Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަރު ކޮމިޝަން

އިރުފާން ރުޝްދީ ހޯދާތާ 3 އަހަރު، މުއައްސަސާތަކަށް އެކަމެއް ނުވި: މަރު ކޮމިޝަން

25 އޮކްޓޯބަރު 2019 | ހުކުރު 06:37

އިރުފާން ރުޝްދީ ހޯދުމަށް އެންމެ ފުރަތަމަ އިއުލާނު ކުރެވުނީ 2016 ވަނަ އަހރުގެ ޖޫން މަހުގައި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 25 އޮކްޓޯބަރު 2019 | ހުކުރު 06:37
ފާތިރުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ އިރުފާން ރުޝްދީ

ފާތިރުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ އިރުފާން ރުޝްދީ

ތޫނު އެއްޗަކުން ހަމަލާދީ މ. ސަރުމާގެ، ފާތިރު މުހައްމަދު މަރާލި މައްސަލައިގައި ފުލުހުން ހޯދަން އިއުލާނުކުރި މ. ކުރިރުއްމަގު، އިރުފާން ރުޝްދީ ހޯދާތާ 3 އަހަރުވީއިރު މުއައްސަސާތަކަށް އަދިވެސް އޭނާ ހޯދިފައި ނުވާކަމަށް މަރާލައިފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މަރުތައް ތަހުގީގުކުރާ ކޮމިޝަނުން ބުނެފިއެވެ.

އިރުފާނު ހޯދުމަށް ބުރާސްފަތި ދުވަހު އިއުލާންކޮށްފައިވާއިރު، ހުކުރު ދުވަހު އެކަމާއި ބެހޭ އިތުރު މައުލޫމާތު ހިއްސާކޮށް ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، 3 އަހަރު ވެގެންދިޔައިރު މުއައްސަސާތަކަށް އިރުފާން ހޯދިފައި ނުވާކަމަށާއި މީގެކުރިން އިމިގްރޭޝަނުން، 2015 ވަނަ އަހަރު ފާތިރު ރާއްޖެއިން ބޭރަށް ދިޔަ ފަހުން އެނބުރި އައިސްފައި ނުވާކަމަށް ބުނެފައިވާކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް 2016 ވަނަ އަހަރުގެ ޖޫން މަހު މަރުގެ ހާދިސާއެއްގައި އެ ސަރަހައްދުގައި ހަރަކާތްތެރިވަނިކޮށް ސީސީޓީވީ ކެމެރާ ފުޓޭޖުން ފެންނަކަމަށް މަރުގެ ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އެކަމުގައި އާންމުންގެ އެހީތެރިކަމަށް އަނެއްކާވެސް ރިޔާސި ކޮމިޝަނުން ވަނީ އެދިފައެވެ.

އުމުރުން 14 އަހަރުގެ ފާތިރު މަރާލާފައިވަނީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ރޭ 9:20 ހާއިރު އެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ފާތިރު މަރާލާފައިވަނީ ގްރޫޕަކުން ސަރުމާގެ އަށް ވަދެ ތޫނު އެއްޗެހި ބޭނުންކޮށްގެން ދިން ހަމަލާއެއްގަ އެވެ. އެ ހަމަލާއާ ގުޅިގެން އައިޖީއެމް ހޮސްޕިޓަލަށް ފާތިރު ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފާތިރު މަރާލުމުގެ ކުރިން އެ ދުވަހުގެ ހަވީރު، މާލޭގައި އިތުރު ކުއްޖަކު ވެސް މަރާލާފައި ވެއެވެ. ފުލުހުން ބުނި ގޮތުގައި އެ ދުވަހުގެ ހަވީރު މަރާލި ކ. ކާށިދޫ ރަންފަރު، އުމުރުން 14 އަހަރުގެ އަހުމަދު އިރުޝާން ހިލްމީގެ މަރާ ފާތިރުގެ މަރާ ވަނީ ގުޅިފަ އެވެ. އެގޮތުން އިރުޝާން މަރާލުމުގެ ފާތިރު ބައިވެރިވެފައިވާ ކަމަށާއި ފާތިރު މަރާލާފައިވަނީ އެ މަރުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އިރުޝާންގެ މަރާލި މައްސަލައާ ގުޅިގެން މިދިޔަ އަހަރުގެ އޯގަސްޓް މަހު ދައުލަތުން ވަނީ ތިން ކުއްޖެއްގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާކޮށްފަ އެވެ. ފާތިރުގެ މަރާ ގުޅިގެން އުމުރުން 21 އަހަރުގެ އިރުފާން ހޯދުމަށް ފުލުހުން އެންމެ ފުރަތަމަ އިއުލާނުކުރީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. ފުލުހުން ބުނީ އިރުފާން ހޯދުމަށް ކުރި މަސައްކަތުން މިހާތަނަށް އޭނާ ހޯދައިގަނެވޭ ގޮތް ވެފައިނުވާ ކަމަށެވެ.

މަރު ކޮމިޝަނުން މީހުން ހޯދަން އިއުލާން ކޮށްފައިވާއިރު، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލުވާނު މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ދިރިއުޅޭ ގެތައް މަރު ކޮމިޝަނުގެ ބޭނުމަށް ފުލުހުން ވަނީ ފާސްކޮށްފައެވެ. އެގޮތުން ފުލުހުން ވަނީ 13 ތަނެއް ބަލާ ފާސްކޮށްފައެވެ.

އެ އޮޕަރޭޝަނަކީ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑާއި ފޮރެންސިކް ސަރވިސް ޑިޕާރޓްމެންޓް އަދި ޑިވިޒަނަލް ޕޮލިސިންގ ކޮމާންޑުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެކެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް