Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

އާރާއި ބާރުގައި ފޭހުނު އިލޮށި ގަނޑު ލޮލަށް ހެރިއްޖެތޯ؟

އެއްވެ އުޅުމުގެ ގާނޫނެއް ހެދީ ޕީޕީއެމްއުން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 3 ނޮވެމްބަރު 2019 | އާދީއްތަ 14:39
އިދިކޮޅުން ބޭއްވި އެއްވުމެއްގައި ރައީސް ޔާމީން

އިދިކޮޅުން ބޭއްވި އެއްވުމެއްގައި ރައީސް ޔާމީން

ދިވެހި ހަރުބަހެއްގައި އޮންނާތީ އަޑުއަހަމެވެ. ތިމާ ފޭހުނު އިލޮށިގަނޑު ހެރޭނީ ތިމާގެ ލޮލަށެވެ. މާނައަކީ، އެހެން މީހަކަށް ދެރައެއް ދިނުމުގެ ނިޔަތުގައި ކުރާ ކަމެއްގައި އާހިރުގައި އޭގެ ދެރަ ލިބޭނީ ހަމަ އެމީހާއަށެވެ. މިއީ ގައުމުގެ ވެރިކަމުގައި ތިބެ ގޮނޑިއަކަށް ވެޑުވިގެން ގާނޫނީ އިޖްރާއަތްތަކާއި ހިލާފަށް ހުރިހަ ކަމެއް ނިންމައި ދައުލަތުގެ ހަޒާނާ ލޫޓުވަން ތިބި ފަރާތްތަކުން މިއަދު ހަޅޭލަވަމުން ދަނީ އަމިއްލައަށް ހަނިކުރި ބާރުތަކެއް ހޯދުމަށެވެ.

މަގުމަތީގައި މުޒާހަރާކޮށް، ގައުމުގެ އިސްތިގްލާލާއި މިނިވަންކަން ނިގުޅައިގަނެ ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ސުލްހަވެރި އެއްވުމުގެ ނަމުގައި ބާއްވަން އުޅޭ ކޮންމެ އެއްވުމެއް ފުލުހުން އެބައިމީހުންނަށް ގާނޫނު މަތިން ހަނދުމަ ކޮށް ގާނޫނީ އިޖްރާއަތްތަކުގެ ތެރެއަށް ވަނުމަށް ނަސޭހަތްތެރިވުމުން މި ސަރުކާރަށް ނުކިޔާކައް އެއްޗެއް ނެތެވެ.

ނަމަވެސް މި އުޅެނީ އިންސާފު ނުލިބިގެން ތޯ އެވެ؟ ނޫނީ އަނެއްކާވެސް ވެރިކަން ބަޢާވާތަކަން ވައްޓައި ގައުމުގެ ވަލިއްޔުލް އަމުރަކަށް ވުމަށް މީހަކު ކުރާ ފޮނި އުންމީދެއްގައި ކުލަޖައްސަން ތޯއެވެ؟ މިއަދު މާހަލެއް ނެތޭ ، އެއްވެ އުޅުމުގެ މިނިވަންކަމެއް ނެތޭ ކިޔާ ގޮވަމުން ދާއިރު މާޒީ އެހާ އަވަހަށް ހަނދުމަފުޅު ނައްތާ ފަރާތްތަކަށް ވެރިކަމުގެ އާރާއި ބާރާއި ނުފޫޒު ލިބިފައި އޮތް އިރު ކަންކުރި ގޮތް ކުޑަކޮށް ހަނދުމަފުޅުއެރުވޭތޯ މަސައްކަތް ކޮށްލާނަމެވެ.

އެންމެ ފުރަތަމަވެސް، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އެންމެ ބޮޑަށް ނިގުޅައިގެންފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ސަރުކާރު ޖަވާބުދާރީވުމަށް ރައްޔިތުންނަށް ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރީ ސީދާ ތިބޭފުޅުންގެ ސަރުކާރުންނެވެ.

ތިބޭފުޅުންގެ ސަރުކާރާ ދެކޮޅަށް 2015 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު އެތައް ހާސް ބަޔަކު ނިކުތުމުން، ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް އުނދަގޫވާ ކަމުގެ ބަހަނާ މަތިކޮށް "ޚިޔާލުފާޅުކުރުމުގެ" މިނިވަންކަން ހަނިކޮށް ގާނޫނު އަސާސީ އާއި ގާނޫނުތަކުން ރައްޔިތުންނަށް ދީފައިވާ ބާރު ހަނިކުރަމުން އޭރު ބުނެފައިވަނީ އެކަން ހަނިކުރީ ދުއްވާ އެއްޗިއްސަށާއި މަގުމަތީގައި ހިނގާ ބިގާވެ އުޅޭ މީހުންނަށް އުނދަގޫވާތީ ކަމަށެވެ. ހަނދުމަފުޅު ނުހުންނާނެތީ އެކަން ފާހަގަކޮށްލީއެވެ.

ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ވަނީ، "މިނިވަންކަމާ އެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާއި ހިލާފުނުވާ ގޮތެއްގެ މަތިން އެ މީހެއްގެ ބުއްދި އަށް ފެންނަ ގޮތްތަކާއި ހިޔާލްތައް ދުލާއި ގަލަމުން އަދި މި ނޫން ވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ" ކަމަށެވެ. އަދި ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނު އަސާސީގެ 32 ވަނަ މާއްދާ އިން ވަނީ ރައްޔިތުންނަށް ލިބިދީފައެވެ.

ގާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ހައްގުތައް ބޭނުންކުރަން މަގުފަހިކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. ޚިޔާލުފާޅުކުރުމާ ދެކޮޅަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދެވީ ޚުދު ރައީސް ޔާމީނެވެ. ޚިޔާލުފާޅުކުރުމުގެ ނަމުގައި އެއްވެ މީހުންގެ އަބުރު ކަތިލަމުންދާ ކަމަށާއި، އެ އަށް ވުރެ ހައްޖަށް ދިއުން މާ ރަނގަޅު ކަމަށް ބުނީ ވެސް ޚުދު ރައީސް ޔާމީނެއެވެ. މިކަން ހަނދުމަފުޅު އެބަހުރި ތޯ އެވެ؟ މަނިކުފާނަކީ އަބަދުވެސް ބުނާ ބަހަކާއި އަމަލަކާ ދިމާނުވާ މީހެއް ކަން ރައްޔިތުން ދަނެއެވެ.

އަދު އެ މަނިކުފާނުގެ ގާތް ބޭފުޅުންނަށް އޮތީ އެއްކަލަ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކަމުގެ ވާހަކަ ދައްކަންޖެހިފައެވެ. ތިމާ ބޭނުންވީމަ ކޮންމެ ކަމެއް 'އޯކޭ" ވާ އުސޫލުން ދުރާލައި ފުލުހުންގެ ހުއްދަ ހޯދުމެއް ނެތި މުޒާހަރާކުރީއެވެ. އެކަން "އޯކޭ" ވީއެވެ. އަބުރު ދިފާއުކުރެއްވުމަށް ހެއްދެވި އަބުރުގެ ގާނޫނަށް ވެސް ބެލުމެއް ނެތި ސީދާ އެ ގާނޫނާ ހިލާފަށް ސާބިތު ނުހިފޭ ވާހަކަތައް ވެސް މީޑިއާ މެދުވެރިކޮށް ދެއްކެވީއެވެ. ޚުދު ތިމާ ބޭނުންވީމަ ރައްޔިތެއް، ދުއްވާ އެއްޗެއް ބެލުމެއް ނެތި "އޯކޭ" ވީއެވެ. މިއީ ކިހާ ބޮޑު ޖޯކެއްތޯއެވެ؟ އެކަމަކުވެސް ގޯސްވީ މިއަދު މި ސަރުކާރެވެ.

ސުލުހަވެރިކަމާއި އެކު އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނެސް މާލޭގައި އެއްވުން މަނާކުރީ ބާރުގަ ތިބިއިރު ޕީޕީއެމުން ހުށައެޅި އިސްލާހެއްގެ ދަށުންނެވެ. އެ އިސްލާހު ހުށައެޅުއްވީ އިއިރުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ރިފާއު (ބޮޗޭ) އެވެ. އޭނާ ހުށައެޅުއްވީ މާލޭގައި މުޒާހަރާ ކުރެވޭނީ ހަމައެކަނި ކާނިވާ ސަހައްދުގައި އެކަނި ކަމަށެވެ. އަދި އެއްވާ ނަމަވެސް ކުރިން ފުލުހުންގެ ހުއްދަ ހޯދަން ޖެހޭނެކަމަށްވެސް ވަނީ ކަނޑައަޅާފައެވެ. ހަނދުމަ ނުހުންނާނެތީ މިވަރުވެސް މި ބުނެލީއެވެ. މަނިކުފާން މި ބިލް ތަސްދީގުކުރެއްވި ސީދާ ތާރީހެއް ވެސް ބުނެލާނަމެވެ. އޮގަސްޓު މަހުގެ 17 ވި ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2016 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 17 ވަނަ ޖަލްސާއިން ފާސްކުރެއްވި "ޤާނޫނު ނަންބަރު 2013/1 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައި މަނިކުފާނު ތަސްދީގުކުރެއްވީ 23 އޮގަސްޓް ގައެވެ.

މި ބިލުގެ ސަބަބުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ކަނޑައަޅައި ޢާންމުކޮށް އިޢުލާންކޮށްފައިވާ ތަންތަނުގައި އެކަންޏެވެ. މިހާރު ކަރަށް ނާރުއަރުވާފައި ބޭރުމަގުގައި މުޒާހަރާކުރަމުން ދާއިރު މިހާރު މާލޭގައި ކޮންމެ ރެޔަކު ބާއްވާ އެއްވުންތަކަކީ ޤާނޫނުގައިވާ ފަދައިން ފުލުހުންނަށް އަންގައިގެން ބާއްވާ އެއްވުންތަކެއް ނޫންކަމަށާއި ހަމައެހެންމެ ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނު 2013/1 ގެ ރޫޙާ މާލޭގައި ސިލްސިލާކޮށް ބާއްވާ މުޒާހިރާތަކުގެ ރޫޙާ ޚިލާފުކަމަށް ފުލުހުން ބުނުމުން އެކަމާއި މި ސަރުކާރާއި ގުޅުވަން ވީ އެއްވެސް ސަބަބެއް ނެތެވެ.

އެއީ މަނިކުފާނުގެ މެމްބަރުން ހެއްދެވި ގާނޫނުތަކެވެ. މިއަދު ގާނޫނު އަރައި މަނިކުފާނާއި ހަމަކުރިިރު، ކޮސް އަނގަތަޅާއިރު އެއީ މަނިކުފާނުމެންގެ ބާރު މަޖިލީހުގައި އޮތް އިރު ކުރެއްވި ކަމެއްކަމެއް ހަނދާނެއްނެތެވެ. ފުލުހުން މިއަދު އެ ފޮލޯ ކުރަމުންދަނީ މަނިކުފާނުގެ ގާނޫނުތަކާއެވެ. ފުލުހުންނަށް އަޅުގަނޑު ހަމަ އައްސަރި ބަހާއި ސާބަސް ރައްދުކުރަމެވެ. މުޒާހަރާ ބޭއްވިއަސް، އަޅުގަނޑުވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާއިރު ފުލުހުން ހަމައެކަނި ބުނަމުން ގެންދަނީ މަގުމަތީ ދުއްވާ އެއްޗެއްސައް އުނދަގުވާގޮތައް ނުތިބުމަށެވެ. ސަރުކާރަށް އެއްޗެހި ގޮވަން ހަދައި އަމިއްލަ އަށް ކިޔޭ ނުކިޔޭ ނޭނގޭ ހިސާބަށް މަނިކުފާނުމެންގެ ކަންތައް ގޮސްފައިވާއިރު ކިތަންމެ ވަރެއް ވިއަސް ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނާއި ޚިލާފަށް އެއްވުންތައް ކުރިޔަށް ގެންދިޔުމުގެ ފުރުސަތު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނުދޭނެއެވެ. މިއަދު އެކަން ދެން ހަޖަމުކޮށްލާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސީހު އެވެ، ފޮތުގައި އޮތް އެއްޗެއް އަޅުގަނޑުމެންނަށް އެނގެއެވެ. ތިވަރަށް އޮޅުވާލައްވަން ހެޔޮނުވާނެ އެވެ!

މަސީހު އެވެ، ފޮތުގައި އޮތް އެއްޗެއް އަޅުގަނޑުމެންނަށް އެނގެއެވެ. ތިވަރަށް އޮޅުވާލައްވަން ހެޔޮނުވާނެ އެވެ!

23 ނޮވެމްބަރު 2017
މިހާރު އެންމެ "ހިޓު" ވާހަކައަކީ ފައްތާހާއި ނަހުލާގެ ކޯޅުންގަނޑު!

މިހާރު އެންމެ "ހިޓު" ވާހަކައަކީ ފައްތާހާއި ނަހުލާގެ ކޯޅުންގަނޑު!

12 އޮކްޓޯބަރު 2017
 މެޝިން ގޮވި އަޑު ޖަލާލުއްދީން މިސްކިތާ ހަމައަށް، ކޮޓަރިން ނުކުތް އިރު މަންމަގެ ހަށިގަނޑުގައި އަލިފާން ރޯވެފައި

މެޝިން ގޮވި އަޑު ޖަލާލުއްދީން މިސްކިތާ ހަމައަށް، ކޮޓަރިން ނުކުތް އިރު މަންމަގެ ހަށިގަނޑުގައި އަލިފާން ރޯވެފައި

17 ސެޕްޓެމްބަރު 2017
ސުޕްރީމް ކޯޓުން އަލިފާން ގަނޑަށް ޕެޓްރޯލް އަޅައި، ހުޅުގަނޑު ބޮޑުކޮށްލީތަ؟

ސުޕްރީމް ކޯޓުން އަލިފާން ގަނޑަށް ޕެޓްރޯލް އަޅައި، ހުޅުގަނޑު ބޮޑުކޮށްލީތަ؟

30 އޯގަސްޓު 2017
ހިލަ ހިތެއް، ދަގަނޑު އަތެއް، ވާތު ސިކުނޑިއެއް!

ހިލަ ހިތެއް، ދަގަނޑު އަތެއް، ވާތު ސިކުނޑިއެއް!

06 އޯގަސްޓު 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު