Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލާމަރުކަޒީ ގާނޫނު

ލާމަރުކަޒީ ބިލުން ކައުންސިލްތަކަށް ބާރުދީ، ޢާމްދަނީ ލިބޭނެ ކަންކަން ވަނީ ހިމަނާފަ!

11 ނޮވެމްބަރު 2019 | ހޯމަ 07:54

ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ބަޖެޓްގައި ވަނީ ކަނޑައަޅާފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 11 ނޮވެމްބަރު 2019 | ހޯމަ 07:54
އެލްޖީއޭ

އެލްޖީއޭ

ރަށްރަށުގެ ކައުންސިލްތައް ހިންގުމަށްޓަކައި، މާލީ ބާރުވެރިކަންދީ، ރަށްރަށުގެ މުނިސިޕަލް ހުރިހާކަމެއް އެކައުންސިލްތަކުން ކުރަންޖެހޭ ގޮތަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަދި މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން މިހާރު ދިރާސާ ކުރަމުންދާ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙު ގެނައުމުގެ ބިލުގައި ވާގޮތުން، ކައުންސިލްތަކަށް މާލީ ބާރު ވެރިކަން ލިބި، މިނިސްޓްރީތަކުން މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މަޝްރޫޢުތަކާ ގުޅުންހުރި 90 އަށްވުރެ ގިނަ މަސައްކަތްތައް ކައުންސިލްތަކުން ކުރާގޮތަށް ބަދަލުވެގެންދާނެ އެވެ.

Advertisement - newsAdvertisement

އެގޮތުން، ޕީއެސްއެސްއައިޕީގެ ދަށުން ހިންގާ ފަސް މިލިއަން ރުފިޔާއިން ދަށުގެ މަޝްރޫޢުތައް ކައުންސިލްތަކުން ހިންގުމަށް ހަމަޖެހި، މިހާރު މިނިސްޓްރީތަކުން ހިންގާ މުނިސިޕަލް ހުރިހާކަމެއް ކައުންސިލްތަކުން ކުރާގޮތަށް ބަދަލުވާނެ އެވެ.

އެބިލުގައިވާ ގޮތުން، ކައުންސިލްތަކަށް ދޭ ހިލޭއެހީގެ ޖުމްލަ މިންވަރު ޑޮމެސްޓިކް ރެވެނިއުގެ 5 ޕަސެންޓް އަށް އިތުރުކުރުމާއި ރަށްރަށުގެ ބިމާއި ފަޅާއި ފަރުފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ ޢާމްދަނީގެ 40 ޕަސެންޓް ކައުންސިލްތަކަށް ލިބޭގޮތަށްވެސް ވަނީ ކަނޑައަޅާފައެވެ.

މީގެއިތުރުން، ކައުންސިލްތަކުން ފޯރުކޮށްދޭ މުނިސިޕަލް ޚިދުމަތްތަކުގެ ފީގެގޮތުގައި ލިބޭ މުޅި ޢާމްދަނީ އެއީ ކައުންސިލްތަކަށް ލިބޭ ޢާމްދަނީގެ ގޮތުގައި ކަނޑައެޅުމަށްވެސް އެބިލުގައި ވެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ތެރެއިން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް ފައިސާ ވަނީ ކަނޑާއަޅާފަ އެވެ.

އަންނަ 2020 ވަނަ އަހަރު ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ޖުމްލަ 1.6 ބިލިއަން ރުފިޔާ ދިނުމަށް ބަޖެޓް ކުރެވިފައި ވެއެވެ. މިގޮތަށް ހިލޭއެހީ ކަނޑައެޅުމުން، މިހާރު މިހިނގާ 2019 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު ރަށު ކައުންސިލްތަކަށް ލިބޭ ފައިސާ އެވްރެޖްކޮށް، 148.6 ޕަސަންޓް އިތުރުވާނެ އެވެ. އަދި އަތޮޅު ކައުންސިލްތަކަށް ލިބޭ ފައިސާ އެވްރެޖްކޮށް، 155.1 ޕަސަންޓް އިތުރުވާއިރު، ސިޓީ ކައުންސިލްތަކަށް ލިބޭ ފައިސާ އެވްރެޖްކޮށް، 433.4 ޕަސެންޓް އިތުރުވާނެ ކަމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

03 މެއި 2017

ލާމަރުކަޒީ ނިޒާމް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ހިލާލާފައި: ޝާހިދު

03 މެއި 2017
ލާމަރުކަޒީ ނިޒާމް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ހިލާލާފައި: ޝާހިދު
29 އެޕްރީލު 2017

ކުރިއަށް އޮތް ހަފްތާތެރޭގައި ކައުންސިލްތަކަށް ބާރުވެރިކަން ލިބިގެންދާނެ: ޝިފާޒް

29 އެޕްރީލު 2017
ކުރިއަށް އޮތް ހަފްތާތެރޭގައި ކައުންސިލްތަކަށް ބާރުވެރިކަން ލިބިގެންދާނެ: ޝިފާޒް
22 އެޕްރީލު 2017

ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު

22 އެޕްރީލު 2017
ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު
21 އެޕްރީލު 2017

ލާމަރުކަޒީ ނިޒާމް ހަލާކުކޮށްފައި ރައްޔިތުން ކައިރިއަށް ވޯޓް ހޯދަން އަންނާކަށް ނުޖެހޭ: ފައްޔާޒު

21 އެޕްރީލު 2017
ލާމަރުކަޒީ ނިޒާމް ހަލާކުކޮށްފައި ރައްޔިތުން ކައިރިއަށް ވޯޓް ހޯދަން އަންނާކަށް ނުޖެހޭ: ފައްޔާޒު
21 އެޕްރީލު 2017

ޕީޕީއެމްގެ ދަރުބާރު ފެކްޝަނުގެ ސަރުކާރަށް ލާމަރުކަޒީ ނިޒާމެއް ނުހިންގޭނެ: އަބްދުﷲ ޝާހިދު

21 އެޕްރީލު 2017
ޕީޕީއެމްގެ ދަރުބާރު ފެކްޝަނުގެ ސަރުކާރަށް ލާމަރުކަޒީ ނިޒާމެއް ނުހިންގޭނެ: އަބްދުﷲ ޝާހިދު
21 އެޕްރީލު 2017

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީއްސުރެ ލާމަރުކަޒީ ނިޒާމް އައީ ހަލާކުކުރަމުން: ޝިފާޒް

21 އެޕްރީލު 2017
ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީއްސުރެ ލާމަރުކަޒީ ނިޒާމް އައީ ހަލާކުކުރަމުން: ޝިފާޒް
30 މާރިޗު 2017

ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު

30 މާރިޗު 2017
ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު
17 މާރިޗު 2017

ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު

17 މާރިޗު 2017
ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް