Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެޒަން ޖަންގަލީގައި ރޯވުން

އެމެޒަން ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވަން އަސްކަރިއްޔާ ފޮނުވައިފި

ރޯވެފައިވާ އަލިފާންގަނޑު ނިއްވާލަން އެކި ސަރަހަައްދުތަކަށް ސިފައިން ފޮނުވާފައިވޭ

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 24 އޯގަސްޓު 2019 | ހޮނިހިރު 14:34
ބްރެޒިލްގެ އެމެޒަން ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑު

ބްރެޒިލްގެ އެމެޒަން ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑު

އެމެޒަން ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވަން ބްރެޒިލްގެ އަސްކަރިއްޔާ ފޮނުވަން އެގައުމުގެ ރައީސް ޖައީރް ބޮލްޒޮނާރޯ ނިންމަވައިފިއެވެ.

ބޮލްޒޮނާރޯ ވަނީ އެމަޒަން ޖަންގަލީގެ އަލިފާން ރޯވެފައިވާ ނޭޗަރ ރިޒާވްތަކާއި، ވެހިންގެ ބިންތަކަށާއި ސަރަހައްދީ ރޮނގު ކައިރީގައިވާ ސަރަހައްދުތަކަށް ސިފައިން ފޮނުއްވަވާފައެވެ. ބޮލްޒޮނާރޯ މިހެން މި ނިންމެވީ، އެމޭޒަން ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުތަކާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކަކުން ކަންބޮޑުވުން ފާޅުކުރަމުން ގޮސްފައިވާ ދަނޑިވަޅެއްގައެވެ.

އެކި ފަރާތްތަކުން ވަނީ، އެގައުމުގައި ހަރަކާތްތެރިވާ މައިނަރުންނާއި ގަވައިދާ ހިލާފަށް ގަސްކަނޑާ ފަރާތްތަކަށް ބޮލްޒޮނާރޯ ވާގިވެރިވާ ކަމަށް ތުހުމަތުކޮށްފައެވެ. ބޮލްޒޮނާރޯ ވަނީ އެމެޒަން ޖަންގަލީގެ ބައެއް ސަރަހައްދުތައް ހުސްކުރަން ޖެހޭ ކަމަށް ފާޅުގައި ވިދާޅުވެފައެވެ. ބޮލްޒޮނާރޯ ވިދާޅުވީ ދަނޑުވެރިކަމާއި މައިނިންގ ކުރިޔަށް ގެންދަން މިކަން ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ފަރާތްތަކުން ވަނީ މިކަން ކަމަށް ފާޅުގައި ބްރެޒިލްގެ ސަރުކާރުން ފެހި ސިގްނަލް ދީފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފައެވެ.

މި ތުހުމަތުތަކާއި ގުޅިގެން ހުޅަނގުގެ ބައެއް ގައުމުތަކުން ވަނީ ބްރެޒިލްއަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ. އެގޮތުން ފަރަންސޭސްވިލާތާއި އަޔަރލެންޑް ފަދަ ގައުމުތަކުން ވަނީ ދެކުނު އެމެރިކާގެ ގައުމުތަކާއި އެކު ވެފައިވާ ވިޔަފާރީގެ އެއްބަސްވުން ތަންފީޒު ނުކުރާނެ ކަމަށް އިންޒާރުދީފައެވެ. އަދި ފިންލެންޑުގެ ފިނޭންސް މިނިސްޓަރު ވަނީ ބްރެޒިލްގެ ގެރި މަސް ގަތުން މަނާކުރަން އީޔޫއަށް ގޮވާލާފައެވެ.

މިކަމާއި ހިތްހަމަނުޖެހުން ފާޅުކުރައްވަމުން، ހުކުރު ދުވަހު ދެއްވި ހިތާބެއްގައި ބޮލްޒޮނާރޯ ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގެ ޖަންގަލިތަކުގައި ވެސް އަލިފާން ގަނޑުތައް ރޯވާ ކަމަށާއި، އެއީ ބައިނަލްއަގްވާމީ މުޖުތަމައުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭ ކަމެއް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ވިދާޅުވެފައެވެ.

މިފަހަރު ރޯވި އަލިފާންގަނޑުތަކަކީ އެގައުމުގައި އުޅޭ ދަނޑުވެރިން ގަސްތުގައި ރޯކޮށްފައިވާ އަލިފާންގަނޑުތަކެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ. އެމީހުންގެ މަގުސަދަކީ ދަނޑުގޮވާން ކުރަން އިތުރު ބިންތައް ހޯދުން ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

އެމެޒަން ޖަންގަލީގައި ހިނގަމުންދާ ކަންކަމާއި ގުޅިގެން، ބްރެޒިލްގެ އެކި ކަންކޮޅުތަކުގައި ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ފަރާތްތަކުން ވަނީ ހިނގާލުމެއް ބާއްވާފައެވެ. އަދި އެހެން ގައުމުތަކުގައި ހުންނަ ބްރެޒިލްގެ އެމްބަސީތައް ދޮށަށް ވެސް މީހުން އެއްވެ އަޑުއުފުލާފައިވެއެވެ.

ބްރެޒިލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އެމެޒަން ޖަންގަލީގައި ހިނގާ އަލިފާނުގެ ހާދިސާތައް މިއަހަރުގެ ތެރޭގައި ވަނީ 80 އިންސައްތަ އިތުރުވެފައެވެ. އެގައުމުގެ ޖައްވީ އިދާރާ، ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޭސް ރިސަރޗް އެޖެންސީއިން ބުނެފައިވަނީ މިއަހަރުގެ ތެރޭގައި އެކަނިވެސް 74000 (ހަތްދިހަ ހަތަރުހާސް) އަލިފާނުގެ ހާދިސާ ރެކޯޑް ކުރެވިފައިވާ ކަމަށް ހާމަކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮސްޓްރޭލިޔާގެ އަލިފާންގަނޑު: އަނދާހުލިވި ގޭގެ ބައިތައް ހިފައިގެން މަޖިލިސް އިދާރާ ކުރިމައްޗަށް!

އޮސްޓްރޭލިޔާގެ އަލިފާންގަނޑު: އަނދާހުލިވި ގޭގެ ބައިތައް ހިފައިގެން މަޖިލިސް އިދާރާ ކުރިމައްޗަށް!

03 ޑިސެމްބަރު 2019
އެމޭޒަން ޖަންގަލީގައި ހިނގަމުންދާ އަލިފާނުގެ ހާދިސާތަކަކީ ބައިނަލްއަގުވާމީ ކާރިސާއެއް: ފްރާންސްގެ ރައީސް

އެމޭޒަން ޖަންގަލީގައި ހިނގަމުންދާ އަލިފާނުގެ ހާދިސާތަކަކީ ބައިނަލްއަގުވާމީ ކާރިސާއެއް: ފްރާންސްގެ ރައީސް

23 އޯގަސްޓު 2019
ޕޯޗުގަލްގެ މެދުތެރޭގެ ޖަންގަލީގައި ރޯވެ އަނދަނީ

ޕޯޗުގަލްގެ މެދުތެރޭގެ ޖަންގަލީގައި ރޯވެ އަނދަނީ

21 ޖުލައި 2019
ދެކުނު ކޮރެޔާގެ ޖަންގަލީގައި އަލިފާން ރޯވެ، 4000 މީހުން ރައްކާތެރި ހިސާބުތަކަށް

ދެކުނު ކޮރެޔާގެ ޖަންގަލީގައި އަލިފާން ރޯވެ، 4000 މީހުން ރައްކާތެރި ހިސާބުތަކަށް

05 އެޕްރީލު 2019
ކެލިފޯނިއާގެ އަލިފާންގަނޑު ނިއުޔޯކަށް ވުރެ ސައިޒުގެ ގޮތުން ބޮޑުވެއްޖެ

ކެލިފޯނިއާގެ އަލިފާންގަނޑު ނިއުޔޯކަށް ވުރެ ސައިޒުގެ ގޮތުން ބޮޑުވެއްޖެ

11 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު