Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކްރިމިނަލް ކޯޓު

ޔާމީން ރަޝީދުގެ ޝަރީއަތް: ވީޑިއޯ ތަހުލީލު ކުރި ފުލުހެއްގެ ހެކިބަސް ނަގައިފި

ޔާމީންގެ މައްސަލައިގެ ޝަރީއަތް ދެން އޮންނާނީ އަންނަ އަންގާރަ ދުވަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2019 | އަންގާރަ 12:40
ޔާމީން ރަޝީދު

ޔާމީން ރަޝީދު

އަނިޔާވެރި, ރަހުމުކުޑަ ހަމަލާއެއްގައި މަރާލާފައިވާ ސޯޝަލް މީޑިއާ އެކުޓިވިސްޓު އަދި ބްލޮގަރ ޔާމީން ރަޝީދު މަރާލުމުގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ ވީޑިއޯ ތަހުލީލު ކުރި ހެއްކެއްގެ ހެކިބަސް އަންގާރަ ދުވަހު ނަގައިފިއެވެ.

ޔާމީން މަރާލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލައިފައި ވަނީ މ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހު ބޭއްވި ޝަރީއަތުގައި ދެ ހެކިން ހާޒިރު ކުރިއެވެ. ނަމަވެސް ހެކިބަސް ނަގާފައިވަނީ ވީޑިއޯ ތަހުލީލު ކުރި ފޮރިންސިކް ފުލުސް މީހާގެ އެކަންޏެވެ. ދެވަނަ އަށް ހާޒިރު ކުރި ފުލުސް މީހާއަކީ ފިންގާޕްރިންޓް އެނަލައިޒް ކުރަން ހާޒިރު ކުރި ފުލުސް މީހާއެވެ. ނަމަވެސް އެކަމުގައި ދެ ފުލުހަކު ހިމެނޭތީ ދިފާއުގެ އެދުމުގެ މަތިން އެދެފުލުހުން އެއް ޝަރީއަތަކަށް ހާޒިރުކުރުމަށް ގާޒީ ވަނީ ނިންމަވާފައެވެ.

އެންމެ ފަހުން ބޭއްވި ޝަރީއަތުގައި ހެކި ބަސް ނަގައި ވާހަކަ ދައްކާފައިވަނީ ތިން ރިޕޯޓަކާއި ގުޅޭ ގޮތުންނެވެ. އެއީ އިސްމާއީލް ރަޝީދާއި ހައިޝަމް ރަޝީދާއި އަހުމަދު ޒިހާންގެ ރިޕޯޓަށެވެ. އަންގާރަ ދުވަހުގެ ޝަރީއަތުގައި ހެކިބަސް ނަގާފައިވަނީ ހަސަން ޝިފާޒާ މުހައްމަދު ދިފްރާންގެ ރިޕޯޓަށެވެ.

އަންގާރަ ދުވަހު އޮތް ޝަރީއަތުގައި ވީޑިއޯ ފުޓޭޖްތައް އެނަލައިޒްކޮށް ރިޕޯޓް ތައްޔާރުކުރި ފުލުސް މީހާ ބުނެފައިވަނީ ފުލުހުން ހޯދި މަގުމަތީގެ ބައެއް ވީޑިއޯ ފުޓޭޖްތައް އެނަލައިޒް ކުރިއިރު އެ ވީޑިއޯތަކުން ފެންނަ މީހުންނާއި ދައުވާ ލިބޭ ދިފްރާނާއި ޝިފާޒާއި ދިމާވާ ކަމަށެވެ. އެދެމީހުންގެ ފަސް ސިފައެއް އެ ވީޑިއޯގައި ދިމާވާ ކަމަށް އޭނާ ބުންޏެވެ. އޭގެ ތެރޭގައި ހަށިގަނޑު ބައްޓަމާއި މަތިމަހާއި ތުނބުޅިއާއި ރޫފައާއި ބޮލުގެ އިސްތަށިގަނޑަށް ބެލުމަށްފަހު ކަމަށް ފުލުސް މީހާ ބުންޏެވެ.

ތިން ވަނަ ރިޕޯޓެއްގެ ހެކިބަސް ނެގުމަށް ވެސް ދައުލަތުން ހުށައެޅިއެވެ. އެއީ ތުހުމަތު ކުރެވޭ ފަރާތްތައް ދުއްވި ސައިކަލާއި ގުޅޭ ގޮތުންނެވެ. ނަމަވެސް ދިފާއުން ވަނީ ސައިކަލަކީ ޝަރީއަތް ފެށުމުގެ ކުރިން ދައުލަތުން ހުށައަޅާފައިވާ ރިޕޯޓެއް ނޫން ކަމަށް ބުނެ ސުވާލު ކޮށްފައެވެ. އަދި ތުހުމަތު ކުރެވޭ ހުރިހާ ފަރާތްތަކާއި އެ ރިޕޯޓް ގުޅެނީ ކިހިނެއްތޯ ސުވާލު ކޮށްފައިވެއެވެ. ދައުލަތުން ބުނެފައިވަނީ އެރިޕޯޓް ހުށައަޅާފައިވަނީ ޝިފާޒް އާއި ދިފްރާން ދުއްވި ސައިކަލްކަން ޔަގީން ކުރުމަށް ކަމަށެވެ. ދިފާއީ ވަކީލުންގެ ސުވާލުތަކާއެކު ދައުލަތުން އެދުނީ އެކަންތައްތައް ސާފު ކުރުމަށްފަހު ދެން އަންނަ ޝަރީއަތެއްގައި އެ ރިޕޯޓާއި ބެހޭގޮތުން ހެކި ބަސް ނެގުމަށެވެ.

ޝަރީއަތް ނިންމާލާފައިވަނީ މިމަހުގެ 17 ވާ އަންގާރަ ދުވަހު މައްސަލައިގެ އިތުރު ޝަރީއަތެއް ބޭއްވުމަށް އިއުލާން ކުރުމަށް ފަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު