Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޤުރުއާން ހިތުދަސްކޮށްދިނުމުގެ ކިލާސް

ލޯފަން ކުދިންނަށް ޚާއްޞަކޮށްގެން އައިޔޫއެމުން ޤުރްއާން ހިތުދަސްކޮށްދިނުމުގެ ކިލާސްތަކެއް

އަމިއްލައަށް މަސައްކަތްކުރެވޭ ފެންވަރަށް ތަމްރީނުކޮށްދިނުމަކީ މަގުސަދެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 އެޕްރީލު 2021 | އާދީއްތަ 14:54
އައިޔޫއެމުގެ ޤުރުއާން ކްލާހެއްގެ ތެރެއިން

އައިޔޫއެމުގެ ޤުރުއާން ކްލާހެއްގެ ތެރެއިން

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން ލޯފަން ކުދިންނަށް ޚާއްޞަކޮށްގެން ޤުރްއާން ހިތުދަސްކޮށްދިނުމުގެ ކިލާސްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

އައިޔޫއެމުން ބުނީ އެއްވެސް ކުއްޖެއް ބާކީކޮށްނުލުމަށް ސަރުކާރުން ކަޑައަޅާފައިވާ ސިޔާސަތުގެ ދަށުން އެ ޔުނިވަރސިޓީން ލޯފަން ކުދިންނަށް ޚާއްޞަކޮށްގެން ޤުރްއާން ހިތުދަސްކޮށްދޭ ކިލާސްތަކެއް ހިންގުމަށް ރޭވިފައިވާ ކަމަށެވެ. އަދި މި ކުދިންނަކީ މުޖުތަމަޢުއިން ބާކީކޮށްފައިވާ ބައެއްގެ އިހުސާސް އެ ކުދިންނަށް ވިޔަނުދީ، އެ ކުދިންނަކީވެސް މުޖުތަމަޢުގައި މުހިންމު ކުދިންތަކެއްކަމުގެ އިހުސާސް އެ ކުދިންނަށް ފަހިކޮށްދީ، އަދި އަމިއްލައަށް މަސައްކަތްކުރެވޭނެ ފެންވަރަށް އެކުދިން ތަމްރީނުކޮށްދިނުމަކީ މި ކިލާސްތަކުގެ އެންމެ ބޮޑު މަގުސަދު ކަމަށްވެސް އައިޔޫއެމުން ބުނެއެވެ.

އައިޔޫއެމުން ބުނީ މި ކިލާސްތަކުން ތަމްރީނުވާ ދަރިވަރުން މުސްތަޤުބަލުގައި ޤުރްއާން ކިޔަވައިދިނުމާއި، މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރާ ފެންވަރަށް ތަމްރީނުކުރާނެ ކަމަށެވެ. އަދި މި ކިލާސްތަކުގައި ބައިވެރިވާ ދަރިވަރުންނަށް ދެ އަހަރު ދުވަހުގެ މުއްދަތުގައި ޤުރްއާން ހިތުދަސްކޮށްދެވިގެންދާނެ ކަމަށް އައިޔޫއެމުން ބުނެއެވެ.

މީގެ އިތުރުން އައިޔޫއެމުން ބުނީ މި ކިލާސްތަކުގެ ކިޔެވުން 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ހަފުތާގައި ފެށިގެންދާނެ ކަމަށާއި، މި ކިލާސްތަކުގައި ކިޔެވުމުގެ ފުރުޞަތު ރާއްޖެ އާއި ރާއްޖޭން ބޭރުގެ އެކިއެކި ކަންކޮޅުތަކުގައި ތިބި ދަރިވަރުންނަށް ހުޅުވިފައިވާ ކަމަށެވެ. އަދި މި ކިލާސްތައް ކުރިއަށްދާނީ ދެ މޯޑަކަށް ކަމަށާއި، އެގޮތުން އޮންލައިންކޮށް އަދި ކެމްޕަހަށް ހާޒިރުވެގެންވެސް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތު ފަހިކޮށްދޭނެ ކަމަށްވެސް އައިޔޫއެމުން ބުނެއެވެ.

މުޅިން ހިލޭ ކިޔަވައިދޭ ކިލާހެއްކަން ފާހަގަކޮށް އައިޔޫއެމުން ބުނީ އޮންލައިންކޮށް މި ކިލާހުގައި ބައިވެރިވާ ދަރިވަރުންނަށް، އިންޓަނެޓުގެ ވަސީލަތްތައް އެ ޔުނިވަރސިޓީގެ ފަރާތުން ފޯރުކޮށްދެވޭނެ ކަމަށެވެ.

މި ކިލާހުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި ހިނގާ އޭޕްރީލް މަހުގެ އަށްވަނަ ދުވަހުގެ މެންދުރުފަހު 1:00 އެވެ. މި ކިލާސްތަކުގައި 16 އަހަރުން ދަށުގެ ކުދިން ބައިވެރިވާން އެދޭނަމަ، ބެލެނިވެރިޔާގެ ސިޓީއެއް ހުށަހަޅަން ޖެހެއެވެ. އަދި މި ކިލާސްތަކުގައި ބައިވެރިވާން ބޭނުންވާ ކުދިން، ކިލާހަށް ވަނުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު apply@ium.edu.mv ހުށަހެޅި ދާނެ ކަމަށާއި، ނުވަތަ އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ދަރިވަރުން admissions.ium.edu.mv އިން ނުވަތަ ium.to/hifzapply އިން ފޯމު ހުށަހެޅުމުގެ ފުރުޞަތުވެސް ހުޅުވާލެވިފައިވާ ކަމަށް އައިޔޫއެމުން ބުނެއެވެ.

އައިޔޫއެމްޤުރުއާން

ކޮމެންޓް

އިތުރަށް ކިޔާލަން

އަންނަ މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ދެގުނަ ބޮޑު ކުރަން ނިންމައިފި

އަންނަ މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ދެގުނަ ބޮޑު ކުރަން ނިންމައިފި

25 ޖޫން 2025
ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތް ގަބޫލުނުކުރާ މީހުންނާމެދު ސަމާލުވާންޖެހޭ: ޚުތުބާ

ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތް ގަބޫލުނުކުރާ މީހުންނާމެދު ސަމާލުވާންޖެހޭ: ޚުތުބާ

16 މެއި 2025
ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި

ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި

19 އެޕްރީލު 2025
މާލެސިޓީ ކައުންސިލްގެ 4 ވަނަ ޤުރުއާން މުބާރާތް އަދި މަދަހަ މުބާރާތަށް ބޮޑު ތަރުހީބެއް

މާލެސިޓީ ކައުންސިލްގެ 4 ވަނަ ޤުރުއާން މުބާރާތް އަދި މަދަހަ މުބާރާތަށް ބޮޑު ތަރުހީބެއް

03 ފެބުރުއަރީ 2025
ޕީއެސްއެމް އިން ޤުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނައި މައްސަލަ ހޫނު ވެއްޖެ

ޕީއެސްއެމް އިން ޤުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނައި މައްސަލަ ހޫނު ވެއްޖެ

12 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު