Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުހައްމަދު އަސްލަމް

ބަދަލު ދޭން ޖެހޭނީ ޔާމީނާއި ވަހީދުގެ ސަރުކާރުން ކޮށްފައިވާ ކަންތައްތަކުގެ ސަބަބުން: އަސްލަމް

11 ނޮވެމްބަރު 2019 | ހޯމަ 19:21

އަހަރަކު އެއްފަހަރު ކޮންގްރެސް ބޭއްވުމުން ގުޅުން ބަދަހިވެގެންދާނެ ކަމަށް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 11 ނޮވެމްބަރު 2019 | ހޯމަ 19:21
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް

މި ސަރުކާރުން އެކި ފަރާތްތަކަށް ބޮޑެތި އަދަދު ބަދަލުގެ ގޮތުގައި ދޭން ޖެހޭނީ ކުރީގެ ރައީސް ޑރ. ވަހީދު ހަސަން މަނިކާއި، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮށްފައިވާ ނުރަނގަޅު ކަންތައްތަކުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެެއެވެ.

އަސްލަމްގެ ކެމްޕޭން ޖަގަހަ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ސަޕޯޓަރުންނާއި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލުމަށް ފަހު އެމްޑީޕީ މެމްބަރުން ކުރިމަތިލީ ހިތި ދުވަސްތަކަކާއި ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އަސްލަމް ވިދާޅުވީ، އޭގެ ސަބަބުން އެތައް ބަޔަކު ގައުމުން ބޭރަށް އަމިއްލަ އަށް އަރުވަލައިގެންނާއި، ވަޒީފާތަކުންވެސް ވަކިވެސް ކޮށްފައިވާ ކަމަށާއި، އެ ފަރާތްތަކަށް ލިބުނު ބަދަލު ހޯދައިދޭން ޖެހޭ ކަމަށެވެ.

ސަރުކާރުން އެކި ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ދެމުންދާ ބަދަލާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، ބަދަލުދޭން ޖެހެނީ ކުރީގެ ދެ ސަރުކާރުން ކޮށްފައިވާ ވިޔާނުދާ އަމަލުތަކުގެ ސަބަބުން ކަމަށެވެ. އަދި އޭގެ ތެރޭގައި އެ ސަރުކާރުތަކުން ވެފައިވާ އެއްބަސްވުންތައް އުވާލުމުގެ ސަބަބުވެސް ހިމެނޭކަން އަސްލަމް ފާހަގަ ކުރެއްވިއެެވެ.

ސަރުކާރު ވުޖޫދަށް އައުމަށް ބޮޑެތި އަދަދުން އެކި ފަރާތްތަކަށް ބަދަލުދެމުންދާ މައްސަލައިގައި ގިނަ ފަރާތްތަކެއްގެ ފާޑު ކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

އަސްލަމްގެ ކެމްޕޭނު ކުރިޔަށްދާ ގޮތާއި ބެހޭ ގޮތުން ވާހާކަ ދައްކަވަމުން އޭނާ ވިދާޅުވީ، ކެމްޕޭނުގައި ވަރަށް ގިނަ އާއްމު މެމްބަރުންނާއި ބައްދަލުވެފައިވާ ކަމަށެވެ.

އެގޮތުން މެމްބަރުންގެ މެދުގައި ހުރި ކަންބޮޑުވުން ތަކާއި ޝަކުވާތައް ގިނަކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ، މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޕާޓީއާ އާއްމު މެމްބަރުންނާއި ދެމެދު އޮންނަ ގުޅުން ދުރުވެފައިވާކަމުގެ ޝަކުވާ ކަމަށެވެ.

އަސްލަމް ވިދާޅުވި ގޮތުގައި، އޭނާގެ ނަޒަރުގައި އެކަމަށް އެންމެ ރަނގަޅު ހައްލަކީ އަހަރަކު އެއްފަހަރު ކޮންގްރެސް އެއް ބޭއްވުމެވެ.

އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ގިނަ ރައްޔިތުން ބައިވެރިވި އެ ޖަލްސާގައި އަސްލަމް ވިދާޅުވީ، ޕާޓީގެ ކޮންގްރެސްއެއް ކޮންމެ އަހަރަކު އެއް ފަހަރު ބޭއްވިޖެނަމަ، ޕާޓީގެ ހިންގުމާއި ގޮފިތަކާއި ގުޅުން އިތުރަށް ބަދަހިވެ އާއްމު މެމްބަރުންގެ ޝަކުވާތައް ކުޑަވެގެންދާނެ ކަމަށެވެ.

އެމްޑީޕީގެ ނައިބް ރައީސް ކަމަށް އަސްލަމް ވާދަކުރައްވާއިރު، އޭނާއާ ވާދަކުރައްވަނީ ރައީސް އޮފީހުގެ މިނިސްޓަރު މުޙައްމަދު ޝިފާޒެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް