Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޤައުމީ ޤުރްއާން މުބާރާތުގެ އައްޑޫ އޮޑިޝަން

ކަންބޮޑުވުންތަކާއެކުވެސް ޤައުމީ ޤުރްއާން މުބާރާތުގައި އައްޑޫސިޓީން ބައިވެރިވާން ނިންމައި އޮޑިޝަން ބާއްވައިފި

އޮޑިޝަންގައި 15 ސްކޫލަކުން 450 ދަރިވަރުން ވާދަ ކުރި

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު | 27 އޮކްޓޯބަރު 2021 | ބުދަ 03:32
ޤައުމީ ޤުރްއާން މުބާރާތުގެ އައްޑޫ އޮޑިޝަން

ޤައުމީ ޤުރްއާން މުބާރާތުގެ އައްޑޫ އޮޑިޝަން

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން އިންތިޒާމް ކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި އަހަރުގެ ޤައުމީ ޤުރްއާން މުބާރާތުގެ ޤަވާއިދާ މެދު އައްޑޫސިޓީގެ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ނަމަވެސް އެސިޓީން މިފަހަރުގެ މުބާރާތުގައި ބައިވެރިވާން ނިންމައި އޮޑިޝަން ބާއްވައިފިއެވެ.

އަތޮޅުތެރޭގެ ނިސްބަތުން ވެސް ކިޔަވާ ކުދިން އެންމެ ގިނަ އައްޑޫސިޓީން މި މުބާރާތުގައި ބައިވެރިވުމަށް އެ ސިޓީގެ 15 ސްކޫލަކުން ޖުމްލަ 450 ދަރިވަރަކު އޮޑިޝަންގައި ވާދަކޮށްފައިވާއިރު މުބާރާތުގެ ޤަވާޢިދު ތަންދޭގޮތުން މީގެ ތެރެއިން ޤައުމީ މުބާރާތަށް ހޮވާފައިވަނީ 30 ކުދިންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފިން 20 ދަރިވަރަކާއި ނުބަލާ ކިޔެވުމުގެ ގޮފިން 10 ދަރިވަރުންނެވެ.

މި މުބާރާތުގެ ޤަވާއިދުގައިވާ ގޮތުން އަތޮޅުތަކުން މުބާރާތުގައި ވާދަ ކުރެވޭނީ އެންމެ 30 ކުދިންނަށެވެ. އެހެންނަމަވެސް މި މުބާރާތުގައި ގްރޭޓަރ މާލެ ސިޓީގެ ކޮންމެ ސްކޫލަކާއި ކޮންމެ ކޮލެޖް ޔުނިވަރސިޓީއަކާއި އަދި ޤުރްއާން ކްލާސްތަކުގެ ތެރެއިން ވަކިވަކި ކޮންމެ ތަނަކުން 15 ބައިވެރިންނަށް ފުރުސަތު ހުޅުވިފައިވެއެވެ. މިތަފާތު އޮތުމުގެ ސަބަބުން އައްޑޫސިޓީގެ ގިނަ ބެލެނިވެރިންނާއި ސްކޫލްތަކުން ޝަކުވާ ހުށަހަޅާފައިވާތީ އައްޑޫސިޓީ ކައުންސިލުން ވަނީ އަންނަ އަހަރުން ފެށިގެން ސިޓީގެ އަވަށްތަކުން ވާދަކުރެވޭ ބޮޑު މުބާރާތެއް ބާއްވަން މަޝްވަރާ ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

34 ވަނަ ޤައުމީ ޤުރްއާން މުބާރާތް އޮންނަނީ ވާޗުއަލް ކޮށެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޕޯޓަލްގައި ރަޖިސްޓްރީ ވާން ހުޅުވާލި އެންމެ ފަހު ތާރީޚު އަންގާރަ ދުވަހު ވަނީ ހަމަވެފައެވެ.

މި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިގެ ރެކޯޑިން ދެއްކުމަށް ހަމަޖެހިފައިވަނީ 15 ނޮވެމްބަރ 2021 ން 28 ނޮވެމްބަރ 2021ގެ ނިޔަލަށެވެ. ނުބަލާ ކިޔެވުމުގެ ބައި ކުރިއަށްދާނީ 19 ޑިސެންބަރ 2021ން 25 ޑިސެންބަރ 2021 ގެ ނިޔަލަށެވެ.

އިތުރަށް ކިޔާލަން

17 އޯގަސްޓު 2017

އަނިޔާއިން ކުޑަކުދިން ރައްކާތެރި ކުރުމަށް ޤައުމީ އެކްޝަން ޕްލޭނެއް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިފްތިތާޙް ކޮށްފި

17 އޯގަސްޓު 2017
އަނިޔާއިން ކުޑަކުދިން ރައްކާތެރި ކުރުމަށް ޤައުމީ އެކްޝަން ޕްލޭނެއް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިފްތިތާޙް ކޮށްފި
02 އޯގަސްޓު 2017

ސުވިޒަލޭންޑުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ލަންކާގައި ބޭއްވި ހަފްލާގެ ޝަރަފުވެރި މެހެމާނަކަށް ރައީސް ނަޝީދުގެ ދެކަނބަލުން

02 އޯގަސްޓު 2017
 ސުވިޒަލޭންޑުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ލަންކާގައި ބޭއްވި ހަފްލާގެ ޝަރަފުވެރި މެހެމާނަކަށް ރައީސް ނަޝީދުގެ ދެކަނބަލުން
02 އޯގަސްޓު 2017

ޤައުމީ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޙާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

02 އޯގަސްޓު 2017
ޤައުމީ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޙާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
03 ޖުލައި 2017

މިކުރަނީ ސިޔާސީ މަސައްކަތެއް ނޫން. ޤައުމީ މަސައްކަތެއް: އިބޫ

03 ޖުލައި 2017
މިކުރަނީ ސިޔާސީ މަސައްކަތެއް ނޫން. ޤައުމީ މަސައްކަތެއް: އިބޫ
25 ޖޫން 2017

މި ހަފްތާގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ: މޫސުމާއި ބެހޭ ޤައުމީ އިދާރާ

25 ޖޫން 2017
މި ހަފްތާގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ: މޫސުމާއި ބެހޭ ޤައުމީ އިދާރާ
25 އެޕްރީލު 2017

މައްޗަންގޯޅިން ތަންތަން ބަލައިފާސްކުރީ ޤައުމީ ސަލާމަތަށް ނުރައްކާކުރުމުގެ ތުހުމަތުގައި

25 އެޕްރީލު 2017
މައްޗަންގޯޅިން ތަންތަން ބަލައިފާސްކުރީ ޤައުމީ ސަލާމަތަށް ނުރައްކާކުރުމުގެ ތުހުމަތުގައި
02 އެޕްރީލު 2017

ރާއްޖެޓީވީގެ ކުރު ފިލްމު މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

02 އެޕްރީލު 2017
ރާއްޖެޓީވީގެ ކުރު ފިލްމު މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
31 މާރިޗު 2017

މަދު ފުލުހުން ލައްވާ ޖަރީމާ ހިންގުމަކީ "ޤައުމީ ފުލުހުންނަށް" އޮތް ގޮންޖެހުމެއް:ރިޔާޒް

31 މާރިޗު 2017
މަދު ފުލުހުން ލައްވާ ޖަރީމާ ހިންގުމަކީ "ޤައުމީ ފުލުހުންނަށް" އޮތް ގޮންޖެހުމެއް:ރިޔާޒް
02 މާރިޗު 2017

ޙައްޤުތައް ނިގުޅައިގަތުމަށް ޤައުމީ ކަމެކޭ ނުކިޔޭނެ: މައުމޫން ފެކްޝަން

02 މާރިޗު 2017
ޙައްޤުތައް ނިގުޅައިގަތުމަށް ޤައުމީ ކަމެކޭ ނުކިޔޭނެ: މައުމޫން ފެކްޝަން
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު