Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަޖެޓް 2020

ބަޖެޓް 2020: އިޤްތިޞާދީ އަދި ސިނާއީ ކުރިއެރުމަށް 7.9 ބިލިއަން ރުފިޔާ!

5 ނޮވެމްބަރު 2019 | އަންގާރަ 15:26

އެންމެ ބޮޑު ހަރަދެއް ކުރަނީ އެކި ރަށްރަށުގެ ބިން ހިއްކުމަށް، އެއީ 955 މިލިއަން ރުފިޔާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 5 ނޮވެމްބަރު 2019 | އަންގާރަ 15:26
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސަލާމް ކުރައްވަނީ --

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސަލާމް ކުރައްވަނީ --

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އިޤްތިޞާދީ އަދި ސިނާޢީ ކުރިއެރުމަށް 7.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ތަފުޞީލު ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ބަޔާންކޮށް ދެއްވާފައިވާފައެވެ. އޭގެ ތަފުޞީލަށް ބަލާލާއިރު، އިޤްތިޞާދީ އަދި ސިނާޢީ ކުރިއެރުވުމަށް ހިންގޭ މަޝްރޫޢުތަކާއި އެހެނިހެން ޚަރަދުތަކަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި 7,912.4 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މީގެ ތެރޭގައި އެންމެ ބޮޑުބައެއް ޙިއްސާކުރާ މަސައްކަތްތެރިންނާއި ވިޔަފާރި ކުރިއެރުވުމަށް އަދި އިޤްތިޞާދު ފުޅާކުރުމަށް 4,096.7 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައިވާކަން ހާމަވެއެވެ.

Advertisement - newsAdvertisement

އިޤްތިޞާދީ އަދި ސިނާޢީ ކުރިއެރުމަށް ކުރާ ޚަރަދުގެ ގޮތުގައި އެންމެ ބޮޑު ޚަރަދެއް ކުރަން ނިންމާފައިވަނީ އެކި ރަށްރަށުގެ ބިން ހިއްކުމަށެވެ. އެއީ 955 މިލިއަން ރުފިޔާއެވެ.

މީގެއިތުރުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަށް 853 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ގްރޭޓަރ މާލެ ކަނެކްޓިވީ ޕްރޮޖެކްޓް (މާލެ-ތިލަފުށި ގުޅާލާ ބްރިޖް)އަށް 411 މިލިއަން ރުފިޔާ ބަޖެޓުން ޚަރަދު ކުރުމަށް ކަނޑައަޅާފައި ވެއެވެ.

ޕްރިޕެއަރިންގ އައުޓަރ އައިލެންޑް ފޯރ ސަސްޓެއިނަބަލް އެނަރޖީ ޑެވެލޮޕްމަންޓް ޕްރޮޖެކްޓަށް 247 މިލިއަން ރުފިޔާ ޚަރަދު ކުރަން ނިންމާފައިވާއިރު، ގުޅިފަޅު ހިއްކުމަށާއި ޕޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ވެސް 247 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން، އަދި މިހާރު ރައްޔިތުންގެ މަޖިލީހުގައި ވެސް ދިރާސާ ކުރަމުންދާ، ރާއްޖޭގައި ޤައުމީ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމު ކުރުމުގެ ބިލުގައިވާގޮތައް، ފުރިހަމަ ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް 150 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ކަނޑައަޅާފައި ވެއެވެ.

މީގެއިތުރުން އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫޢަށް 135 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މާލެ ސިޓީގެ މަގު ހެދުމުގެ މަޝްރޫޢަށް 79 މިލިއަން ރުފިޔާ އަދި ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ މަޝްރޫޢަށް 61 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ކަނޑައަޅާފައި ވެއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައިވާ ގޮތުން އިޤްތިޞާދީ އަދި ސިނާޢީ ކުރިއެރުމަށް ކުރާ ޚަރަދުގެގޮތުގައި 7.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޭގެ ރިކަރަންޓް ޚަރަދަކީ 1.2 ބިލިއަން ރުފިޔާއެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 6.7 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ވެއެވެ.

އަންނަ އަހަރަށް ލަފާކުރާ މުޅި ބަޖެޓް ޢަމާޒުކޮށްފައި ވަނީ "ޖަޒީރާ ރާއްޖެ" މެނިފެސްޓޯއާއި ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ 5 ދާއިރާގައިވާ ކަންކަން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމުމަށް ފަހިކުރުމަށެވެ.

އެގޮތުން "ނޫ އިޤްތިޞާދު" ސިޔާސަތު ހިންގުމަށް ބަޖެޓުގެ 11 އިން ސައްތަ ކަނޑައަޅާފައިވާއިރު، "އޯގާތެރި ސަރުކާރު" ސިޔާސަތު ހިންގުމަށް ބަޖެޓުގެ 33 އިން ސައްތަ ކަނޑައަޅާފައި ވެއެވެ. އަދި "ފަޚުރުވެރި ޢާއިލާ" ސިޔާސަތަށް ބަޖެޓުން 10 އިން ސައްތަ ކަނޑައަޅާފައިވާއިރު، "ޖަޒީރާ ދިރިއުޅުން" ސިޔާސަތަށް 16 އިން ސައްތަ އަދި "ހެޔޮވެރިކަން" ސިޔާސަތަށް ބަޖެޓުން 30 އިން ސައްތަ ކަނޑައަޅާފައި ވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2017

އިގްތިސާދީ ކުރިއެރުމަށް އިސްލާމިކް ފައިނޭންސް މުހިންމު: މިނިސްޓަރ ސައީދު

23 ސެޕްޓެމްބަރު 2017
އިގްތިސާދީ ކުރިއެރުމަށް އިސްލާމިކް ފައިނޭންސް މުހިންމު: މިނިސްޓަރ ސައީދު
10 ސެޕްޓެމްބަރު 2017

މިއަހަރުގެ ބަޖެޓް އޮކްޓޯބަރު 31ގެ ކުރިން މަޖިލީހަށް ފޮނުވޭނެ

10 ސެޕްޓެމްބަރު 2017
މިއަހަރުގެ ބަޖެޓް އޮކްޓޯބަރު 31ގެ ކުރިން މަޖިލީހަށް ފޮނުވޭނެ
05 ސެޕްޓެމްބަރު 2017

ބައި-އިލެކްޝަންތައް ބާއްވަން ބަޖެޓް ހޯދުމަށް އިލެކްޝަނުން ފިނޭންސަށް ހުށަހަޅައިފި

05 ސެޕްޓެމްބަރު 2017
ބައި-އިލެކްޝަންތައް ބާއްވަން ބަޖެޓް ހޯދުމަށް އިލެކްޝަނުން ފިނޭންސަށް ހުށަހަޅައިފި
31 އޯގަސްޓު 2017

އުލްހިޔާ ކަތިލުން މިފަހަރު ސިނާއީ ސަރަހައްދުގައި!

31 އޯގަސްޓު 2017
އުލްހިޔާ ކަތިލުން މިފަހަރު ސިނާއީ ސަރަހައްދުގައި!
05 އޯގަސްޓު 2017

ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުން ގުޅިފައި ވަނީ ރާއްޖޭގެ އެތެރޭގެ ހަމަޖެހުމާ: ނައިބު ރައީސް

05 އޯގަސްޓު 2017
ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުން ގުޅިފައި ވަނީ ރާއްޖޭގެ އެތެރޭގެ ހަމަޖެހުމާ: ނައިބު ރައީސް
05 މެއި 2017

ސަރަހައްދީ ކުރިއެރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

05 މެއި 2017
ސަރަހައްދީ ކުރިއެރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް