Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްވެރިކަން

އެހެން ގައުމުތަކުގެ ކަނޑުގެ ސަރަހައްދުގަ ހުއްދަ ނެތި މަަސްވެރިކަން ކުރާނަމަ، އެކަމުގެ ނޭދެވޭ އަސަރު މުޅި ރާއްޖޭގެ މަސްވެރިކަމަށް ކުރާނެ : ފިޝަރީޒް

އެހެންޤައުމެއްގެ ކަނޑުގެ ޞަރަޙައްދުގައި ހުއްދަނެތި މަސްވެރިކަން ކުރާނަމަ، އައިއޯޓީސީން ބްލެކްލިސްޓްކޮށްފާނެ

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2019 | ހޮނިހިރު 14:41
ރާއްޖޭގެ މަސްވެރި އުލަނދުތަކެއް

ރާއްޖޭގެ މަސްވެރި އުލަނދުތަކެއް

އެހެން ޤައުމެއްގެ ކަނޑުގެ ސަރަޙައްދުން އެގައުމެއްގެ ހުއްދަނެތި މަސްވެރިކަންކުރުމަކީ މުޅި ދިވެހިރާއްޖޭގެ މަސްވެރިކަމަށް އެކަމުން ބޮޑު އަސަރެއް ކޮށްފާނެކަމެއް ކަމަށާއި، މިފަދަ އުޅަނދު ބްލެކް ލިސްޓު ކުރުމުގެ ފުރުޞަތު އެބައޮތް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން މިހެން ބުނެފައިވަނީ އަވައްޓެރި ޤައުމެއްގެ ކަނޑުގެ ސަރަޙައްދުގައި ދިވެހި މަސްވެރި އުޅަނދުފަހަރު ޙަރަކާތްތެރިވުމަކީ ޤާނޫނާއި، ގަވާއިދާ ޚިލާފު އަމަލެއްކަން ބަޔާކޮށް، އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށް ޢާއްމު ކުރި ބަޔާނެއްގައެވެ. މިނިސްޓްރީން ޢާއްމުކުރި ބަޔާނުގައި ވަނީ އެހެން ޤައުމެއްގެ ކަނޑުގެ ސަރަޙައްދުން އެގައުމެއްގެ ހުއްދަނެތި މަސްވެރިކަންކުރާ އުޅަނދުފަހަރު އިންޑިއަން އޯޝަންގެ ކަނޑުމަހުގެ މަސްވެރިކަން ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ)ގެ ފަރާތުން ބެލެކް ލިސްޓުކުރުމުގެ ފުރުޞަތު އޮތް ކަމަށެވެ. މިހާތަނަށް ރާއްޖޭގެ މަސްވެރި އުޅަނދެއް މިލިސްޓުގައި ހިމެނިފައިނުވާކަން ފާހަގަކޮށް، ދިވެހިރާއްޖޭގެ މަސްވެރިކަމާއިމެދު މަސް ގަންނަ ފަރާތްތަކުގެ މެދުގައި އޮތް ތަސައްވުރު މިފަދަ އަމަލެއްގެ ސަބަބުން ބަދަލުވެގެން ގޮސް މުޅި ދިވެހިރާއްޖޭގެ މަސްވެރިކަމަށް މިކަމުގެ ނޭދެވޭ އަސަރުކުރުމުގެ ފުރުޞަތު އޮތްކަން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ ގޮތަކަށް މަސްވެރިކަންކުރަނިކޮށް ހިފެހައްޓާ އުޅަނދުފަހަރާމެދު މަސްވެރިކަންކުރުމުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން އިތުރަށް ސަމާލުވުމަށް ގޮވާލާފައި މިވަނީ، ރާއްޖޭގެ މަސްވެރި އުޅަނދެއް އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ތެރެއިން މަލިކާއި ގާތްގަނޑަކަށް 3 މޭލު ކައިރިން ހިފަހައްޓާފައިވާކަމުގެ މަޢުލޫމާތު ސޯޝަލް މީޑިއާގައި ދައުރުވަމުންދަނިކޮށެވެ. މިއަމަލު މިނިސްޓްރީން ސިފަކޮށްފައިވަނީ ރާއްޖޭގައި މަސްވެރިކަމުގެ ޤާނޫނާއި ގަވާއިދުތަކާއި ހިލާފު ޙާރަކާތެއްގެ ގޮތުގައެވެ. އަދި ޤާނޫނާއި ގަވާޢިދާ ޚިލާފަށް ބެލެހެއްޓުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވުމަކީ ދިވެހިރާއްޖޭގެ މައްޗަށް ބައިނަލްއަޤްވާމީ ޤަނޫނުތަކުން ލާޒިމުކުރާ ކަމެއްކަމުގައިވެސް ފިޝަރީޒް މިނިސްޓްރީން ފާހަގަކުރެއެވެ.

އަދި މީގެ އިތުރުން، ދިވެހިރާއްޖެއިން ފިނިކުރި އަދި ރޯމަހުގެ ގޮތުގައި އެކްސްޕޯޓްކުރާ ހުރިހާ ކަނޑުމަހަކާއިއެކު މިނިސްޓްރީގެ ފަރާތުން ދޫކުރާ [ކެޗް ސެޓިފިކެޓް]އެއް ދޫކުރަމުންދަކަމަށާއި، މިސެޓިފިކެޓަކީ ޔޫރަޕަށް މަސް އެތެރުކުރުމުގައި ޔޫރަޕިއަން ކޮމިޝަންގެ ގަވާޢިދުތަކުގެ ދަށުން މިހާރު ލާޒިމުކުރާ ކަމެއްކަމުގައި މިނިސްޓްރީން ފާހަގަކުރެއެވެ. މިސެޓިފިކެޓަކީ، ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ މަހަކީ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ބެލެހެއްޓިގެންކުރާ މަސްވެރިކަމަކުން ބާނާ މަސް ކަމުގައި ސެޓިފައިކޮށް ދިވެހި ދަޢުލަތުގެ ފަރާތުން ދޫކުރަންޖެހޭ ލިއުމަކަށް ވީހިނދު، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބާނާފައިވާ މަސް ފިޔަވައި އެހެން މަހަށް މިފަދަ ސެޓިފިކެޓް ދޫނުކުރާނެކަމަށް މިނިސްޓްރީން ބުނެއެވެ.

ދިވެހިރާއްޖޭގެ އުތުރުގައި މަސްވެރިކަންކުރުމުގައި ރާއްޖޭގެ ސަރަޙައްދު ތެރޭގައި ޙަރަކާތްތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި

ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި

14 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި

ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި

04 މާރިޗު 2017
ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން

ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން

02 މާރިޗު 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު