުމަށްޓަކައި މިހާރު ޢަމަލުކުރަމުންދާ ނެޓް މީޓަރިން ރެގިއުލޭޝަނަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް އެ ރެގިއުލޭޝަން ގެޒެޓްކުރުމަށް މިހާރުވަނީ ތައްޔާރުވެފައެވެ. މި ޑިސެންބަރު މަހުގެ ތެރޭގައި ގެޒެޓް ކުރެވިގެންދާނެއެވެ.

އިލެކްޓަރީޝަނުންނާއި އިންޖިނިއަރުންނަށް ލައިސަންސް ދިނުމުގައި މިހާރަށްވުރެ ހަރުދަނާގޮތަކަށް ކަންކަން ކުރިއަށްގެންދިއުމަށް ހަދަންޖެހޭ ރެގިއުލޭޝަންތައް ޑްރާފްޓްކޮށް އެރެގިއުލޭޝަންތައް އަންނަ އަހަރު ކުރީކޮޅުގައި ގެޒެޓްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެނަރޖީ އެފިޝަންޓް އާލާތްތަކަށް އާއްމުން ހޭލުންތެރިކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކޮންމެ ގޭބިސީތަކަށް ދެ އެލް.އީ.ޑީ ބޮކި ފޯރުކޮށްދިނުމަށް ވޭތުވެ ދިޔަ އަހަރު ދުވަހުގެ ތެރޭގައިވާނީ 200,000 އެލް.އީ.ޑީ ބޮކި ވަނީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން މާލޭގެ މަގުތަކުގައި ބޭނުންކުރަމުންދިޔަ މަގު ބައްތިތައް އެނަރޖީ އެފިޝަންޓް މަގުބައްތިއަށް ވާނީ ބަދަލުކޮށްފައެވެ.

އައްޑު ސިޓީގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް 20 މެގަ ވޮޓްގެ އިންޖީނުގެ އަދި ކޭބަލް ނެޓްވާރކް ރަނގަޅުކުރުމުގެ މަސައްކަތް ވަނީ މިއަހަރުގެ ތެރޭގައި ފެނަކަ ކޯޕަރރޭޝަނުން ކޮންޓެރެކްޓް ކޮށްފައި. ވޭތުވެ ދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ކަރަންޓު ފޯރުކޮށްދިނުމުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ޚިދުމަތްދޭ ކުންފުނިތަކުން 58 ރަށަކަށް 59 އައު ޖަނެރޭޓަރު ސެޓު ގެންގޮސް ޚިދުމަތް ދޭންފެށިފައިވާނެ
އެންވަޔަރަންމަންޓް މިނިސްޓްރީ

ރަށްރަށުގައި ޤާއިމުކޮށްފައިވާ އިންޖީނުގެ ތަކަކީ ރަނގަޅު ފެންވަރުގެ އިންޖީނުގެތަކަކަށް ހެދުމަށް 23 އިންޖީނުގެ އިމާރާތްކުރުމުގެ މަސައްކަތް ވޭތުވެ ދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކަރަންޓު އަގުހެޔޮ ކުރުމަކީވެސް ސަރުކާރުގެ ވައުދަކަށް ވާއިރު އެކަން ފުރިހަމަ ކުރުމަށްޓަކައި މާލެއާއި އެހެން ރަށްރަށާ ދެމެދު ހުރި ފަރަޤު ނައްތައިލުމުގެ ސިޔާސަތުގެ ދަށުން، އަދި ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން މި އަހަރުގެ މާރިޗު 1 ވަނަ ދުވަހުން ފެށިގެން ކަރަންޓުގެ އަގު ވަނީ ހެޔޮކޮށްފައެވެ. މިގޮތުން ކަރަންޓުގެ އަގު ހެޔޮކޮށްފައިވަނީ، ތިން ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ކަމަކަށް، ރާއްޖޭގެ ހުރިހާ ރަށެއްގެ، ޑޮމެސްޓިކް ކެޓަގަރީގެ 400 ޔުނިޓުން މަތީގެ ބޭންޑުތަކަށް ނަގާ އަގުގެ ފަރަޤު ވަނީ ނައްތާލެވިފައެވެ. މި ބަދަލާއެކު، ކަރަންޓު އަގު ކުރުމުގައި، ޒަމާނުއްސުރެ މާލެއާއި އެހެން ރަށްރަށާ ދެމެދު އޮތް ފަރަޤު ނައްތައިލެވި، މާލޭގައި ކަރަންޓަށް ނަގާ އަގާއި، އެހެން ރަށްރަށުގައި ކަރަންޓަށް ނަގާ އަގުތައް ވަނީ އެއްގޮތްވެގެން ގޮސްފައެވެ.

ކަރަންޓުގެ އަގަށް މި ގެނައި ހެޔޮ ބަދަލުގެ ތެރޭގައި، އަތޮޅުތަކުގެ ބިޒްނަސް ކެޓަގަރީގެ ބޭންޑުތަކުގެ އަގުގެ ތަފާތުތައްވެސް، އެއްހަމަ ކުރެވިފައިވާނެ. މިގޮތުން، އައްޑުއާއި ފުވައްމުލަކުގެ ބިޒްނަސް ކެޓަގަރީގެ ރޭޓުތަކާ އެއްވަރަށް، އެހެން ރަށްރަށުގެ ބިޒްނަސް ކެޓަގަރީގެ އަގުތައްވެސް ވާނީ ކުޑަކުރެވިފައި. މި ބަދަލު ގެނައުމުން ރަށްރަށުގައި، ވިޔަފާރިތަކުން ކަރަންޓު ބިލަށް ދައްކަންޖެހޭ މިންވަރު، ބޮޑުތަނުން ކުޑަވެގެންދިޔަ. މިއީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މަންފާ، ސީދާ ރައްޔިތުންނަށް ލިބޭނެ ބަދަލުތަކެއް
އެންވަޔަރަންމަންޓް މިނިސްޓްރީ

މީގެއިތުރުން ޑީސަލުން ނަގަމުން އަންނަ ފަސް އިންސައްތައިގެ ޑިއުޓީ، ސަރުކާރުން ކަނޑައިލުމުން، ސަލާމަތްވާނެ މިންވަރު ކަނޑައެޅުމަށްފަހު، އެ މިންވަރާ އެއްވަރަށް ހުރިހާ ކަރަންޓް ބިލަކުން ފިއުލް ޑިސްކައުންޓެއް ދޭ ގޮތަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ކުނި މެނޭޖްކުރުމުގެ ގޮތުންވެސް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:

ރ. ވަންދޫ ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒް

ރ.ވަންދޫ ކުނި މެނޭޖުކުރާ ސަރަހައްދީ މަރުކަޒު މިހާރުވަނީ އޮޕަރޭޝަނަލައިޒް ކޮށްފައި ރާއްޖޭގައި އަލަށް ކުނިން ހަކަތަ އުފައްދަން ފެށުނު.

ކ. ތިލަފުށީގެ ކުނި ގޮނޑުން ދުން އެރުން ހުއްޓުވުން

ތިލަފުށީގެ ކުނި އުކާލާ ސަރަހައްދުން ދުންއެރުން ހުއްޓުވުމަށްޓަކައި ލޭންޑް ފިލް ކޮމްޕެކްޓަރ އެއް ގެނެސް ތިލަފުށީގެ ލޭންޑްފިލް ކޮމްޕެކްޓްކޮށް އެއިން އަރަމުންދާ ދުން ހުއްޓުވުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމުނު. މިކަމަށް ބޭނުންވާ ލޭންޑްފިލް ކޮމްޕެކްޓަރ ގަނެ ސަޕްލައި ކުރުމުމުގެ މަސައްކަތް ވަނީ އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްފަ. ކޮމްޕެކްޓަރ ރާއްޖެ ގެނެސް 2020 ގެ ޖަނަވަރީ މަހުގެ ކުރީ ކޮޅު މަސައްކަތް ފަށާގަނެވި އެ އަހަރު ތިލަފުށިން ދުންއެރުން ހުއްޓުވާލެވޭނެ ކަމަށް ބެލެވޭ.

ކ.ތިލަފުށީގެ ޑަމްޕްސައިޓް ރިހެބިލިޓޭޓް ކޮށް ބަންދުކުރުން

ތިލަފުށީގެ ޑަމްޕްސައިޓް ރިހެބިލިޓޭޓްކޮށް ބަންދުކުރުމަށްޓަކައި އެކަމާއި ބެހޭ ދިރާސާގެ ފުރަތަމަ މަރުޙަލާވަނީ ނިމިފައެވެ. ޑަމްޕްސައިޓް ރިހެބިލިޓޭޓް ކުރުމަށް ބޭނުންވާ އިކުއިޕްމަންޓް ގަތުމަށް އިންޓަރނޭޝަނަލް ބިޑް އުސޫލުން ޓެންޑަރކުރެވި ބިޑްތައް މިހާރުވަނީ އިވެލުއޭޓް ކޮށްނިމިފައެވެ.

ކ.ތިލަފުށީގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުނި މެނޭޖްކުރާނެ ނިޒާމެއް ގާއިމުކުރުން

ތިލަފުށީގައި ދުވާލަކު 400 ޓަނުގެ ކުނި ޓްރީޓް ކުރެވޭނެ ވޭސްޓް ޓު އެނަރޖީ ޕްލާންޓެއް ގާއިމުކުރުމަށް އެކަމަށް އެއްމެ އެކަށީގެންވާ ފަރާތްތައް އައިޑެންޓިފައި ކުރުމަށް ބިޑް މަރުހާލާގެ ޕްރީ ކޮލިފިކޭޝަން ސްޓޭޖް ނިމި އެކަމާއި ބެހޭ ރިޕޯރޓް މިހާރުވަނީ އޭ.ޑީ.ބީ އަށް ފޮނުވާފައި.

މާލެ، ވިލިމާލެ އަދި ހުޅުމާލެ ގައި ވޭސްޓް ޓްރާންސްފަރ ފެސިލިޓީ ގާއިމުކުރުން

ޓްރާންސްފަރ ފެސިލިޓީ ތަކުގެ ކޮންސެޕްޓް ޑިޒައިން ނިމިފައި، މިހާރު ކުރިއަށްދަނީ ބިޑް ޑޮކިއުމަންޓް ތައްޔާރުކުރުމުގެ މަސައްކަތް.

އައްޑޫ ސިޓީގައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ އެއް ގާއިމުކުރުމުގެ ގޮތުން އެތަނުގައި ބަހައްޓަން ހަމަޖެހިފައިވާ ވޭސްޓް-ޓު-އެނަރޖީ ޕްލާންޓެއް ބެހެއްޓުން

ވޭސްޓް-ޓު-އެނަރޖީ ޕްލާންޓް ބެހެއްޓުމަށްޓަކައި ކޮންޓްރެކްޓަރ އާއި އެކު އެއްބަސްވުމުގައި ސޮއިކޮށް މިހާރު ކުރިއަށްދަނީ އެ ޕްލާންޓްގެ ޑިޒައިންގެ މަސައްކަތެވެ. ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ.

ފުވައްމުލައް ސިޓީ، ގދ، ތިނަދޫ، ހދ. ކުޅުދުއްފުށި، ކ. މާފުށީގައި ކުނި އަންދާ އިންސިނެރޭޓަރެއް ބެހެއްޓުން

މި ރަށްރަށުގައި ދުވާލަކު 4 ޓަނުގެ ކުނި އަންދާލެވޭ ވަރުގެ އިންސިނެރޭޓަރ އެއް ބެހެއްޓުމުގެ މަސައްކަތް މިހާރުވަނީ ބަޔަކާ ޙަވާލުކޮށްފައެވެ.

މ، ފ،ދ، ތ އަދި ލ އަތޮޅު ގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކުނި މެނޭޖުކުރާ ނިޒާމުތައް ޤާއިމުކުރުމަށް ހަދަންޖެހޭ ފީސިބިލިޓީ ސްޓަޑީ ވަނީ ނިމިފައެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް ރާއްޖެ އިސްނަގައިގެން ކުރަމުންދާ މަސައްކަތުގައި މިއަހަރަކީވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް މިސަރުކާރުން ކޮށްފައިވާ އަހަރެއްކަން ފާހަގަކުރެވެ އެވެ. އެގޮތުން ކުރި މަސައްކަތްތަކުގެ ތެރޭގައި "ކުލައިމެޓް ސްމާރޓް ރެސިލިއަންޓް އައިލެންޑްސް" ގެނަމުގައި ބައިނަލްއަޤްވާމީ ޙަރަކާތެއް އދ.ގެ ކުލައިމެޓް އެކްޝަން ސަމިޓްގެ ތެރޭގައި ވަނީ ތަޢާރަފްކޮށްފައެވެ.

ރާއްޖޭގެ ކުލައިމެޓް ލީޑަރޝިޕް ހަރުދަނާކޮށް ބައިނަލްއަޤްވާމީ މަސްރަޙުގައި، މިދާއިރާއިން ރާއްޖެ އިތުރަށް ޕްރޮމޯޓް ކުރުމުގެ ގޮތުން، އ.ދ.ގެ މޫސަށްއަންނަ ބަދަލުތަކާއިބެހޭ މުޢާހަދާގެ ސެކްރެޓޭރިއެޓް (ޔޫ.އެން.އެފް.ސީ.ސީ.ސީ) އާއި ގުޅިގެން ބައިނަލްއަޤްވާމީ 2 ވާރކްޝޮޕެއް ރާއްޖޭގައި ވަނީ ބާއްވާފައެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ބޭއްވުނު މުހިއްމު ބައްދަލުވުންތަކުގައި ދިވެހިރާއްޖެ ވަނީ ތަމްސީލްކޮށްފައެވެ. ޖުމްލަ ގޮތެއްގައި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކުދި ޖަޒީރާ ޤައުމުތަކުން މިހާރުން މިހާރަށްވެސް އަޅަންޖެހޭ ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ އިޔާދަ ނުކުރެވޭފަދަ ގެއްލުންތަކުގެ މައްސަލައާއި ކުރިމަތިލާނެ ގޮތްތަކާއި މިކަމަށް ޙައްލު ހޯދުމުގެ މައްޗަށާއި އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ލިބެންޖެހޭ ފައިސާގެ ވަސީލަތްތައް ލަސްވުމެއްނެތި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް ދިވެހި ރާއްޖެއިން ވަނީ ގޮވާލާފައެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް ރާއްޖެ އިސްނަގައިގެން ކުރަމުންދާ މަސައްކަތުގައި މިއަހަރަކީވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް މިސަރުކާރުން ކޮށްފައިވާ އަހަރެއްކަން ފާހަގަކުރެވެ އެވެ. އެގޮތުން ކުރި މަސައްކަތްތަކުގެ ތެރޭގައި "ކުލައިމެޓް ސްމާރޓް ރެސިލިއަންޓް އައިލެންޑްސް" ގެނަމުގައި ބައިނަލްއަޤްވާމީ ޙަރަކާތެއް އދ.ގެ ކުލައިމެޓް އެކްޝަން ސަމިޓްގެ ތެރޭގައި ވަނީ ތަޢާރަފްކޮށްފައެވެ.

ރާއްޖޭގެ ކުލައިމެޓް ލީޑަރޝިޕް ހަރުދަނާކޮށް ބައިނަލްއަޤްވާމީ މަސްރަޙުގައި، މިދާއިރާއިން ރާއްޖެ އިތުރަށް ޕްރޮމޯޓް ކުރުމުގެ ގޮތުން، އ.ދ.ގެ މޫސަށްއަންނަ ބަދަލުތަކާއިބެހޭ މުޢާހަދާގެ ސެކްރެޓޭރިއެޓް (ޔޫ.އެން.އެފް.ސީ.ސީ.ސީ) އާއި ގުޅިގެން ބައިނަލްއަޤްވާމީ 2 ވާރކްޝޮޕެއް ރާއްޖޭގައި ވަނީ ބާއްވާފައެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ބޭއްވުނު މުހިއްމު ބައްދަލުވުންތަކުގައި ދިވެހިރާއްޖެ ވަނީ ތަމްސީލްކޮށްފައެވެ. ޖުމްލަ ގޮތެއްގައި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކުދި ޖަޒީރާ ޤައުމުތަކުން މިހާރުން މިހާރަށްވެސް އަޅަންޖެހޭ ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ އިޔާދަ ނުކުރެވޭފަދަ ގެއްލުންތަކުގެ މައްސަލައާއި ކުރިމަތިލާނެ ގޮތްތަކާއި މިކަމަށް ޙައްލު ހޯދުމުގެ މައްޗަށާއި އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ލިބެންޖެހޭ ފައިސާގެ ވަސީލަތްތައް ލަސްވުމެއްނެތި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް ދިވެހި ރާއްޖެއިން ވަނީ ގޮވާލާފައެވެ.

ޖުމްލަގޮތެއްގައި ބުނާނަމަ ތިމާވެށި ހިމާޔަތްކުރުމާއި ތިމާވެށީގެ ދާއިރާއިން މިސަރުކާރުން ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްތަކަކީ ފާހަގަ ނުކޮށް ދޫކޮށްލެވޭ ވަރުގެ މަސައްކަތްތަކެއް ނޫންކަމުގައި ބުނަންޖެހެއެވެ. ވަކިން ހާއްސަކޮށް ފާއިތުވި ރައީސް ޔާމީންގެ ސަރުކާރުގައި ގެންގުޅުނު ތިމާވެއްޓާ ބީރަށްޓެހި ސިޔާސަތުތަކާއި ހިލާފަށް ތިމާވެއްޓާ ރައްޓެހި ސިޔާސަތުތަކެއް މިސަރުކާރުން ގެންގުޅެމުންދާކަން ފާއިތުވެގެންމިދިޔަ އެއް އަހަރު ދުވަހުގެ މަސައްކަތްތަކަށް ބަލާލުމުންވެސް އެނގިގެންދެއެވެ. އެހެންކަމުން މިސަރުކާރުގެ ފުރަތަމަ އަހަރު ތިމާވެށީގެ ރޮނގުން މިއީ ތިމާވެއްޓަށް އައު ދިރުމެއް ގެނެސްދިން އަހަރެކޭ ބުނެވިދާނެ އެވެ.

.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް