Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން

ގަވާއިދާ ހިލާފަށް އުޅޭތާ 10 އަހަރު، ޒިންމާ ނަގަނީ ކާކު؟

އޭނާ ބުނީ ރާއްޖެ ގެނައި އެޖެންޓު ''ފިލީ'' ކަމަށް

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2019 | ހޮނިހިރު 19:18
ޝަފީގުލް އިސްލާމް

ޝަފީގުލް އިސްލާމް

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ އެކި މުއައްސަސާތަކުން އަތުކުރި އޮޅާލާފައިވާއިރު, ބިދޭސީން ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއަށް ވެއްދުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން ކުރިޔަށް ގެންދަން ފެށި ޕްރޮގްރާމް ވެގެން ގޮސްފައިވަނީ މިހާތަނަށް ރާއްޖޭގެ ސަރުކާރަކުން ބިދޭސީންގެ މައްސަލަތައް ހައްލު ކުރަން އެޅި އެންމެ ބޮޑު އެއް ފިޔަވަޅަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބޭރުގައި ދަމާލި ކިޔޫތައް ގަލޮޅު ސްޓޭޑިއަމް އަށް ބަދަލު ކުރަން ޖެހުނީ ރަޖިސްޓްރީ ކުރަންދާ ބިދޭސީގެން އަދަދު އިތުރުވުމެންނެވެ. އެގޮތުން ކޮންމެ ހޮނިހިރު ދުވަހަކު ގަލޮޅު ދަނޑު ސަރަހައްދު އޮންނަނީ ބިދޭސީންތަކުން ފުރާލާފައެވެ.

ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހެނދުނު 07:30 ހުޅުވާލުމާއެކު ސްޓޭޑިއަމްގެ ސިޑިތައް ފުރާލަނީ، މިއިން ދުވަހަކު ބަޔަކު ފުޓްބޯޅަ މެޗެއް ވެސް ބަލަން ނުވަންނަ ވަރަށްވުރެ ގިނައިންނެވެ.

މުޅި ދުވަސް އެތަނުގައި ހޭދަކުރާއިރު، ބައެއް ބިދޭސީން ކެއިން ބުއިމުގެ އިތުރުން ނަމާދުވެސް ކުރަނީ ދަނޑުގެ ތެރޭގައެވެ. ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން ދަނޑުގައި ހަރަކާތްތެރިވަމުން ދިޔަ އިކޮނޮމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ޒުބާނާ އިބްރާހިމް ވިދާޅުވީ، ''ރެގިއުރަލައިޒޭޝަން ޕްރޮގްރާމްގެ'' ދަށުން މި ހަފްތާގެ ހޮނިހިރު ދުވަހަކީ ރަޖިސްޓްރީ ކުރުމަށް އެޕޮއިންޓްމަންޓް ދޫކުރުމުގެ މަސައްކަތް ގަލޮޅު ދަނޑުގައި ކުރިޔަށް ގެންދާ ދެވަނަ ދުވަސް ކަމަށެވެ.

ގާނޫނީ އިމުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެޕޮއިންޓްމެންޓް ހެއްދުމުގެ ފުރުސަތު މި މަހުގެ ފަސްވަނަ ދުވަހު ހުޅުވާލިއިރު، ޒުބާނަ ވިދާޅުވީ، އެ ދުވަހު 3000 އަށް ވުރެެ ގިނަ އެޕޮއިންޓްމެންޓްތައް ހެއްދިފައިވާ ކަަމަށެވެ. އޭނާ ވިދާޅުވީ، ހޮނިހިރު ދުވަހު 4000 އަށް ވުރެ ގިނަ އެޕޮއިންޓްމެންޓް، ދަނޑުގައި ހުންނަ އެ މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން އޮފީހުން ހެއްދިފައިވާ ކަަމަށެވެ. އެތަނުގައި އިކޮނޮމިކް މިނިސްޓްރީގެ 50 ވަރަކަށް މުވައްޒަފުން ހަރަކާތެރިވަމުން ދެއެވެ.

ޒުބާނަ ވިދާޅުވީ، ރެޖިސްޓްރީ ކުރަން އަންނަ ފަރާތްތަކަށް އެޕޮއިންޓްމެންޓް ޔަގީންވި ކަމުގެ މެސެޖެއް ފޯނަށް ފޮނުވާ ކަމަށެވެ.

ބައެއް ބިދޭސީންނަކީ މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ރަޖިސްޓްރީ ކުރަން ދަނޑަށް ގޮސްގެންވެސް ކިޔޫ ދިގުކަމުން ފުރުސަތު ނުލިބިފައިވާ ފަރާތްތަކެވެ.

އެތަނުގައި ހުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަފީގުލް އިސްލާމް ރާއްޖެ.އެމްވީއާ ވާހަކަ ދައްކަމުން ބުނީ، އޭނާ ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ ކަމަށެވެ. 2000 ޑޮލަރު އެޖެންޓަކަށް ދެއްކުމަށްފަހު ބަންގްލަދޭޝުން ރާއްޖެއައި ޝަފީގުލް، މިވީހާ ދުވަހު މަސައްކަތް ކުރަމުން އަންނަނީ ގަވާއިދާ ހިލާފަށެވެ. ޝަފީގުލް ބުނީ، އޭނަ ގެނައި އެޖެންޓު ވަނީ ''ފިލާފައި'' ކަމަށެވެ.

ހެނދުނު ހައެއް ޖެހިއިރު ކިޔުއަށް އެރި ޝަފީގުލް ބުނީ، މިހާރު އޭނާ އަތުގައި ޕާސްޕޯޓް އިތުރުން އެއްވެސް ކަހަލަ ލިޔެކިއުމެއް ނެތެވެ. އޭނާ ބުނީ، އެއީ އާއްމުކޮށް ބަންގްލަދޭޝް ގައި އުޅޭ އެޖެންޓުން ކަންތައް ކުރަމުންދާ ގޮތް ކަމަށެވެ. އެގޮތަށް ވަޒީފާ ދޭނެ ކަމަށް ބުނެ ގެނައި އެތައް ބިދޭސީ އަކު ވަނީ މަގުމަތީގައި ހާލުގައި ޖެހިފައެވެ. އެހެން ގަވާއިދާ ހިލާފަށް އުޅޭ މީހުން އެންމެ ގިނައިން މަަސައްކަތް ކުރަނީ މާރުކޭޓާއި ފިހަަރާތަކުގައެވެ.

ޝަފީގުލް ބުނީ، ބަންގްލަދޭޝް ގައި ހުންނަ ރާއްޖެ އެމްބަސީގެ އެއްވެސް އެހީތެރިކަމެއް ނުލިބޭ ކަމަށާއި، ބަންގްލަދޭޝް އެމްބަސީން އެހީތެރިވަނީ އެޖެންޓުންނަށް ކަމަށެވެ.

ޝަފީގުލް ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން އައީ އެކި ތަންތަނުގައެވެ. މިވީ 10 އަހަރުގެ ތެރޭގައި އޭނާ ބަންގްލަދޭޝް އަކަށް ނުދެއެވެ. އޭނާ ބުނާ ގޮތުންނަމަ ގައުމަށް ދާން ބޭނުންވެގެން އިމިގްރޭޝަން އަށް ދިޔައިމަ އެމްބަސީ މެދުވެރިކޮށް ވަގުތީ ގޮތުން ދަތުރުކުރާ ލިޔުމެއް ދިނުމުން އަނބުރާ ގައުމަށް ދެވޭނެއެވެ.

އެހެން ނަމަވެސް އެކަމުގައި އެމްބަސީން ބޮޑު އަަދަދެއްގެ ފައިސާ ނަގާކަމަށް ބައެއް ބިދޭސީން ބުނެެއެވެ. ބަންގްލަދޭޝްގެ އަށް ގޮސްފިއްޔާ އަބުރަ ނާދެވޭ ގޮތަށް ޑީޕޯޓް ކޮށްލާނެތީ، އޭނާ ބޭނުންވަނީ ގާނޫނީ އިމުގެ ތެރެއަށް ވަންނާށެވެ.

ޝަފީގު ފަދައިން، ނުވަތަ އެއަށްވުރެ ގިނަ ދުވަސް ވަންދެން ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ މީހުން މަދެއް ނޫނެވެ. އެކަމަކު އަބަދުވެސް އުފެދޭ ސުވާލަކީ އެކަމުގެ ޒިންމާ ނަގަން ޖެހެނީ ކޮންބައެއްތޯއެެވެ. ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަން ގިނަ ފަހަރު މަޖުބޫރު ވަނީ އެމީހުން ގެންނަ އެޖެންޓް ނުވަތަ ކުންފުނިން އެމީހުންނާ ދޭތެރޭ ކަންތައް ކުރާ ގޮތުންނެވެ. ހަމަ އެކަނި ގަވާއިދާ ހިލަފާށް އުޅޭ ބިދޭސީން މައްސަަލަ ހައްލު ކޮށްގެން މިކަމެއް ހައްލެއް ނެތެވެ. ރާއްޖެއަށް ބިދޭސީން ގެންނަ ކުންފުނިތަކުން އަމަަލު ކުރަމުން އަންނަ ގޮތްވެސް ހޯދައި ބެލުން މުހިއްމެވެ.

އުއްމީދަކީ ސަރުކާރުން މިހާރު ކުރިޔަށްގެންދާ ޕްރޮގްރާމްގެ ދަށުން މިކަމުގައި، ދާއިމީ ހައްލެއް ލިބިގެން ދިޔުމެވެ. މަސްލަހަތާއި ޒާތީ ތަހައްސުބުން ދުރުވެ، އެ ވިޔަފާރިތަކާއި ދެކޮޅަށް ފިޔަވަޅު އެޅުން ބުއްދިވެރިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ރޯގާ އިން ރައްކާތެރިވުން، ފަރުދީ ޒިންމާ!

ރޯގާ އިން ރައްކާތެރިވުން، ފަރުދީ ޒިންމާ!

18 މާރިޗު 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު