Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމެޓަލިކާ ބޭންޑް

މެޓަލިކާއިން ރޮމޭނިއާގެ ހޮސްޕިޓަލަކަށް 250،000 ޔޫރޯ ހަދިޔާކޮށްފި

ހަދިޔާކޮށްފައިވަނީ ކުޑަކުދިންގެ ހޮސްޕިޓަލަކަށް

އަލީ ސަމާޚް
އަލީ ސަމާޚް | 18 އޯގަސްޓު 2019 | އާދީއްތަ 18:20
މެޓަލިކާގެ ބޭންޑުގެ މެމްބަރުން

މެޓަލިކާގެ ބޭންޑުގެ މެމްބަރުން

އެމެރިކާގެ ހެވީ މެޓަލް ބޭންޑް މެޓަލިކާ އިން ރޮމޭނިއާގެ ކުޑަކުދިންނަށް ހާއްސަކޮށްގެން ހަދާ ހޮސްޕިޓަލަކަށް 250،000 ޔޫރޯ ހަދިޔާ ކޮށްފިއެވެ.

މެޓަލިކާއިން އެ ފައިސާ ހަދިޔާ ކޮށްފައިވަނީ 2012 ވަނަ އަހަރު އުފެއްދި ރޮމޭނިއާގެ ދަރުއިއަސްތާ ފައުންޑޭޝަނަށެވެ. މެޓަލިކާގެ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އެ ފައިސާ އަކީ ސޮޕްންސަރގެ އިތުރުން ރޮމޭނިއާގެ ވެރިރަށް ބުކުރެސްޓްގައި ބޭއްވި ޝޯއިން ލިބުނު ފައިސާ ކަމަށެވެ.

2018 ވަނަ އަހަރު ހަދަން ފެށި ހެ ހޮސްޕިޓަލަަށް އެކި ފަރާތްތަކުން ހިލޭ އެހީ ދީފައިވާއިރު ހޮސްޕިޓަލް އަންނަ އަހަރު އަޅައި ނިންމަން ވަނީ ހަމަޖެހިފައިވެއެވެ.

މެޓަލިކާ އިން ވަނީ މީގެ ކުރިންވެސް ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމާއަތްތަކަށް އެ ބޭންޑުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި އަހަރުގެ ކުރީކޮޅު އެ ބޭންޑުން ވަނީ އެމެރިކާގެ ކޮލެޖްތަކަށް ބޮޑެތި އަދަދުން ފައިސާ ހަދިޔާ ކޮށްފައެވެ.

އިތުރަށް ކިޔާލަން

03 ޖޫން 2021

ޔޫރޯގެ ނަތީޖާ ލަފާކުރަން މުސްކުޅި އެތެއް

03 ޖޫން 2021
ޔޫރޯގެ ނަތީޖާ ލަފާކުރަން މުސްކުޅި އެތެއް
26 އޯގަސްޓު 2019

ދިވެހި ފަންނާނަކާއެކު ރޮމޭނިއާގެ ''އެމަޑިއުސް''

26 އޯގަސްޓު 2019
ދިވެހި ފަންނާނަކާއެކު ރޮމޭނިއާގެ ''އެމަޑިއުސް''
26 އޯގަސްޓު 2017

ފަރަންސޭސި ރައީސްގެ މޭކަޕް ބިލަށް ސައްބީސް ހާސް ޔޫރޯ!

26 އޯގަސްޓު 2017
ފަރަންސޭސި ރައީސްގެ މޭކަޕް ބިލަށް ސައްބީސް ހާސް ޔޫރޯ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު