Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަހުމަދު އަދީބް

ހިޔާނާތުގެ ޝަރީއަތްތައް ލައިވްކޮށްދިނުމަށް އަދީބް އެދިވަޑައިގެންފި

23 އޮކްޓޯބަރު 2019 | ބުދަ 07:53

އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ވަނީ ހަތް ދައުވާއެއް ދައުލަތުން އުފުލާފައި

ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2019 | ބުދަ 07:53
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތްތައް ލައިވްކޮށްދިނުމަށް އޭނާގެ ފަރާތުން ކޯޓުގައި އެދިވަޑައިގެންފި އެވެ.

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ވަނީ ހަތް ދައުވާއެއް ދައުލަތުން އުފުލާފަ އެވެ. ނަމަވެސް އެ މައްސަލަތަކުގެ ޝަރީއަތެއް އަދި ފަށާފައެއް ނުވެ އެވެ.

Advertisement - newsAdvertisement

ރާއްޖޭގެ މީޑިއާތަކަށް މައުލޫމާތުދެއްވަމުން އަދީބްގެ ޤަނޫނީ ވަކީލް މަހުފޫޒް ސައީދު ވިދާޅުވީ އަދީބަށް ކޮށްފައިވާ ހުރިހާ ދައުވާއެއްގެ ޝަރީއަތް ވެސް ލައިވްކޮށް ދިނުމަށް ކުރިމިނަލް ކޯޓަށް ފޮނުއްވި ސިޓީއެއް ފޮނުވާފައިވާކަމަށެވެ. އަދީބުގެ ފަރާތުން އެގޮތަށްއެދި ހުށަހެޅި ސަބަބެއްގެ ގޮތުގައި މަހުފޫޒް ފާހަގަކުރެއްވީ މައްސަލައަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައަކަށްވާތީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ޝަރީއަތް ކުރިއަށް ގެންދަން ބޭނުންވާތީކަމަށެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އަދީބްގެ މައްޗަށް އުފުލާފައިވާ އެ ހަތް ދައުވާއަކީ ވެސް އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ހިންގި ކޮރަޕްޝަނާއި މަނީ ލޯންޑްރިން މައްސަލައާ ގުޅިގެން އުފުލި ދައުވާތަކެއް ކަމަށެވެ. އަދި ހަތް ދައުވާއެއް އުފުލީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަނާއި ޚިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލަތަކާ ގުޅިގެން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ރިޔާސީ ކޮމިޝަނުން ގުޅިގެން ހިންގި ތަހުގީގާ ގުޅިގެން ކަމަށެވެ. މި ތަހުގީގަށް ފަހު އަދީބުގެ މައްޗަށް ދައުވާ ކޮށްދޭން ހުށަހަޅާފައި ވަނީ ެޕެޓެމްބަރު މަހުގެ 21 ގައި ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަންގެ މައްސަލައެއްގައި މީގެ ކުރިން ވެސް އަދީބުގެ މައްޗަށް ވަނީ ސާބިތުވެ އަށް އަހަރުގެ ޖަލު ހުކުމެއް އައިސްފައެވެ. ނަމަވެސް އެ ހުކުމް ހައިކޯޓުން ވަނީ ބާތިލް ކޮށްފައެވެ. އެ ހުކުމް ހައިކޯޓުން ބާތިލް ކުރުމާއި ގުޅިގެން ދައުލަތުން ވަނީ އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދީބު ޚިޔާނާތްވި ކަމަށް ކަނޑައަޅައި ކުރި އަށް އަހަރުގެ ހުކުމަކީ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން އެމްއެމްޕީއާރުސީ އިން ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެ ކުންފުނިން އެމްއެމްޕީއާރުސީ އަށް ދިން ފަސް މިލިޔަން ޑޮލަރަށް (77 މިލިއަން ރުފިޔާ) ޚިޔާނާތްތެރިވި މައްސަލައިގައި އިއްވާފައިވާ އަށް އަހަރުގެ ހުކުމެވެ.

ދައުލަތުން ހަތް ދައުވާއެއް އަދީބުގެ މައްޗަށް އުފުލާފައިވާއިރު އޭނާ މިހާރު ގެންދަވަނީ ޅ. މާބިން ހުރާ މައްސަލަ ދައުލަތުން އިސްތިއުނާފުކޮށް އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސުޕްރީމް ކޯޓުން އަމުރު ނެރެފައިވަނިކޮށް ރާއްޖެއިން ބޭރަށް ފިއްލަވައި ވަޑައިގެންނެވި މައްސަލައިގައި ގާނޫނު ތަންފީޒު ކުރަން ހުރަސްއެޅިކަމުގެ ކުށުގައި ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

04 ޖުލައި 2017

އަދީބް ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީ ޔޫއެންގެ ވޯކިންގް ގްރޫޕާއި ޕްރިންސް ޒައިދްގެ އޮފީހަށް ފޮނުއްވައިފި

04 ޖުލައި 2017
އަދީބް ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީ ޔޫއެންގެ ވޯކިންގް ގްރޫޕާއި ޕްރިންސް ޒައިދްގެ އޮފީހަށް ފޮނުއްވައިފި
18 ޖޫން 2017

ބޮޑު ހިޔާނާތުގެ ރިޕޯޓް ނެރޭނީ މައްސަލަ ޕީޖީން ބަލައިގަތުމުން: އޭސީސީ

18 ޖޫން 2017
ބޮޑު ހިޔާނާތުގެ ރިޕޯޓް ނެރޭނީ މައްސަލަ ޕީޖީން ބަލައިގަތުމުން: އޭސީސީ
16 މެއި 2017

ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށްލުމަށް ސަރުކާރަށް ދޫ ނުދިނުމަށް ސިޓީ ކައުންސިލަރުންގެ ކިބައިން ރައީސް ނަޝީދު އެދިވަޑައިގެންފި

16 މެއި 2017
ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށްލުމަށް ސަރުކާރަށް ދޫ ނުދިނުމަށް ސިޓީ ކައުންސިލަރުންގެ ކިބައިން ރައީސް ނަޝީދު އެދިވަޑައިގެންފި
15 މެއި 2017

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގެ ހުލާސާ ރިޕޯޓް އާންމުކުރާނީ މައްސަލަ ޕީޖީ އަށް ފޮނުވުމަށް ފަހު: އޭސީސީ

15 މެއި 2017
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގެ ހުލާސާ ރިޕޯޓް އާންމުކުރާނީ މައްސަލަ ޕީޖީ އަށް ފޮނުވުމަށް ފަހު: އޭސީސީ
11 މެއި 2017

ސިވިލް ކޯޓަށް ފެން ލީކުވުމާގުޅިގެން ޝަރީއަތްތައް ހުއްޓުމަކަށް !

11 މެއި 2017
ސިވިލް ކޯޓަށް ފެން ލީކުވުމާގުޅިގެން ޝަރީއަތްތައް ހުއްޓުމަކަށް !
29 އެޕްރީލު 2017

ގަލޮޅު ދެކުނު ދާއިރާއަށް އެމްޑީޕީގެ ޝާހީން ހޮވައިދިނުމަށް މަޚްލޫފް އެދިވަޑައިގެންފި

29 އެޕްރީލު 2017
ގަލޮޅު ދެކުނު ދާއިރާއަށް އެމްޑީޕީގެ ޝާހީން ހޮވައިދިނުމަށް މަޚްލޫފް އެދިވަޑައިގެންފި
05 އެޕްރީލު 2017

މެމްބަރު އިބްރާހިމް ފަލާހްގެ މައްޗަށް އަބުރުގެ ދައުވާ ކުރަން އުމަރު އެދިވަޑައިގެންފި

05 އެޕްރީލު 2017
މެމްބަރު އިބްރާހިމް ފަލާހްގެ މައްޗަށް އަބުރުގެ ދައުވާ ކުރަން އުމަރު އެދިވަޑައިގެންފި
24 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓްނެގުމަށް ބާއްވާ ޖަލްސާއަށް ހާޒިރުކޮށްދިނުމަށް މަހުލޫފު އެދިވަޑައިގެންފި

24 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓްނެގުމަށް ބާއްވާ ޖަލްސާއަށް ހާޒިރުކޮށްދިނުމަށް މަހުލޫފު އެދިވަޑައިގެންފި
15 މާރިޗު 2017

ނިހާންގެ ތަޢުރީފު އަދީބަށް، ރައީސް ޔާމީނަށްވުރެ އަދީބްގެ ބަސް އަހާ!

15 މާރިޗު 2017
ނިހާންގެ ތަޢުރީފު އަދީބަށް، ރައީސް ޔާމީނަށްވުރެ އަދީބްގެ ބަސް އަހާ!
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް