Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖޭއެސްސީ

ޖޭއެސްސީ ވެސް ޕްލާސްޓިކާއި ދުރަށް

ފުޅިތައް ހަވާލުކޮށްދެއްވީ ރައީސް ނަޝީދު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 11 ސެޕްޓެމްބަރު 2019 | ބުދަ 18:39
ޖޭއެސްސީގެ މެންބަރުންނަށާއި މުވައްޒަފުންނަށް މި ފުޅިތައް ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު

ޖޭއެސްސީގެ މެންބަރުންނަށާއި މުވައްޒަފުންނަށް މި ފުޅިތައް ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ބާވަތުގެ ޕްލާސްޓިކް މަދުކުރުމަށްޓަކައި ޖުޑިޝަލް ސާރވިސް ކޮމިޝަންގެ މެންބަރުންނާއި މުވައްޒަފުން ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލުމަށް ނިންމައިފިއެވެ.

ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލުމުގެ ގޮތުން އެކޮމިޝަނުން ވަނީ މެންބަރުންނާއި މުވައްޒަފުންނަށް ބުދަ ދުވަހު ބިއްލޫރި ފުޅި ހަވާލުކޮށްފައެވެ. މި ފުޅިތައް ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ޕްލާސްޓިކް ފުޅި މަދުކުރުމުގެ ޤައުމީ ކެމްޕެން އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ 100 ދުވަހުގެ އެކްޝަން ޕްލޭންގައި ހިމެނޭ ކަމަކަށްވާއިރު މިކަމަށް އެއްބަރުލުން ދިނުމުގެ ގޮތުން ސަރުކާރުގެ ގިނަ މުއައްސަސާތަކާއި ކުންފުނިތަކާއި އޮފީސްތަކުން ވެސް ދަނީ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލަމުންނެވެ.

ޖޭއެސްސީ ވެސް ޕްލާސްޓިކާއި ދުރަށް މަސައްކަތް ފަށާފައިވާއިރު އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބާވަތްތައް މަނާކުރުމަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލު ކުދިންނާއި 16 ސްކޫލެއްގެ ދަރިވަރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ގަރާރު އެ މަޖިލީހުން ވަނީ މިއަހަރުގެ ޖުލައި މަހު ފާސްކޮށްފައެވެ.

އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ދަރިވަރުން ހުށައަޅާފައިވާ ގަރާރުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި އެއް ފަހަރު ބޭނުން ކޮށްފައިވާ އުކާލާ ޕްލާސްޓިކް ފުޅި އާއި ޕްލާސްޓިކް ހޮޅި ވިޔަފާރިތަކުގައި ބޭނުން ކުރުން ހުއްޓުވަން ބާރު އެޅުން ހިމެނެއެވެ. އަދި ޕްލާސްޓިކުގެ ބާވަތްތައް އާއްމުން ބޭނުން ކުރުމުން ދުރުކުރުމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ހިންގުމަށާއި، ޕްލާސްޓިކް ފުޅި ރާއްޖޭގައި ބޭނުންކުރުން މަދުކުރަމުން ގޮސް 2024 ގެ ނިޔަލަށް އެފަދަ ފުޅިތައް މަނާ ކުރުން ވެސް ގަރާރުގައި ހިމެނެއެވެ. އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ހޮޅިޔާއި، ސުޕާރީ ކޮތަޅު 2020 ނިޔަލަށް ދިވެހިރާއްޖޭގައި މަނާކުރުގެ އިތުރުން 2025 ގެ ނިޔަލަށް ހުރިހާ ބާވަތެއްގެ ޕްލާސްޓިކް މަނާކުރުން ވެސް އެ ގަރާރުގައި ހިމެނެއެވެ.

އިތުރަށް ކިޔާލަން

10 ޖުލައި 2017

މަސީހުގެ މަޤާމު ވަނީ ގެއްލިފަ، ޖޭއެސްސީގައި ނީނދެވޭނެ: އަލީ ޙުސައިން

10 ޖުލައި 2017
މަސީހުގެ މަޤާމު ވަނީ ގެއްލިފަ، ޖޭއެސްސީގައި ނީނދެވޭނެ: އަލީ ޙުސައިން
10 ޖުލައި 2017

ޖޭއެސްސީ އަށް ރައީސް އައްޔަން ކުރުން މިރޭ

10 ޖުލައި 2017
ޖޭއެސްސީ އަށް ރައީސް އައްޔަން ކުރުން މިރޭ
10 ޖުލައި 2017

އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް ޖޭއެސްސީގެ ބައްދަލުވުމުގައި މަސީހް!

10 ޖުލައި 2017
އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް ޖޭއެސްސީގެ ބައްދަލުވުމުގައި މަސީހް!
10 ޖުލައި 2017

ޖޭއެސްސީ އިން އަލީ ހަމީދު ވަކިކޮށް އެ މަގާމަށް ފަނޑިޔާރު އަރީފް އައްޔަން ކުރައްވައިފި

10 ޖުލައި 2017
ޖޭއެސްސީ އިން އަލީ ހަމީދު ވަކިކޮށް އެ މަގާމަށް ފަނޑިޔާރު އަރީފް އައްޔަން ކުރައްވައިފި
09 ޖުލައި 2017

ޖޭއެސްސީއަށް ހާޒިރުވުމަށް ގާޒީ ބާރީއަށް އަންގައިފި

09 ޖުލައި 2017
ޖޭއެސްސީއަށް ހާޒިރުވުމަށް ގާޒީ ބާރީއަށް އަންގައިފި
18 މެއި 2017

ހައިކޯޓުގެ ފަނޑިޔާރު ރައޫފް ޖޭއެސްސީގެ މެމްބަރު ކަމަށް އަންޔަން ކުރައްވައިފި

18 މެއި 2017
ހައިކޯޓުގެ ފަނޑިޔާރު ރައޫފް ޖޭއެސްސީގެ މެމްބަރު ކަމަށް އަންޔަން ކުރައްވައިފި
10 މެއި 2017

އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާ ވާދަކުރައްވައި، ޖޭއެސްސީއަށް ހައި ކޯޓުގެ ފަނޑިޔާރު ރައޫފް!

10 މެއި 2017
އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާ ވާދަކުރައްވައި، ޖޭއެސްސީއަށް ހައި ކޯޓުގެ ފަނޑިޔާރު ރައޫފް!
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
02 މާރިޗު 2017

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

02 މާރިޗު 2017
ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު