Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގޫގުލް

ހޮންގްކޮންގުގައި ކުރަމުންދާ މުޒާހަރާތަކާ ބެހޭ ވީޑިއޯ ހިއްސާ ކުރާ ޔޫޓިއުބް އެކައުންޓުތައް ގޫގުލްއިން ހުއްޓުވައިފި

23 އޯގަސްޓު 2019 | ހުކުރު 03:17

ގޫގުލްއިން ވަނީ މި ސަބަބާހުރެ 210 ޔޫޓިއުބް ޗެނަލެއް ޑިޒޭބަލް ކޮށްލާފަ

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 23 އޯގަސްޓު 2019 | ހުކުރު 03:17
ހޮންގްކޮންގްގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން

ހޮންގްކޮންގްގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން

ހޮންގްކޮންގުގައި ކުރަމުންދާ މުޒާހަރާތަކާއި ބެހޭ ވީޑިއޯ ޔޫޓީއުބްގައި ހިއްސާކުރަން ހަދާފައިވާ އެކައުންޓުތައް ގޫގުލްއިން ހުއްޓުވައިފިއެވެ.

ގޫގުލްއިން ވަނީ މި ސަބަބާހުރެ 210 ޔޫޓިއުބް ޗެނަލެއް ޑިޒޭބަލް ކޮށްލާފައެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި އެފަދަ އެކައުންޓުތަކުގެ ފަހަތުގައި ތިބި ބަޔަކު ފޮރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

ގޫގުލްގެ ކުރިން ފޭސްބުކާއި ޓްވިޓާއިންވެސް ވަނީ، މުޒާހަރާތައް ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް ހިއްސާ ކުރާ އެކައުންޓުތަކާއިމެދު މިފަދަ ފިޔަވަޅެއް އަޅާފައެވެ. ނަމަވެސް ގޫގުލްއިން މިފަދަ ފިޔަވަޅެއް އެޅި ސަބަބެއް ކަމުގައި ބުނެފައިވަނީ މިހާރު ޑިސޭބަލްކޮށްލެވިފައިވާ އެކައުންޓުތަކުގެ ފަހަތުގައި ވަނީ ޗައިނާގެ ސަރުކާރު ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

މީގެ އިތުރުން، މިކަމާ ގުޅިގެން، ޗައިނާގެ ބްރޯޑްކާސްޓް ކުރާ މީޑިއާ ތަކުގެ ތެރެއިން ޒިންހުއާ ކުންފުނި ފަދަ ކުންފުނިތަކާއެކު އިސްތިހާރުގެ ވިޔަފާރި ހުއްޓާލާނެ ކަމަކަށް ގޫގުލްއިން ބުނެފައެއް ނުވެއެވެ. ނަމަވެސް ޓްވިޓާއިން ވަނީ ހޮންގްކޮންގް ގެ މުޒާހަރާއާއި ދެކޮޅަށް ކެމްޕެއިން ކޮށްފައިވާ ބައެއް އެޑްތައް ޓްވިޓާގައި ހިމެނުމުން އޭގެ ސަބަބުން އެކުންފުންޏަށް ލިބުނު ގެއްލުމާއި ގުޅިގެން، އެއްވެސް ގައުމެއްގެ ސަރުކާރުން ބަލަހައްޓާ މީޑިއާތަކުގެ އިސްތިހާރު ޖެހުން ހުއްޓާލާފައިވާ ކަމަށް ބުނެފައެވެ.

ހޮންކޮންގްގައި ބޮޑެތި މުޒާހަރާތައް ކުރަން ފެށުނީ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް މިދިޔަ އޭޕްރިލް މަހު ހުށަހެޅި ބިލަކާ ގުޅިގެންނެވެ. އެ ބިލް ފާސް ކުރި ނަމަ، ހޮންކޮންގްގައި ތިބި ކުށްވެރިންގެ ޝަރީއަތް ކުރިއަށް ގެންދިޔުމަށް އެމީހުން ޗައިނާއާ ހަވާލު ކުރެވިގެންދާނެއެވެ.

އިތުރަށް ކިޔާލަން

24 ޖުލައި 2017

އިރާނާއި އިރާގުން އަސްކަރީ ގޮތުން އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

24 ޖުލައި 2017
އިރާނާއި އިރާގުން އަސްކަރީ ގޮތުން އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
09 ޖުލައި 2017

ވެނިޒުއޭލާގެ ޚުދުމުޚުތާރު ވެރިކަމާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ މުޒާހަރާއަށް 100 ދުވަސް!

09 ޖުލައި 2017
ވެނިޒުއޭލާގެ ޚުދުމުޚުތާރު ވެރިކަމާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ މުޒާހަރާއަށް 100 ދުވަސް!
08 ޖުލައި 2017

ޖީ20 ސަމިޓާ ބެހޭ ގޮތުން ބާއްވާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށް!

08 ޖުލައި 2017
ޖީ20 ސަމިޓާ ބެހޭ ގޮތުން ބާއްވާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށް!
31 މެއި 2017

މޫސުމާ ބެހޭ އެއްބަސްވުމަށް އަމަލުކުރުން ލާޒިމް: ގުޓަރެސް

31 މެއި 2017
މޫސުމާ ބެހޭ އެއްބަސްވުމަށް އަމަލުކުރުން ލާޒިމް: ގުޓަރެސް
18 މެއި 2017

އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަވަހާރަވެއްޖެ

18 މެއި 2017
އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަވަހާރަވެއްޖެ
17 މެއި 2017

އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!

17 މެއި 2017
އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!
09 މެއި 2017

ކެނެޑާ އަށް ކުރަމުންދާ ވިއްސާރަ: ދެ ޕްރޮވިންްސަކުން 4 މިހާކު ގެއްލިއްޖެ

09 މެއި 2017
ކެނެޑާ އަށް ކުރަމުންދާ ވިއްސާރަ: ދެ ޕްރޮވިންްސަކުން 4 މިހާކު ގެއްލިއްޖެ
20 އެޕްރީލު 2017

އެމެރިކާގެ ސިޓީއެއް އަޅިއަށް ހަދާލާތަން ދައްކުވައިދޭ ވީޑިއޯއެއް އުތުރު ކޮރެއާ އިން ދައްކާލައިފި

20 އެޕްރީލު 2017
އެމެރިކާގެ ސިޓީއެއް އަޅިއަށް ހަދާލާތަން ދައްކުވައިދޭ ވީޑިއޯއެއް އުތުރު ކޮރެއާ އިން ދައްކާލައިފި
03 މާރިޗު 2017

އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި

03 މާރިޗު 2017
އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި
10 ފެބުރުއަރީ 2017

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

10 ފެބުރުއަރީ 2017
ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް