Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބްރެކްސިޓް

އޮކްޓޯބަރު މަހާއި ހަމައަށް އިނގިރޭސިވިލާތުގެ މަޖިލިސް ސަސްޕެންޑުކުރުމަށް ރާނީ އެލިޒަބަތް އެއްބަސްވެއްޖެ

ބޮޑުވަޒީރު ޖޮންސަން އެދިލައްވާފައިވަނީ އޮކްޓޯބަރު މަހާއި ހަމައަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް ހުއްޓުވުމަކަށް ގެނައުމަށް

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 29 އޯގަސްޓު 2019 | ބުރާސްފަތި 03:48
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންގެ އެދުމުގެ މަތިން އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް ސަސްޕެންޑް ކުރުމަށް ރާނީ އެލިޒަބަތް އެއްބަސްވެއްޖެއެވެ.

ބޮޑުވަޒީރު ޖޮންސަން އެދިލައްވާފައިވަނީ އޮކްޓޯބަރު މަހާއި ހަމައަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް ހުއްޓުވުމަކަށް ގެނައުމަށެވެ.

ބޮޑުވަޒީރު ޖޮންސަންގެ އެދިލެއްވުމާ އެއްގޮތަށް ރާނީ ޕާލިމެންޓް ސަސްޕެންޑު ކުރަން ނިންމަވާފައި މިވަނީ، ސަރުކާރާ އިދިކޮޅު ހަ ޕާޓީއަކުން، އެއްބަސްވުމަކާއި ނުލައި އީޔޫއިން ވަކިވުން މަޖިލީހުން ހުއްޓުވޭނެ ގޮތެއް ފާސް ކުރާނެ ކަމަށް ބުނެފައިވަނިކޮށެވެ. އެހެންކަމުން ދެން އެފަދަ ބިލެއް ފާސް ކުރަން އިދިކޮޅު ޕާޓީތަކަށް ލިބޭނީ ހަފްތާއެއްހާ ދުވަހެވެ.

މިހާރު ނިމިފައި އޮތް ގޮތުން، އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ކުއީން އެލިޒަބަތް ދެއްވަން ހަމަޖެހިފައިވާ ތަގުރީރާއި ހަމައަށް ގާނޫނު ހަދާ މަޖިލީހުގެ ހުރިހާ ކަންތައްތަކެއް އޮންނާނީ މަޑުޖައްސާލެވިފައެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުގެ އިދިކޮޅު ފަރާތްތަކުން ވަނީ މިކަމާއިމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިނގިރޭސިވިލާތް އީޔޫ އިން ވަކިވާން ހަމަޖެހިފައި އޮތް ތާރީހަކީ އޮކްޓޯބަރު 31 އެވެ. އަދި އެތާރީހުގައި އީޔޫއާ އެކު އެއްބަސްވުމަކަށް ނުދެވުނުކަމުގައި ވިޔަސް އެގައުމު އީޔޫއިން ވަކިވާނެ ކަމަށް ބޮޑުވަޒީރު ޖޮންސަން ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

25 އޯގަސްޓު 2017

ގަތަރުން އިރާނާ އެކު އޮންނަ ގުޅުން އަލުން ފުރިހަމައަށް ގާއިމުކޮށްފި

25 އޯގަސްޓު 2017
ގަތަރުން އިރާނާ އެކު އޮންނަ ގުޅުން އަލުން ފުރިހަމައަށް ގާއިމުކޮށްފި
08 އޯގަސްޓު 2017

އދ އިން އުތުރު ކޮރެއާ އާ ދެކޮޅަށް އެޅި އާ ދަތިކުރުމުގެ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒު ކުރާނެ: ޗައިނާ

08 އޯގަސްޓު 2017
އދ އިން އުތުރު ކޮރެއާ އާ ދެކޮޅަށް އެޅި އާ ދަތިކުރުމުގެ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒު ކުރާނެ: ޗައިނާ
05 އޯގަސްޓު 2017

ވެނެޒުއޭލާގެ ގާނޫނު ހަދާ އާ މަޖިލިސް އިފްތިތާހް ކޮށްފި

05 އޯގަސްޓު 2017
ވެނެޒުއޭލާގެ ގާނޫނު ހަދާ އާ މަޖިލިސް އިފްތިތާހް ކޮށްފި
04 އޯގަސްޓު 2017

ވެނެޒުއޭލާގެ އާ ގާނޫނު ހަދާ މަޖިލިސް އިފްތިތާހް ކުރުން ހުއްޓުވުމަށް ކޯޓަށް!

04 އޯގަސްޓު 2017
ވެނެޒުއޭލާގެ އާ ގާނޫނު ހަދާ މަޖިލިސް އިފްތިތާހް ކުރުން ހުއްޓުވުމަށް ކޯޓަށް!
28 ޖުލައި 2017

އާ ގާނޫނު ހަދާ މަޖިލިސް އިންތިޚާބާ ދިމާކޮށް އެކަމަށް އެއްވެސް "ހުރަސް" އެޅޭ މުޒާހަރާއެއް ކުރުން ވެނެޒުއޭލާގައި މަނާކޮށްފި

28 ޖުލައި 2017
އާ ގާނޫނު ހަދާ މަޖިލިސް އިންތިޚާބާ ދިމާކޮށް އެކަމަށް އެއްވެސް "ހުރަސް" އެޅޭ މުޒާހަރާއެއް ކުރުން ވެނެޒުއޭލާގައި މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު