Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަލް މަކްތޫމް

ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓްގެ މަސައްކަތް މަޑުޖައްސާލައިފި

މި އެއާޕޯޓަކީ އަހަރަކު 250 މިލިއަން ފަސެންޖަރުންނަށް ޚިދުމަތް ދެވޭނެ ގޮތަށް ފަރުމާކުރާ އެއާޕޯޓެއް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2019 | އާދީއްތަ 04:27
އަލް މަކްރޫމް އެއާޕޯޓް

އަލް މަކްރޫމް އެއާޕޯޓް

ދުބާއީގައި ހަދާ ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓް ކަމަށްވާ އަލް މަކްތޫމްގެ މަސައްކަތް ވަގުތީގޮތުން މަޑުޖައްސާލައިފިއެވެ.

ޚަބަރުތައް ބުނާގޮތުން އަލް މަކްތޫމް އެއާޕޯޓްގެ މަސައްކަތް މަޑުޖައްސާލީ ގަލްފުގެ ގައުމުތަކުގެ އިގްތިސާދު ދަށަށް ދާން ފެށުމުންނެވެ.

މި އެއާޕޯޓަކީ އަހަރަކު 250 މިލިއަން ފަސެންޖަރުންނަށް ޚިދުމަތް ދެވޭނެ ގޮތަށް ފަރުމާކުރާ އެއާޕޯޓެކެވެ.

ވިޔަފާރި ޚަބަރު ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ ބްލޫމާގްގައި ބުނެފައިވާ ގޮތުން 36 ބިލިއަން އެމެރިކާ ޑޮލަރަށް ހަދާ މި އެއާޕޯޓް ލަސްކޮށްފައިވަނީ 2030 ގެ ނިޔަލަށެވެ. ކުރިން އެއާޕޯޓްގެ މަސައްކަތް ނިންމުމަށް ހަމަޖައްސާފައި އޮތީ 2025 ވަނަ އަހަރުގެ ނިޔަލަށެވެ. އެގޮތަށް ނިންމާފައިވަނީ އިގްތިސާދީގޮތުން ދަށަށް ދިއުމާއި އެންމެ ފަހުގެ ޓެކްނޮލިޖީ އެންމެ ފުރިހަމައަށް ބޭނުން ކުރުމަށް ކަމަށް އެއާޕޯޓް ހެދުމުގައި އިސްކޮށްއުޅޭ ފަރާތަކާއި ހަވާލާދީ އެނޫހުގައި ބުނެފައި ވެއެވެ.

އަލް މަކްތޫމް އެއާޕޯޓްގެ ބައެއް ނިންމައި މިހާރުވެސް އެއާޕޯޓްގެ ޚިދުމަތް މަދު އެއާލައިނަކަށް ދަނީ ދެމުންނެވެ.

ގަލްފުގެ ގައުމުތަކުގެ ސިޔާސީ މަސްރަހު ހަލަބޮލިވުމާއި ގުޅިގެން އެގައުމުތަކުގެ އިގްތިސާދަށް ވަނީ ލޮޅުންތަކެއް އަރާފައެވެ. އެގޮތުން 2017 ވަނަ އަހަރު އެގައުމުތަކުގެ އިގްތިސާދު 2.8ޕަސެންޓަށް ކުރިއެރި އިރު، 2018 ވަނަ އަހަރު ކުރިއަރާފައި ވަނީ 1.94 ޕަސެންޓުގައެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު