Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮމަންވެލްތު

އަންނަ އަހަރު ރާއްޖެއަށް ކޮމަންވެލްތުގެ މެންބަރުކަން އަލުން ލިބޭނެކަމުގެ ޔަގީންކަން އެބައޮތް: ފޮރިން މިނިސްޓްރީ

ކޮމަންވެލްތުގައި ބައިވެރިވުމުގެ މަސައްކަތް ރައީސް ސޯލިހު ވަނީ ސަރުކާރާ ހަވާލުވެވަޑައިގެން ފައްޓަވާފައި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2019 | ހޮނިހިރު 02:33
ދިވެހިރާއްޖޭގެ ދިދައާއި ކޮމަންވެލްތުގެ ދިދަ

ދިވެހިރާއްޖޭގެ ދިދައާއި ކޮމަންވެލްތުގެ ދިދަ

އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖޫން މަހު، ރާއްޖެއަށް ކޮމަންވެލްތުގެ މެމްބަރުކަން ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ފޮރިން ސެކްރެޓަރީ ޢަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ޣަފޫރު މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގުރާމުގައި ވާހަކަދައްކަވަމުންނެވެ. ޢަފޫރު ވިދާޅުވީ ކޮމަންވެލްތުގައި ބައިވެރިވުމުގެ މަސައްކަތް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ސަރުކާރާއި ޙަވާލުވެވަޑައިގެންނެވި ފުރަތަމަ ހަފުތާގެ ތެރޭގައި ފެއްޓެވިކަމަށެވެ. އެގޮތުން ކޮމަންވެލްތުގެ މެމްބަރޝިޕް އަލުން ރާއްޖެއަށް ދިނުމަށްޓަކައި ކޮމަންވެލްތުގެ ޓީމެއް ދެ ފަހަރެއްގެ މަތިން ރާއްޖެ އައިސް ރާއްޖޭގެ ޙާލަތު ބަލާފައިވާކަމަށެވެ. އަދި އަލުން ރާއްޖެއަށް މެމްބަރޝިޕް ދިނުމަށްޓަކައި ކެނަޑާ، އޮސްޓްރޭލިއާ އަދި އިންޑިއާ ފަދަ ބޮޑެތި ޤައުމުތަކުގެ ތާއީދުވެސް ލިބިފައިވާކަން ޢަފޫރު ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ޢަފޫރު ވިދާޅުވީ ކޮމަންވެލްތުގެ މެމްބަރޝިޕް ރާއްޖެއަށް ލިބުން ލަސްވެދާނެ ކަމަށް ޤަބޫލު ނުކުރައްވާކަމަށާއި އެންމެ ލަސްވެގެންވެސް އަންނަ އަހަރު ރުވާންޑާގައި އޮންނަ ކޮމަންވެލްތުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއަށް މެމްބަރޝިޕް ލިބިގެންދާނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.

ޣަފޫރު ވިދާޅުވީ ކޮމަންވެލްތު ފަދަ ޖަމާޢަތްތަކުން ރާއްޖެ ފަދަ ކުދި ޤައުމުތަކަށް އިސްކަން ދޭ ކަމަށެވެ. އެގޮތުން ކުދި ޤައުމުތަކަށް އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. އަދި ކުދި ޤައުމުތަކަށް ފަންނީ ގޮތުން އެހީ ތެރިކަން ފޯރުކޮށްދިނުމަށް ކޮމަންވެލްތުން ޚާއްޞަ އަހަމިއްޔަތުކަމެއް ދެމުން އަންނަކަން ޣަފޫރު ފާހަގަ ކުރެއްވިއެވެ.

ކުދި ޤައުމުތަކަށް ކޮމަންވެލްތުން އިސްކަމެއް ދޭ ކަން ފާހަގަ ކުރައްވާ ޣަފޫރު ވިދާޅުވީ ރާއްޖެއަށް ވެސް ކޮމަންވެލްތުން އެހީތަކެއް ފޯރުކޮށްދިން ކަމަށެވެ.

ކޮމަންވެލްތުގެ މެމްބަރު ޤައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ރާއްޖެއަށް އެކި ގޮތްގޮތުން ފައިދާ ކުރާނެ ކަމެއްކަން ފާހަގަކުރައްވާ ޣަފޫރު ވިދާޅުވީ ކޮމަންވެލްތުގެ މެމްބަރު ޤައުމެއްގެ ގޮތުގައި ރާއްޖެ އޮވެގެން ލިބޭ ގެއްލުމަށް ވުރެ ފައިދާތައް އިތުރުކަމަށް ޤަބޫލުކުރައްވާކަމަށެވެ.

ކުރީ ސަރުކާރުގައި ރާއްޖެ ކޮމަންވެލްތުން ވަކިވި ސަބަބުތަކަށް އިޝާރާތް ކުރައްވާ ޣަފޫރު ވިދާޅުވީ ކޮމަންވެލްތުން ވަކި ވުމަކީ ރާއްޖެއަށް ގެއްލުންތަކެއް ވީ ކަމެއް ކަމަށެވެ. އަދި އަލުން އަނބުރާ މެމްބަރު ޤައުމަކަށް ރާއްޖެ ވެގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަން ފާހަގަކުރައްވައި، އެ ގެއްލުނު ފުރުޞަތުތަކަކީ އަލުން އިއާދަވާނޭ ކަމެއްގެ ގޮތުގައި ޣަފޫރު ސިފަކުރެއްވިއެވެ.

ދިވެހިރާއްޖެއިން ކޮމަންވެލްތުގައި ފުރަތަމަ ބައިވެރިވެފައިވަނީ 9 ޖުލައި 1982 ގައެވެ. އަދި ކޮމަންވެލްތުން ވަކި ވެފައިވަނީ 13 އޮކްޓޫބަރު 2016 ގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުގައެވެ. ކޮމަންވެލްތުން ވަކިވާން ރައީސް ޔާމީނުގެ ސަރުކާރުގައި ނިންމާފައިވަނީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ކޮމަންވެލްތުންކަމަށް ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު