Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެފްރިކާ ހިޖްރަވެރިން

ޗެރިޓީ ބޯޓަކުން އެފްރިކާގެ 50 ހިޖުރަވެރިން ސަލާމަތްކޮށްފި

ސަލާމަތް ކޮށްފައިވަނީ އެފްރިކާއަށް ނިސްބަތްވާ ހިޖުރަވެރިން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 9 ސެޕްޓެމްބަރު 2019 | ހޯމަ 10:48
ހިޖުރަވެރިން ސަލާމަތް ކޮށްފައިވަނީ އެސްއޯއެސް މެޑިޓެރަނީ އާއި ޑޮކްޓަރސް ވިތްއައުޓް ބޯރޑަރސް އިން

ހިޖުރަވެރިން ސަލާމަތް ކޮށްފައިވަނީ އެސްއޯއެސް މެޑިޓެރަނީ އާއި ޑޮކްޓަރސް ވިތްއައުޓް ބޯރޑަރސް އިން

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެސްއޯއެސް މެޑިޓެރަނީ އާއި ޑޮކްޓަރސް ވިތްއައުޓް ބޯރޑަރސް އިން 50 ހިޖުރަވެރިން ސަލާމަތް ކޮށްފިއެވެ.

ރަނބަރު ޑިންގީއެއްގައި ދަތުރު ކުރަމުން ދަނިކޮށް އާދިއްތަ ދުވަހު ސަލާމަތް ކޮށްފައިވަނީ އެފްރިކާގެ ހިޖުރަވެރިންނެވެ. އެސްއޯއެސް މެޑިޓެރަނީ އާއި ޑޮކްޓަރސް ވިތްއައުޓް ބޯރޑަރސް އިން ވަނީ ހިޖުރަވެރިން އެމީހުންގެ އޯޝަން ވައިކިންގ ބޯޓަށް އަރުވާފައެވެ.

މި ބޯޓުގައި ދަތުރު ކިޔަމުން ދިޔަ އޭޕީގެ ނޫސްވެރިޔަކު މައުލޫމާތު ދޭ ގޮތުގައި ސަލާމަތް ކޮށްފައިވަނީ މާބަނޑު އަންހެނަކާ 12 ކުޑަ ކުދިންނާ 37 ފިރިހެނުންނެވެ. މި މީހުން ސަލާމަތް ކޮށްފައިވަނީ ލީބިޔާގެ 14 ނޯޓިކަލް މޭލު ބޭރުން ދަތުރު ކުރަނިކޮށެވެ.

އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތައް ހޯދާ ސަލާމަތްކުރުމުގެ ޒިންމާ އޮންނަ ލީބިޔާގެ ކަމާބެހޭ އިދާރާއަށް އޯޝަން ވައިކިންގ އިން އެކި ފަހަރު މަތިން ގުޅަން މަސައްކަތްކުރި ނަމަވެސް އެ ފަރާތުން އެއްވެސް ޖަވާބެއް ނުދޭ ކަމަށް ބޯޓުން ބުންޏެވެ. ރޯމް އަދި މަލްޓާގައި ހުންނަ ކަމާބެހޭ އިދާރާއަށް ގުޅާ އެ އިދާރާ މެދުވެރިކޮށް ލީބިޔާގެ ކަމާބެހޭ އިދާރާތަކަށް ގުޅީ ކަމުގައިވެސް ބޯޓުން ބުންޏެވެ. އަދި ހަމަ މި ސަރަހައްދުން ދަތުރު ކުރަމުން ދިޔަ މަސް ބޯޓެއް ވެސް ރަނބަރު ޑިންގީގައި ދަތުރު ކުރަމުން ދިޔަ ފަރާތްތަކަށް ޖަވާބު ނުދީ ދިޔަކަމުގައިވެސް އެސްއޯއެސް މެޑިޓެރަނީ އާއި ޑޮކްޓަރސް ވިތްއައުޓް ބޯރޑަރސް އިން ބުނެއެވެ.

އޮޕަރޭޝަން ސޯފިއާ އިން ދަތުރު ކުރަމުން ދިޔަ ޔޫރަޕިއަން ޔޫނިއަންގެ ފްލައިޓެއްވެސް ވަނީ އޯޝަން ވައިކިންގ، ޑިންގީ އަދި މަސްބޯޓުގެ މަތިން އެކިފަހަރު މަތިން ދުއްވާފައެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2018

ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން ދެކުނު އެފްރިކާގެ ރައީސް ޖެކޯބް ޒޫމާ އިސްތިއުފާ ދެއްވައިފި

14 ފެބުރުއަރީ 2018
ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން ދެކުނު އެފްރިކާގެ ރައީސް ޖެކޯބް ޒޫމާ އިސްތިއުފާ ދެއްވައިފި
03 ޖެނުއަރީ 2018

އިސްރާއީލުގައި ތިބި އެފްރިކާގެ ރެފިއުޖީން އެ ގައުމުން ނުފައިބައިފި ނަމަ ޖަލަށްލާނެ ކަމަށް ބުނެފި

03 ޖެނުއަރީ 2018
އިސްރާއީލުގައި ތިބި އެފްރިކާގެ ރެފިއުޖީން އެ ގައުމުން ނުފައިބައިފި ނަމަ ޖަލަށްލާނެ ކަމަށް ބުނެފި
18 ނޮވެމްބަރު 2017

އެފްރިކާ ބައްރު އޮތީ ޒިމްބާބްވޭގެ ރައްޔިތުންނަށް ތާއިދުކުރަން ތައްޔާރަށް: ދެކުނު އެފްރިކާގެ ރައީސް

18 ނޮވެމްބަރު 2017
އެފްރިކާ ބައްރު އޮތީ ޒިމްބާބްވޭގެ ރައްޔިތުންނަށް ތާއިދުކުރަން ތައްޔާރަށް: ދެކުނު އެފްރިކާގެ ރައީސް
09 އޯގަސްޓު 2017

ދެކުނު އެފްރިކާގެ ރައީސް ޒޫމާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓުން އެމަނިކުފާނު ސަލަމާތްވެ ވަޑައިގެންފި

09 އޯގަސްޓު 2017
ދެކުނު އެފްރިކާގެ ރައީސް ޒޫމާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓުން އެމަނިކުފާނު ސަލަމާތްވެ ވަޑައިގެންފި
08 އޯގަސްޓު 2017

ދެކުނު އެފްރިކާގެ ރައީސް ޒޫމާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ވޯޓަކީ ސިއްރު ވޯޓެއް!

08 އޯގަސްޓު 2017
ދެކުނު އެފްރިކާގެ ރައީސް ޒޫމާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ވޯޓަކީ ސިއްރު ވޯޓެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު