Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމިލޮރަޑް ކިޔާޗް

ގައުމީ ފިރިހެން ވޮލީ ޓީމަށް ދުނިޔޭގެ ފެންވަރުގެ ކޯޗެއް ހަމަޖައްސައިފި

މިލޮރަޑް ކިޔާޗް ނަމަކަށް ކިޔާ މި ކޯޗު ވަނީ އިރާން އަދި ބަލްގޭރިއާއަށް އިރުޝާދު ދީފައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2019 | ބުރާސްފަތި 21:23
މިލޮރަޑް ކިޔާޗް

މިލޮރަޑް ކިޔާޗް

ގައުމީ ފިރިހެން ވޮލީ ޓީމުގެ ކޯޗަކަށް މީގެ ކުރިން އިރާން އަދި ބަލްގޭރިއާ ގައުމީ ޓީމަށް އިރުޝާދު ދިން ސާބިއާއަށް ނިސްބަތްވާ މިލޮރަޑް ކިޔާޗް ހަމަޖައްސައިފިއެވެ.

ގައުމީ ވޮލީ ޓީމުގެ ކޯޗަކަށް މިލޮރަޑް ހަމަޖެއްސިކަން އިއުލާންކުރެއްވީ ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ކުރެއްވި ޓުވީޓަކުންނެވެ. މިނިސްޓަރ ވިދާޅުވީ، މިލޮރަޑަކީ ގިނަ ކާމިޔާބީތައް ހޯދާފައިވާ މޮޅު ކޯޗެއް ކަމަށެވެ.

އުމުރުން 70 އަހަރުގެ މިލޮރަޑް އޭނާގެ ކޯޗިން ކެރިޔަރު 1989 ވަނަ އަހަރު ފަށާފައިވާއިރު، އޭނާ ވަނީ ސާބިއާގެ އެކި ޓީމުތަކަށް ކޯޗުކޮށްދީފައެވެ. އަދި އޭނާ ވަނީ އެ ގައުމުގެ ޗެމްޕިއަންކަން 8 ފަހަރު ހޯދާފައެވެ.

ޔޫގޯސްލާވިއާގެ ޖޫނިއާ ޓީމަށް ކޯޗުކޮށްދީފައިވާ މިލޮރަޑް ވަނީ އެ ގައުމުގެ ސީނިއާ ޓީމާއެކު 1996 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ތިންވަނަ ހޯދާފައެވެ. އެއަށްފަހު އޭނާ ވަނީ ބަލްގޭރިއާ ކްލަބްތަކަށް ކޯޗުކޮށްދިނުމުގެ އިތުރުން 2002 ވަނަ އަހަރު އެ ގައުމުގެ ސީނިއާ ޓީމާ ހަވާލުވެފައެވެ.

ބަލްގޭރިއާއާއެކު ވޯލްޑް ލީގުގެ ފަސްވަނަ މިލޮރަޑް ހޯދިއެވެ. އޭނާ ދެން ހަވާލުވީ 2006 ވަނަ އަހަރު އިރާންގެ ކޯޗުކަމާއެވެ. އެއަށްފަހު އޭނާ ވަނީ ޔޫއޭއީގެ ބައެއް ކްލަބްތަކުގައިވެސް މަސައްކަތް ކޮށްފައެވެ.

މިލޮރަޑްއާއެކު ސާބިއާގެ ޓްރެއިނަރެއްވެސް ގައުމީ ވޮލީ ޓީމާއެކު މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭނާ ވަނީ ސާބިއާގެ އެކި ވޮލީ ޑިވިޝަންތަކުގެ ކްލަބްތަކާއެކު މަސައްކަތް ކޮށްފައެވެ.

ގައުމީ ވޮލީ ޓީމުގެ ކޯޗަކަށް އެންމެ ފަހުން ހުރީ މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. އޭނާ ޓީމާ ހަވާލުވީ 2017 ވަނަ އަހަރުގެ ފަހުކޮޅެވެ. އޭނާގެ އިރުޝާދުގެ ދަށުން ރާއްޖެއިން ވަނީ މިދިޔަ އަހަރު ސެންޓްރަލް ޒޯން އާއި މިދިޔަ އަހަރުގެ އޭޝިއަން ގޭމްސް އާއި މި އަހަރު އޮތް އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) ގެ އިތުރުން މި އަހަރުގެ ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކޮށްފައެވެ.

މިނިސްޓަރ މަހްލޫފް އަންނަނީ ވޮލީއަށް ގިނަ ކުރިއެރުންތަކެއް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މި އަހަރު އޮތް އައިއޯއައިޖީގެ ކުރިން ސާބިއާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރުމަށް ފުރުސަތު ހޯދައިދީފައިވާއިރު، މިއީ ރާއްޖޭގެ ގައުމީ ޓީމެއް ޔޫރަޕްގައި ތަމްރީން ހެދި ފުރަތަމަ ފަހަރެވެ.

މީގެއިތުރުން ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން ލަންކާއާ ދެކޮޅަށް ރާއްޖޭގައި ތިން މެޗު ކުޅުމަށްވެސް ފުރުސަތު ވަނީ ހޯދައިދެއްވާފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު