Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގެރެތު ބޭލް

ބޭލް ރެއާލްގައި މަޑުކުރާނެކަން ޒިދާން ހާމަކޮށްފި

18 އޯގަސްޓު 2019 | އާދީއްތަ 07:21

ބޭލްގެ އެއްބަސްވުން ހަމަވާނީ 2022 ގައި

ލީވާން އަލީ
ލީވާން އަލީ | 18 އޯގަސްޓު 2019 | އާދީއްތަ 07:21
ގެރެތު ބޭލް

ގެރެތު ބޭލް

ވޭލްސްގެ ކެޕްޓަން ގެރެތު ބޭލް ވިއްކާނުލާނެ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ރެއާލްގައި ކާމިޔާބު ހަ ސީޒަން ހޭދަކުރުމަށް ފަހު ބޭލް އެޓީމު ދޫކޮށްލާނެ ކަމުގެ އަޑުތައް މި ޓްރާންސްފާ މާކެޓުގައި ގަދަވިއެވެ. މިދިޔަ ސީޒަނުގެ ޒިދާން އޭނާއަށް ޓީމުން ފުރުސަތު ދީފައިނުވާއިރު އޭނާ ވިއްކާލުމަށް ވެސް ރެއާލްއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެހެން ނަމަވެސް ބޭލް ވަނީ ރެއާލް ދޫކޮށްލަން ދެކޮޅު ހަދާފައެވެ. އެގޮތުން އޭނާއަށް ރެއާލްއިން ދެމުންދާ މުސާރަ ނުދޭ ކްލަބަކަށް ބަދަލުވާން ބޭލް ވަނީީ ދެކޮޅު ހަދާފައެވެ.

ޗައިނާގެ ކްލަބަކަށް އޭނާ ވިއްކާލަން ރެއާލްއިން ނިންމިއިރު މީގެކުރިން ޒިދާން ވަނީ މިސީޒަނުގައި ރެއާލްއިން ބޭލްގެ ބޭނުންނުހިފާނެ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް މާކޯ އަސެންސިއޯއަށް އަނިޔާވުމާއި ގުޅިގެން ބޭލް ވިއްކާލުން ރެއާލްއިން ވަނީ މަޑުޖައްސާލާފައެވެ.

ސީޒަނުގެ ފުރަތަމަ މެޗުގައި 3-1 އިން ސެލްޓަ ވީގޯ ބަލިކުރުމަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޒިދާން ބުނީ ރެއާލްގައި ބޭލް މަޑުކުރާނެ ކަމަށާއި ފޯކަސް ކުރާނީ ހަމައެކަނި ކުރިޔަށް އޮތް ސީޒަނަށް ކަމަށެވެ. އޭނާ ބުނީ ބޭލްގެ އިތުރުން ހަމޭސް ރޮޑްރިގޭޒް ވެސް މި ސީޒަނުގައި ފެނިގެންދާނީ ރެއާލްގެ ހުދު ޖާޒީއިން ކަމަށެވެ.

ރެއާލްއަށް 2013 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވި ބޭލް ވަނީ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން 2016 ވަނަ އަހަރު 2022 ގެ ނިޔަލަށް އާކޮށްފައެވެ.

ސީޒަން ހުޅުވުމަށް ރެއާލް ކުޅުނު މެޗުގައި ބޭލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އޭނާ ވަނީ މެޗުގައި ބެންޒެމާ ރެއާލްއަށް ޖަހައިދިން ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. މި މެޗުގައި ފުރަތަމަ އެގާރައިން ބޭލްއަށް ޖާގަ ލިބުނީ އެޑެން ހަޒާޑަށް އަނިޔާވުމާއި ވިދިގެންނެވެ.

ޕްރީ ސީޒަނުގައި ރެއާލްއިން އައުޑީ ކަޕްގައި ޓޮޓެންހަމް ހޮޓްސްޕަރސްއާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑަށް ބޭލް ނަގާފައިނުވާއިރު އޭނާ ގޮލްފް ކުޅެން ހުރި ފޮޓޯތަކެއް އާންމުވެ ގިނަ ފާޑުކިޔުންތަކެއް އޭނާއަށް އަމާޒުވިއެވެ. އެހެން ނަމަވެސް އެފަހަރު ބޭލް ދިފާއުކޮށް ޒިދާން ބުނީ އޭނާ އެމެޗުން ފެނިފައިނުވަނީ ފިޓު ނުވުމުން ކަމަށެވެ.

ބޭލް ވަނީ ރެއާލްއަށް މިހާތަނަށް ކުޅުނު 231 މެޗުގައި 102 ލަނޑު ކާމިޔާބުކޮށް، އެ ކްލަބާ އެކު ހަތަރު ޗެމްޕިއަންސް ލީގު، ތިން ޔުއެފާ ސުޕަ ކަޕް، ތިން ކްލަބް ވޯލްޑް ކަޕް، އެއް ސްޕެނިޝް ލީގު، އެއް ކޮޕަ ޑެލްރޭ އަދި އެއް ސްޕެނިށް ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 އެޕްރީލު 2017

އިސްކޯގެ މުސްތަޤުބަލު އޮތީ ރެއާލް މެޑްރިޑާ އެކު: ޒިދާން

16 އެޕްރީލު 2017
އިސްކޯގެ މުސްތަޤުބަލު އޮތީ ރެއާލް މެޑްރިޑާ އެކު: ޒިދާން
13 އެޕްރީލު 2017

އެލްކްލެސިކޯ މެޗަށް ބޭލް ފިޓްވާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

13 އެޕްރީލު 2017
އެލްކްލެސިކޯ މެޗަށް ބޭލް ފިޓްވާނެ ކަމާ މެދު ސުވާލު އުފެދިއްޖެ
09 އެޕްރީލު 2017

ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް

09 އެޕްރީލު 2017
ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް
06 އެޕްރީލު 2017

ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް

06 އެޕްރީލު 2017
ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް
05 އެޕްރީލު 2017

ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން

05 އެޕްރީލު 2017
ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
19 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި
16 ފެބުރުއަރީ 2017

ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

16 ފެބުރުއަރީ 2017
ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް