މޮޅަދޫ ބަނދަރު ހެދުމަށް ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި
8 ސެޕްޓެމްބަރު 2019 | އާދީއްތަ 09:481 އަހަރު ދުވަހުގެ ތެރޭގައި މަސަތްކަތް ނިންމަން ޖެހޭ

ކޮންޓްރެކްޓްގައި ސޮއި ކުރައްވަނީ
ހއ. މޮޅަދޫ ބަނދަރު ހެދުމަށް ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.
26,984,891.28 ރުފިޔާގެ މި މަޝްރޫޢުއަކީ 1 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
މި މަޝްރޫއު ގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް:
ކޮންޓްރެކްޓްގައި ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކައުންޓެންޓް ޕްރަބާތެވެ.
ހއ. މޮޅަދޫ ގެ ބަނދަރު ހެދުމަށް އާދީއްތަ ދުވަހު ކޮންޓްރެކްޓްގައި ސޮއި ކޮށްފައިވާއިރު ޕްލޭނިންގް މިނިސްޓްރީއިން ވަނީ ހަތަރު ރަށެއްގެ ފެނާއި ނަރުދަމާގެ މަސަތްކަތް މޯލްޑިވްސް ވޯޓާ ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި ބުދަ ދުވަހު ހަވާލުކޮށްފައެވެ. އެއީ ބ. ގޮއިިދޫއާއި ރ. ކިނޮޅަސް، ނ. ކުޑަފަރީގެ އިތުރުން ނ. މާޅެންދޫއެވެ.





