Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުގެސްޓްރޮނޮމިކް ޓޫރިޒަމް

ގެސްޓްރޮނޮމިކް ޓޫރިޒަމް ތައާރަފް ކުރަނީ

15 ސެޕްޓެމްބަރު 2019 | އާދީއްތަ 03:01

ހަރަކާތް ކުރިއަށް ގެންދަނީ ޔޫރަޕިއަން ޔުނިވަރސިޓީ އޮފް ޓޫރިޒަމް އާއި ގުޅިގެން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 15 ސެޕްޓެމްބަރު 2019 | އާދީއްތަ 03:01
ރާއްޖޭގައި ގެސްޓްރޮނޮމިކް ޓޫރިޒަމް ތައާރަފް ކުރަނީ ސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން

ރާއްޖޭގައި ގެސްޓްރޮނޮމިކް ޓޫރިޒަމް ތައާރަފް ކުރަނީ ސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން އިސްނަގައިގެން ރާއްޖޭގައި ގެސްޓްރޮނޮމިކް ޓޫރިޒަމް ތައާރަފް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ޔޫރަޕިއަން ޔުނިވަރސިޓީ އޮފް ޓޫރިޒަމް އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފީލްޑް ޓްރިޕްސްތަކުގައި ޔުނިވަރސިޓީގެ ޑެލިގޭޝަން ޓީމަކާއި އިޓަލީގެ ހަތަރު ޓުއަރ އޮޕަރޭޓަރުން ބައިވެރިވާނެއެވެ.

8 ދުވަހަށް ބަހާލައިގެން ކުރިއަށްދާ މި ދަތުރުތަކުގައި އއ. ރަސްދޫ، އއ. އުކުޅަސް، ބ. ފެހެންދޫ، ބ. ގޮއިދޫ އަދި ކ. ތުލުސްދޫއަށް ޒިޔާރަތް ކުރާނެއެވެ.

ފީލްޑް ޓްރިޕްގެ ބައިވެރިން އާދިއްތަ ދުވަހު ރާއްޖެ އަންނައިރު، މި ބައިވެރިންނާއި އެމްއެމްޕީއާރްސީ އިން އަދި އެ ބައިވެރިން ޒިޔާރަތްކުރާ ރަށްތަކުގެ ކައުންސިލަރުންނާ ވެސް ބައިވެރިން ބައްދަލުކުރާނެއެވެ. މި ޓްރިޕްގައި އިންޑިއަން އޯޝަންގެ ޔުނައިޓެޑް ނޭޝަންގެ ރެޕްޒެންޓޭޓިވް ވެސް ބައިވެރިވާނެއެވެ.

ޓްރިޕްގެ ބައިވެރިން ރާއްޖެ އައުމަށް ފަހު މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޓޫރިޒަމް އާއެކު ވެސް ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތުދެމުން، ގޭމްގެ ކޯޕަރޭޓް އެފެއަރޒްގެ ބޯޑް މެމްބަރު، މުހައްމަދު ވާފިރު ވިދާޅުވީ މި ފީލްޑް ޓްރިޕްގެ ބައިވެރިން ޒިޔާރަތް ކުރާ ކޮންމެ ރަށަކުން އެ ރަށެއްގެ އެންމެ މަގްބޫލް ކެއުންތަކަށް އިންސާފު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި މިކަހަލަ ހަރަކާތެއްގެ މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުޖުތަމައުގެ އެންމެންގެ ހިއްސާ އޮންނާނެ ގޮތަކަށް ފަތުރުވެރިކަން ފުޅާކޮށް ކުރި އެރުވުން ކަމުގައެވެ.

ވާފިރު އިތުރަށް ވިދާޅުވީ ގެސްޓްރޮނޮމިކް ޓޫރިޒަމަކީ ދުނިޔޭގައި ފުޅާ ދާއިރާއެއްގައި ކުރާ ކަމެއް ކަމަށާއި އެންމެ ބޮޑު މަގްސަދަކީ ރާއްޖޭގެ ކެއުންތައް ފަތުރުވެރިންނަށް ތައާރަފްކޮށް ރާއްޖޭގައި ވެސް ފުޅާ ދާއިރާއެއްގައި މިކަން ކުރުން ކަމުގައެވެ. އަދި މި ޓްރިޕްގެ ތެރޭގައި ޒިޔާރަތްކުރާ ރަށް ތަކުގެ ގެސްޓްހައުސްތައް ޕްރޮމޯޓް ކުރުމުގެ މަސައްކަތްވެސް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ގޭމްގެ ފަރާތުން ބާއްވާ ފުރަތަމަ ހަރަކާތަށްވާއިރު ކުރިއަތް އޮތްތާނގައި އިތުރު ގައުމުތަކުގެ ޓުއަރ އޮޕަރޭޓަރުންނާއެކު މިކަހަލަ އިތުރު ދަތުރުތައް ދިޔުމަށް ނިންމާފައިވާ ކަމަށް ގޭމް އިން ބުނެއެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ
13 އެޕްރީލު 2017

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!

13 އެޕްރީލު 2017
ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!
12 އެޕްރީލު 2017

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ
29 މާރިޗު 2017

ސެމްސަން ގެލެކްސީ އެސް 8 މާދަމާ ލޯންޗްކުރަނީ

29 މާރިޗު 2017
ސެމްސަން ގެލެކްސީ އެސް 8 މާދަމާ ލޯންޗްކުރަނީ
24 މާރިޗު 2017

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

24 މާރިޗު 2017
އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
24 ފެބުރުއަރީ 2017

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
09 ފެބުރުއަރީ 2017

ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި

09 ފެބުރުއަރީ 2017
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި
08 ފެބުރުއަރީ 2017

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

08 ފެބުރުއަރީ 2017
އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި
15 ޖެނުއަރީ 2017

މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ

15 ޖެނުއަރީ 2017
މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް