Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަޖެޓް

އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 30.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރޭ

ބޭސްލައިން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 24.1 ބިލިއަން ރުފިޔާ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 31 އޮކްޓޯބަރު 2019 | ބުރާސްފަތި 09:33
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

2020 ވަނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 30،731.5 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރާކަމަށް ފިނޭންސް މިނިސްޓްރީ ބުނެފި އެވެ.

އެމިނިސްޓްރީން ހާމަކޮށްފައިވާ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓްގައިވާ ގޮތުން 30.7 ބިލިއަން ރުފިޔާ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާ ކޮށްފައިވަނީ ޓެކުހާއި އެ ނޫން ގޮތްތަކުން ލިބޭ އާމްދަނީ އަދި އާ ކަންތައްތަކުން ލިބޭ އާމްދަނީ ހިމަނައިގެންނެވެ. މީގެ ތަފްސީލުތަކަށް ބަލާލާއިރު 2020 ވަނަ އަހަރު ބޭސްލައިން އާމްދަނީގެ ގޮތުގައި 24،192.2 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާ ކޮށްފައިވެ އެވެ. ބޭސްލައިން އާމްދަނީގެ ގޮތުގައި ހިމަނާފައިވަނީ އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އައު ކަންތައްތައް ނުހިމަނައި ލިބޭ އާމްދަނީ އެވެ. ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ކޭޝް ގްރާންޓުގެ ގޮތުގައި އެއްވެސް މިންވަރެއް ލިބޭނެކަމަށް ބޭސްލައިން އަންދާޒާގައި ހިމަނާފައި ނުވާނެކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ރިޕޯޓްގައި ބުނެފައިވަނީ 2020 ވަނަ އަހަރާއި 2024 ވަނަ އަހަރާ ދެމެދު ދައުލަތުގެ އާމްދަނީ އެވްރެޖްކޮށް އަހަރަކު 6.2 އިންސައްތަ އިތުރުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި 2024 ވަނަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 32.7 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް ލަފާކުރާކަމުގަ އެވެ. މިއާމްދަނީގެ ތެރޭގައި ކޭޝް ގްރާންޓް އަދި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ ކަންކަމުން ލިބޭނެކަމަށް ބެލެވޭ ފައިސާ ހިމަނާފައެއްނުވެ އެވެ.

އަންނަ އަހަރު ހިލޭ އެހީގެ ބޭސްލައިންގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާ ކުރެއެވެ. ރިޕޯޓްގައި ބުނެފައިވަނީ އެވަރަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ އިންޑިއާއިން ގަވަމަންޓް ސެކިއުރިޓީޒްގައި އިންވެސްޓްކުރާ 1،542 މިލިއަން ރުފިޔާ އަންނަ އަހަރު ހިލޭ އެހީއަށް ބަދަލުކޮށްދޭނެކަމުގެ ޔަގީންކަން ލިބިފައިވާތީ ކަމަށެވެ. މީގެއިތުރުން ކޭޝް ގްރާންޓްގެ އިތުރުން 2021 އާއި 2024 އާ ދެމެދު ޕްރޮޖެކްޓް އަދި އެހެނިހެން ގްރާންޓްގެ ގޮތުގައި އަހަރަކު އެވްރެޖްކޮށް ލިބޭނެކަމަށް ބެލެވެނީ 172.3 މިލިއަން ރުފިޔާކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ. އަދި މެދުރާސްތާގައި ބޭސްލައިން ގްރާންޓްގެ ގޮތުގައި އަންދާޒާކުރާ އަދަދުގެ އިތުރުން ކޭޝް ގްރާންޓްގެ ގޮތުގައި 2020 ވަނަ އަހަރު 2،313 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވިފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.

އާމްދަނީ އިތުރުކުރުމަށް އަންނަ އަހަރު ހުށަހަޅާ އައު ކަންކަމުން ލިބޭނެކަމަށް ލަފާކޮށްފައިވަނީ 2.5 ބިލިއަން ރުފިޔާއެވެ. މީގެތެރެއިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމެވެ. މި ޓެކްސް ތަޢާރަފް ކުރުމުން 2020 ވަނަ އަހަރު ދައުލަތަށް އިތުރު 368 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރާކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން އަންނަ އަހަރު ރިސޯޓް ތަރައްޤީ ކުރުމަށް އައު ރަށްތައް ދޫކުރުމާއި ބިދޭސީ މުވައްޒަފުންގެ ކޯޓާ ފީ އާއި ވަރކް ޕާމިޓް ފީ ނެގޭ އުސޫލުތަކަށް ބަދަލު ގެނައުމާއި އެއަރޕޯޓް ސަރވިސް ޗާޖާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގާ އުސޫލު ބަދަލުކޮށް ގިންތިކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އައު ކަންކަމުން ލިބޭނެކަމަށް ލަފާކުރެވޭ އާމްދަނީގެ ބާކީ ބައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ އަންނަ އަހަރުގެ ބަޖެޓަށް މިހާރު މަޝްވަރާ ކުރެވެމުންދާ ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތައް ތަންފީޒުކޮށްގެން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި އެކަންކަން އަންނަ އަހަރުގެ ބަޖެޓާއެކު ހުށަހެޅިގެންދާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

2019 ވަނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް މިހާރު ލަފާކޮށްފައިވަނީ 24.2 ބިލިއަން ރުފިޔާ އެވެ. މިއީ ލިބޭނެކަމަށް ކުރިން އަންދާޒާ ކުރި އަދަދާއި އަޅާބަލާއިރު 4.1 އިންސައްތައިގެ އިތުރުވުމެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު