Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުންގެ މުއައްސަސާ

ޒާތީ މަސްލަހަތު އިސްނުކުރުމަށް ހޯމް މިނިސްޓަރު ފުލުހުންނަށް ގޮވާލައިފި

ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ އެމީހުންގެ ސަލާމަތާއި، ރައްކާތެރިކަން ކަމަށް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 18 އޮކްޓޯބަރު 2019 | ހުކުރު 04:52
ހޯމް މިނިސްޓަރު އިމްރާން އާއި ސީޕީ ހަމީދު

ހޯމް މިނިސްޓަރު އިމްރާން އާއި ސީޕީ ހަމީދު

އަމިއްލަ އެދުމާއި، މަސްލަހަތަށްވުރެ, ރައްޔިތުންގެ އެދުމާ މަސްލަހަތާ އުއްމީދުތައް އިސްކުރަން ފުލުހުންގެ ކިބައިން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެދިވަޑައިގެންފިއެވެ.

ހޯމް މިނިސްޓަރު އެކަމަށް އެދިވަޑައިގަތީ ބުރާސްފަތި ދުވަހު ޝަރަފްގެ ނިޝާނާއި ކުލަ ދިނުމަށް އިސްކަންދަރުކޮށީ ގައި ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނާ މުހާތަބުކޮށް ވާހަކަ ދައްކަވަމުންނެވެ.

ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، ފުލުހުންގެ މުއައްސަސާގެ ތެރެއިން ކުރިއަރައި ދާންވާނީ ރައްޔިތުންގެ މަސްލަހަތު އިސްކޮށް ރައްޔިތުންގެ އެދުމާ އުއްމީދުތައް އިސްކުރާ ބައެއްކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާގެ އިތުބާރު ދަމަހައްޓާ ބަޔަކަށްވެސް ފުލުހުން ވާންޖެހޭނެކަމަށެވެ.

އިމްރާން ވިދާޅުވީ، ފުލުހުންގެ މުއައްސަސާގެ ކޮންމެ މީހެއްގެ ކިބައިން ހާއްސަކޮށް ޕްރޮމޯޝަން ލިބުނު ބޭފުޅުންގެ އަރިހުން އެދިވަޑައިގަންނަވާ މުހިއްމު ދެކަމެއް އެބައޮތްކަމަށެވެ. އެއީ ތިމާގެ އެދުމާއި މަސްލަހަތަށްވުރެ ރައްޔިތުންގެ އެދުމާއި މަސްލަހަތު އިސްކުރުމާއި، މުއައްސަސާގެ އިތުބާރު ހޯދާ ދަމަހައްޓަން މަސައްކަތްކުރުން ކަމަށެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ، މުއައްސަސާތައް ހިނގަނީ ރައްޔިތުންގެ ބައިތުލްމާލުން، ރައްޔިތުން ކުރާ މަސައްކަތުން ދައުލަތަށް ލިބޭ އާމްދަނީން ކަމަށާއި، އެހެންކަމުން ކޮންމެ މުއައްސަސާއެއްގެ މައްޗަށް ރައްޔިތުންގެ ބައިވެރިވުމާއި، ރައްޔިތުންގެ އެއްބާރުލުމާއި، ރައްޔިތުން ބޭނުންވާ އުއްމީދު ހޯދަން ޖެހޭ ކަމަށެވެ.

ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ އެމީހުންގެ ސަލާމަތާއި، ރައްކާތެރިކަން ކަމާއި، ސުލްހަ މަސްލަސްކަމާއި، ހަމަޖެހުންކަން ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީީ، ރައްޔިތުން އެދެނީ އެމީހުންނަށް ދަތިވެ އުނދަގޫވާ ވަގުތު، ކަމެއް ބޮޑުވާ ވަގުތު އެކަމުން ސަލާމަތްވާނެ މަގުތަކަށް ކަމަށްވެސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު