Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް

މި އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން 10000 އަށްވުރެ ގިނަ ވަޒީފާ ވަނީ އުފެއްދިފައި: ރައީސް ސޯލިހު

3 އޮކްޓޯބަރު 2019 | ބުރާސްފަތި 17:57

އެންމެ ގިނަ ވަޒީފާތައް އޮތީ މިދާއިރާގައި

އަމްނާ އިމާދު
އަމްނާ އިމާދު | 3 އޮކްޓޯބަރު 2019 | ބުރާސްފަތި 17:57
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅުދައްކަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅުދައްކަވަނީ

ރާއްޖޭގައި އެންމެ ގިނަ ވަޒީފާގެ ފުރުސަތުތައް އޮތީ ފަތުރުވެރިކަމުގެ ސިނާއަތުގައި ކަމަށާއި، މިއަހަރު އެކަނި ވެސް 10،000 އަށްވުރެ ގިނަ ވަޒީފާ އުފެއްދިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް 2019 ގާލާ ނައިޓް އިފްތިތާހްކޮށްދެއްވާ ރައީސް ސޯލިހު ވިދާޅުވީ އެންމެ ގިނަ ވަޒީފާގެ ފުރުސަތު އޮތީ މިސިނާއަތުގައި ކަމަށެވެ.

Advertisement - newsAdvertisement

ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާއިން މިއަހަރު ކަނޑައަޅާފައިވާ ޝިއާރު ''ޓޫރިޒަމް އެންޑް ޖޮބްސް އަ ބެޓަރ ފިއުޗަރ ވޯލްޑް'' އަލިއަޅުއްވާލައްވާ ރައީސް ސޯލިހު ވިދާޅުވީ މިޝިއާރުން ވެސް ވަޒީފާގެ ގިނަ ފުރުސަތުތައް އޮތްކަން ޔަގީންވާ ކަމަށާއި، ފަތުރުވެރިކަމުގެ މަންފާ ލިބޭނެ ގޮތަށް ކަންކަން ރޭވުން ވަރަށް މުހިންމު ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުން އާންމު ދިރިއުޅުމާއި ފަރުދީ ފުދުންތެރިކަމާ ގުޅިފައިވާ މިންވަރު މިޝިއާރުން ހާމަކޮށްދޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ރިސޯޓުތަކުގެ މަތީ މަގާމުތަކުން ދިވެހިންނަށް ފުރުސަތު ލިބުމަކީ މިސިނާއަތުގެ ކުރިއެރުވުމަށް ލިބޭ ވަރަށް ބޮޑު ބާރެއް ކަމަށާއި، ރިސޯޓުތަކުގެ ވަރަށް ޒިންމާދާރު މަގާމުތަކުގައި މިހާރު ވެސް ދިވެހިން އެބަތިބި ކަމަށެވެ. އަދި މިނިސްބަތް އިތުރުކުރަންޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރާއްޖޭގައި ދުނިޔޭގައި ނަން މަޝްހޫރު ހުރިހާ ހޮޓެލް ޗެއިންއެއްގެ ރިސޯޓުތައް ހުޅުވިފައިވާކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މިސިނާއަތް ތަރައްގީކޮށް ކުރިއަށް ގެންދެވޭނީ ދިވެހިންނަށް ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ ދިވެހިން މިދާއިރާގައި މަސައްކަތް ކުރަނީ ހަމައެކަނި ވަޒީފާއެއް އަދާކުރުމުގެ ގޮތުގައި ނޫން ކަމަށާއި، އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން މިދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މިއަހަރުގެ މިހާތަނަށް 19 ރިސޯޓާއި އެއްޔޮޓް މެރީނާ މިހާރު ހުޅުވިފައިވާ ކަމަށެވެ. އެއީ އެނދުގެ ގޮތުން ބަލާނަމަ 4127 އެނދު ކަމަށާއި، ވަޒީފާގެ ގޮތުން ބަލާނަމަ މިއީ 10،000 އަށްވުރެ ގިނަ ވަޒީފާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާގެ ފުރުސަތުތައް އިތުރުވަމުން އަންނައިރު ދިވެހި ޒުވާނުން އުފައްދަން ޖެހޭ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގެ ވަޒީފާތަކުގައި ބިދޭސީން ތިބޭތިބުން ބަދަލުކޮށް އެފުރުސަތުތައް ދިވެހިންނަށް ހޯދައިދޭނެ ކަމަށެވެ. މިކަން ބަދަލުކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް