Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަޖެޓް 2020

އަންނަ އަހަރު 143 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރުމަށް 1.2 ބިލިއަން ރުފިޔާ

އަލަށް ފަށާ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫޢުތަކަށް 146.8 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 ނޮވެމްބަރު 2019 | ހޮނިހިރު 09:05
ހދ. ނޮޅިވަރަންފަރު ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފަށަނީ

ހދ. ނޮޅިވަރަންފަރު ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފަށަނީ

އަންނަ އަހަރު 143 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށްޓަކައި 1.2 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ ޢަމާޒަކީ ކުރިޔަށްއޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ސާފު ބޯފެނާއި ނަރުދަމާ ނިޒާމުތަކުގެ މަސައްކަތް ފެށުން ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން އެކިރަށްރަށުގައި އަލަށް ފަށާ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުތަކަށް 146.8 މިލިއަން ރުފިޔާ ބަޖެޓް ކުރެވިފައިވެއެވެ. އެންމެ ބޮޑު ޚަރަދެއް ހިނގާނެކަމަށް ލަފާކޮށްފައިވަނީ ސައުދީ ފަންޑުގެ ލޯނުގެ އެހީގައި ކުރިޔަށްދާ ހުޅުމާލެ އައިލެންޑް ޑިވެލޮޕްމަންޓް މަޝްރޫޢަށެވެ. މި މަޝްރޫޢަށް ޕީއެސްއައިޕީ ބަޖެޓުން 201.5 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކޮށްފައިވެއެވެ. ހުޅުމާލޭ އައިލެންޑް ޑިވެލޮޕްމަންޓް މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ދިވެހި ސަރުކާރުން ސައުދީ އާއެކު ސޮއިކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ.

އަންނަ އަހަރު ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުތަކަށް 144.3 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާ ކޮށްފައިވެއެވެ. މީގެ ބޮޑުބައެއް ޚަރަދުވާނީ އޮފިޑް ފަންޑުގެ ލޯނުގައި އެކި ރަށްތަކުގައި ކުރިޔަށްގެންދާ ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި ސެނިޓޭޝަން އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަށެވެ. މީގެއިތުރުން މިހާރު ހިނގަމުންދާ ނަރުދަމާގެ މަޝްރޫޢުތަކަށް އަންނަ އަހަރު 84.5 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

ހޫނު މޫސުމުގައި ފެން ބޭނުންވާ ރަށްތަކުގެ އިތުރުން އެކި ރަށްތަކުގައި ފެނުގެ ނިޒާމު ޤާއިމުކުރުމަށްޓަކައި ދައުލަތުގެ ޢާންމު ބަޖެޓުން 45.1 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވެއެވެ. މީގެތެރޭގައި ގްރީންް ކްލައިމެޓް ފަންޑު ޖީސީއެފްގެ ހިލޭ އެހީގައި އެކި ރަށްތަކުގައި ފެން ރައްކާކުރާ ނިޒާމު ޤާއިމުކުރުމަށް 30.2 މިލިއަން ރުފިޔާ ހިމެނިފައިވެއެވެ.

ހިނގަމުންމިދާ 2019 ވަނަ އަހަރުގެ ބަޖެޓުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ 136 މަޝްރޫއަށް، 1.3 ބިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވެއެވެ. މީގެތެރޭގައި ނަރުދަމާގެ 32 މަޝްރޫޢާއި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ 36 މަޝްރޫއުގެ އިތުރުން ފެނާއި ނަރުދަމާގެ 68 މަޝްރޫޢަކަށް ބަޖެޓު ކޮށްފައިވެއެވެ. މީގެ ތެރޭގައި 63 ރަށެއްގައި އަލަށް ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތަށް ޖުމުލަ 274.4 މިލިއަން ރުފިޔާ އަދި 26 ރަށެއްގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތަށް 93.4 މިލިއަން ރުފިޔާ އަދި 11 ރަށުގައި ނަރުދަމާ ނިޒާމެއް އެޅުމަށް 62.2 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައިވާނެއެވެ.

މިސަރުކާރުން އަލަށް 107 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު މީގެތެރެއިން މަސައްކަތް ކުރިޔަށްދަނީ 4 ރަށެއްގަ އެވެ. 33 ރަށެއްގައި މަޝްރޫއު ކޮންޓްރެކްޓް ކޮށްފައިވާއިރު 70 ރަށެއްގެ މަޝްރޫޢު އުޅެނީ ޓެންޑަރިން މަރުޙަލާގައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު