Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމައުމޫން

އަޑުހަރުކޮށް ޤުރްއާން ކިޔަވާއިރު ރީތިކޮށް ކިޔެވުމަކީ އެއަށް ދޭންޖެހޭ ޤަދަރާއި އިޙްތިރާމް ފެނިގެންދާ ކަމެއް: މައުމޫން

މާތް ﷲ ކީރިތި ޤުރްއާން ބާވައިލައްވާފައިވަނީ އަޑެއްގެ ގޮތުގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 ނޮވެމްބަރު 2019 | ހޮނިހިރު 11:10
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

އަޑުހަރުކޮށް ޤުރްއާން ކިޔަވާއިރު ވީހާ ރީތިކޮށް ކިޔެވުމަކީ ޤުރްއާނަށް ދޭންޖެހޭ ޤަދަރާއި އިޙްތިރާމް ފެނިގެންދާ ކަމެއް ކަމުގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިސްލާމީ ޔުނިވަރސިޓީން ރޭ ބޭއްވެވި ކީރިތި ޤުރްއާނާބެހޭ މަޙްފިލުގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙަންމަދު ޒާހިރު ޙުސައިނާއި، ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއާއި، މިސުރުގެ މަޝްހޫރު ޤާރީ ޑރ. އަޙްމަދު ނުޢައިނަޢު ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވިގޮތުގައި، މާތް ﷲ ކީރިތި ޤުރްއާން ބާވައިލައްވާފައިވަނީ އަޑެއްގެ ގޮތުގައެވެ.

ޖިބްރީލް ޢަލައިހިއްސަލާމުގެ އަޑުފުޅު މެދުވެރިކުރައްވައި ކީރިތި ރަސޫލާއަށް ޤުރްއާނުގެ އާޔަތްތައް ބާވައިލެއްވުމުން، ކީރިތި ރަސޫލާ އެ އާޔަތްތައް ހިތްޕުޅުން ދަސްފުޅު ކުރައްވައިގެން އަޞްޙާބު ބޭކަލުންނަށް އުނގަންނަވައި ދެއްވީއެވެ. ފަތްފުށްތަކެއްގައި އެ އާޔަތްތައް ލިޔެވުނީ، ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި އޭގެފަހުންނެވެ.

ތަޖުވީދު ޢިލްމުގެ ހަމަތަކާއި އުޞޫލުތައް ނެގިފައި އެވަނީ ކީރިތި ރަސޫލާގެ އަޑުފުޅުން ޤުރްއާން ކިޔަވާވިދާޅުވެފައިވާގޮތުގެ މައްޗަށް ބަލައިގެން ކަމުގައިވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

ކީރިތި ރަސޫލާގެ ބަސްފުޅުތަކުން ދަލީލު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވިގޮތުގައި، ޤުރްއާން އަޑުހަރުކޮށް ކިޔަވާއިރު ރީތި ރާގަކަށް ކިޔެވޭތޯ ބެލުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ކީރިތި ޤުރްއާން ކިޔެވުމުގައި އަޑު ގެންގުޅޭނެ ގޮތާއި ޤުރްއާން ކިޔެވުމުގައި ބޭނުން ކުރެވޭ އަޑުގެ މަޤާމުތައް ޢިލްމުވެރިންނާއި ޤާރީން ފާހަގަކުރައްވާފައިވަނީ މިގޮތުގެ މަތިން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާގެ ވާހަކަފުޅުގައި، އިސްލާމީ ޔުނިވަރސިޓީގެ ބާނީއަކީ ރައީސް މައުމޫން ކަމާއި، ރާއްޖޭގައި އިސްލާމީ ތަޢްލީމު ފެތުރުމުގެ މޭސްތިރިއަކީވެސް ރައީސް މައުމޫން ކަމުގައި ވިދާޅުވެ، މިގޮތުން އެމަނިކުފާނު ކުރައްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ މައްޗަށް ބައްލަވައި ލެއްވިއެވެ.

އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ހުކުރު ދުވަހުގެރޭ ބޭއްވެވި ކީރިތި ޤުރްއާނާބެހޭ މަޙްފިލުގައި ޑރ. އަޙްމަދު ނުޢައިނަޢުވެސް ކީރިތި ޤުރްއާން ކިޔަވާ ވިދާޅުވިއެވެ. އަދި ޤުރްއާން ކިޔެވުމުގެ ފަންނާ ބެހޭގޮތުން ވަރަށް އަގުހުރި މަޢުލޫމާތުތަކެއް ޖަލްސާގެ ބައިވެރިންނާ ޙިއްސާ ކުރެއްވިއެވެ.

އިތުރަށް ކިޔާލަން

08 އޮކްޓޯބަރު 2022

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބަޙްރައިންގެ ޤައުމީ ދާރުލްއާޘާރަށާއި، ބައިތު-އަލް ޤުރްއާން ފެސިލިޓީއަށް ޒިޔާރަތް ކުރައްވައިފި

08 އޮކްޓޯބަރު 2022
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބަޙްރައިންގެ ޤައުމީ ދާރުލްއާޘާރަށާއި، ބައިތު-އަލް ޤުރްއާން ފެސިލިޓީއަށް ޒިޔާރަތް ކުރައްވައިފި
27 އޮކްޓޯބަރު 2021

ކަންބޮޑުވުންތަކާއެކުވެސް ޤައުމީ ޤުރްއާން މުބާރާތުގައި އައްޑޫސިޓީން ބައިވެރިވާން ނިންމައި އޮޑިޝަން ބާއްވައިފި

27 އޮކްޓޯބަރު 2021
ކަންބޮޑުވުންތަކާއެކުވެސް ޤައުމީ ޤުރްއާން މުބާރާތުގައި އައްޑޫސިޓީން ބައިވެރިވާން ނިންމައި އޮޑިޝަން ބާއްވައިފި
04 އެޕްރީލު 2021

ލޯފަން ކުދިންނަށް ޚާއްޞަކޮށްގެން އައިޔޫއެމުން ޤުރްއާން ހިތުދަސްކޮށްދިނުމުގެ ކިލާސްތަކެއް

04 އެޕްރީލު 2021
ލޯފަން ކުދިންނަށް ޚާއްޞަކޮށްގެން އައިޔޫއެމުން ޤުރްއާން ހިތުދަސްކޮށްދިނުމުގެ ކިލާސްތަކެއް
08 ޖެނުއަރީ 2021

ލޯފަން ކުދިންނަށް ޚާއްސަ ޤުރްއާން ހިތުދަސްކޮށްދޭ ކްލާހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

08 ޖެނުއަރީ 2021
ލޯފަން ކުދިންނަށް ޚާއްސަ ޤުރްއާން ހިތުދަސްކޮށްދޭ ކްލާހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
25 ނޮވެމްބަރު 2020

"ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020" އަށް ވައިބަރ މެދުވެރިކޮށް ކިޔެވުމުގެ ރެކޯޑިން މިހާރު ފޮނުވޭނެ

25 ނޮވެމްބަރު 2020
"ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020" އަށް ވައިބަރ މެދުވެރިކޮށް ކިޔެވުމުގެ ރެކޯޑިން މިހާރު ފޮނުވޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު