Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހޮންގްކޮންގް މުޒާހަރާ

ހޮންގްކޮންގް މުޒާހަރާގައި އެކަކު އަނެކަކާއި ވާހަކަދެއްކުމަށް ބްރިޖްފައި ބޭނުންކުރަން ފަށައިފި

ބްރިޖްފައި އެޕްލިކޭޝަނަކީ އިންޓަރނެޓް ބެނުންވާ އެޕްލިކޭޝަނެއް ނޫން

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 3 ސެޕްޓެމްބަރު 2019 | އަންގާރަ 14:10
ހޮންގްކޮންގްގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން

ހޮންގްކޮންގްގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން

ހޮންގކޮންގްގައި މުޒާހަރާ ކުރާ ފަރާތްތައް އެކަކު އަނެކަކާއ މުއާމަލާތް ކުރުމަށް ބްލޫޓޫތްއިން ބޭނުންކުރެވޭ އެޕެއް ކަމަށްވާ ބްރިޖްފައި ބޭނުންކުރަން ފަށައިފިއެވެ.

ބްރިޖްފައި އެޕްލިކޭޝަނަކީ އިންޓަރނެޓް ބެނުންވާ އެޕްލިކޭޝަނެއް ނޫނެވެ. އަދި މި އެޕްލިކޭޝަން ބޭނުންކޮށްގެން ވާހަކަ ދެއްކުމުން ކަމާއިބެހޭ ފަރާތްތަކަށް އެމީހުން ތިބިތަން ހޯދައިގަތުމަކީ ފަސޭހަކަމަކަށް ނުވެއެވެ.

އެޕްޓޯޕިއާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތިވެދިޔަ މަސްތަކުގައި 4000 އިންސައްތަ މީހުން ވަނީ މި އެޕްލިކޭޝަން ޑައުންލޯޑްކޮށްފައެވެ.

ކަމާއިބެހޭ ފަރާތްތަކުން ދަނީ އީމެއިލް އަދި ވީޗެޓް އެޕް ފަދަ ގިނަ އެޕްލިކޭޝަންތައް މޮނީޓަރ ކުރަމުންނެވެ. އެއް ސިޓީ އެއްގެ ދުރު ހިސާބެއްގައި ތިބިނަމަވެސް ބްރިޖްފައި އެޕް ބޭނުންކޮށްގެން އެކަކު އަނެކަކާ ވާހަކަ ދެއްކެއެވެ. އެގޮތުން އެއް ފޯނާއި އަނެއް ފޯނަށް ކަނެކްޓްކުރެވޭ ރޭންޖަކީ 330 ފޫޓެވެ.

މި އެޕްލިކޭޝަނަކީ ސެންފްރެންސިސްކޯގެ ފަރަތަކުން އުފެއްދި އެޕްލިކޭޝަނެކެވެ. އަދި މިއީ ވައިފައި އަދި އެހެނިހެން ގޮތގޮތުން އިންޓަރނެޓާއި ކަނެކްޓް ކުރެވޭނެ ގޮތެއް ނުހުންނަ ތަންތާގައި ބޭނުންކުރަމުން އައި އެޕްލިކޭޝަނެކެވެ. އަދި ބޮޑެތި މިއުޒިކް ޝޯތަކުގަޔާއި ކުޅިވަރުގެ އިވެންޓުތަކުގައިވެސް މި އެޕްލިކޭޝަން ބޭނުންކުރެއެވެ.

ހޮންކޮންގްގައި ބޮޑެތި މުޒާހަރާތައް ކުރަން ފެށުނީ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް މިދިޔަ އޭޕްރިލް މަހު ހުށަހެޅި ބިލަކާ ގުޅިގެންނެވެ. އެ ބިލް ފާސް ކުރި ނަމަ، ހޮންކޮންގްގައި ތިބި ކުށްވެރިންގެ ޝަރީއަތް ކުރިއަށް ގެންދިޔުމަށް އެމީހުން ޗައިނާއާ ހަވާލު ކުރެވިގެންދާނެއެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2018

އަފްޣާނިސްތާނުގެ ކާބުލްގައި ދިން ބޮމުގެ ހަމަލާއެއްގައި އެކަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ

02 މާރިޗު 2018
އަފްޣާނިސްތާނުގެ ކާބުލްގައި ދިން ބޮމުގެ ހަމަލާއެއްގައި އެކަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ
22 ޖެނުއަރީ 2018

ކޮންގޯގައި ކަބީލާއާ ދެކޮޅަށް ކުރި މުޒާހަރާގައި ފަސްމީހުން މަރުވެއްޖެ

22 ޖެނުއަރީ 2018
ކޮންގޯގައި ކަބީލާއާ ދެކޮޅަށް ކުރި މުޒާހަރާގައި ފަސްމީހުން މަރުވެއްޖެ
31 ޑިސެމްބަރު 2017

ސަރުކާރާ ދެކޮޅަށް އީރާނުގައި ކުރިއަށް ދާ މުޒާހަރާގައި ދެ މަރު!

31 ޑިސެމްބަރު 2017
ސަރުކާރާ ދެކޮޅަށް އީރާނުގައި ކުރިއަށް ދާ މުޒާހަރާގައި ދެ މަރު!
20 އޮކްޓޯބަރު 2017

ޕޮލެންޑުގެ ޝޮޕިން މޯލެއްގައި ވަޅިން ހަމަލާދީ އެކަކު މަރާލާ ހަތް މީހަކު ޒަޚަމްކޮށްލައިފި

20 އޮކްޓޯބަރު 2017
ޕޮލެންޑުގެ ޝޮޕިން މޯލެއްގައި ވަޅިން ހަމަލާދީ އެކަކު މަރާލާ ހަތް މީހަކު ޒަޚަމްކޮށްލައިފި
22 އޯގަސްޓު 2017

އިޓަލީއަށް އައި ބިންހެލުމެއްގައި އެކަކު މަރުވެ 25 މީހުން ޒަޚަމްވެއްޖެ

22 އޯގަސްޓު 2017
އިޓަލީއަށް އައި ބިންހެލުމެއްގައި އެކަކު މަރުވެ 25 މީހުން ޒަޚަމްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު