Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކޮލިފައިން

އޭއެފްސީ ކޮލިފައިން : ފަހު މެޗުގައި ލެބަނަން އަތުންވެސް ރާއްޖެ ބަލިވެއްޖެ

ލެބަނަން އަތުން ރާއްޖެ ބަލިވީ 0-2 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ | 6 އޮކްޓޯބަރު 2019 | އާދީއްތަ 13:25
ރާއްޖެ އަދި ލެބްނާން ބައްދަލުކުރި މެޗުގެ ތެރެއިން

ރާއްޖެ އަދި ލެބްނާން ބައްދަލުކުރި މެޗުގެ ތެރެއިން

ތަޖިކިސްތާނުގައި މިހާރު ކުރިޔަށްދާ 19 އަހަރުން ދަށުގެ އޭއެފްސީ ކޮލިފައިންގެ ގްރޫޕް "ސީ" ގައި ކުޅުނު ފަހު މެޗުން ލެބްނާން އަތުންވެސް ރާއްޖެ ބަލިވެއްޖެއެވެ.

އާދީއްތަ ދުވަހު ކުޅުނު މެޗުން ލެބަނަން އަތުން ރާއްޖެ ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ލެބަނާނުންނެވެ. އެޓީމުން ވަނީ ރާއްޖޭގެ ހާފަށް ބާރުބޮޑުކޮށް ގިނަ ޙަމަލާތަކެއް މި ހާފްގައި އުފައްދާފައެވެ.

ނަމަވެސް ރާއްޖެއިން ވަނީ މޮޅު ޑިފެންސެއް ކޮށް، ލެބަނާންގެ ގިނަ ޙަމަލާތަކެއް މި ހާފްގައި ދިފާޢުކޮށްފައެވެ. ލެބަނާނުން މެޗުގެ ލީޑު ނެގީ 17 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އާދަމް ހިޖާޒީއެވެ.

ދެވަނަ ހާފް ފެށިގެންވެސް ލެބަނާންގެ ފަރާތުން އެޓޭކިންގ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފްގައިވެސް ރާއްޖެއިން ވަނީ މޮޅު ޑިފެންސެއް ކޮށްފައެވެ. މި ހާފްގައި ރާއްޖެ ކޮޅަށް ލެބްނާނުން ލަނޑު ޖެހީ 76 ވަނަ މިނެޓުގައެވެ.

ގްރޫޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ތަޖިކިސްތާން އަތުން 0-9 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުން ސީރިއާ އަތުން ބަލިވީ 2-3 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު ރާއްޖެ އޮތީ ކުޅުނު އެއްވެސް މެޗަކުން ޕޮއިންޓެއް ނުލިބި، މައިނަސް 12 ލަނޑާއެކު ގްރޫޕްގެ ފުލުގައެވެ. ލެބަނާން އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެ ވެ.

ގްރޫޕް ސީގެ އެއްވަނަ އަދި ދެވަނަ ކަށަވަރުވާނީ އާދީއްތަ ދުވަހުގެ ރޭ ސީރިއާ އަދި ތަޖިކިސްތާން ބައްދަލުކުރާ މެޗަށްފަހުއެވެ.

ގްރޫޕްގެ އެއްވަނަ ހޯދާ ޓީމަކަށް 2020 ވަނަ އަހަރު އުޒްބަކިސްތާނުގައި އޮންނަ އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުން ޖާގަ ލިބޭއިރު، ގްރޫޕްގެ ދެވަނަ ހޯދާ އެންމެ ރަނގަޅު ހަތަރު ޓީމަށްވެސް މުބާރާތުން ފުރުޞަތު ލިބޭނެއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު