Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބީޓީއެސް

ބީޓީއެސް، ބްރޭކެއް ނަގަނީ

މިއީ 2013 ވަނަ އަހަރަށް ފަހު ބީޓީއެސްއިން ބްރޭކެއް ނަގާ ފުރަތަމަ ފަހަރު

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 13 އޯގަސްޓު 2019 | އަންގާރަ 03:46
ބީޓީއެސް

ބީޓީއެސް

ކޮރެއާގެ މަޝްހޫރު "ކޭޕޮޕް" ބޭންޑެއް ކަމަށްވާ "ބީޓީއެސް" އެމީހުންގެ ލަވަތަކާއި މިއުޒިކް ޓުއަރތައް މަޑުޖައްސާލާ ބްރޭކެއް ނަގަން ތައްޔާރުވެއްޖެއެވެ.

ކޮރެއާގެ ވެރިރަށް ސޯލްގައި ދިން މިއުޒިކް ޝޯއަކަށް ފަހު ކުޑަ ދުވަސްކޮޅަކަށް، ލަވަކުޅުމާއި ހުށަހެޅުމުން ދުރުވެ ޗުއްޓީއެއް ނަގަން ތައްޔާރުވެފައިވާ ކަމަށް ބީޓީއެސްއިން ވަނީ އިއުލާނުކޮށްފައެވެ.

މިއީ 2013 ވަނަ އަހަރަށް ފަހު ބީޓީއެސްއިން ބްރޭކެއް ނަގާ ފުރަތަމަ ފަހަރެވެ. އަދި އެމީހުން ޗުއްޓީގައި ހޭދަކުރާނީ ކިހާ ދުވަހެއްކަމެއް އެނގިފައެއް ނުވެއެވެ. ނަމަވެސް، ދުނިޔޭގެ އެކި ގައުމުތަކަށް އެ ގްރޫޕުން ކުރަމުންދާ "ލަވް ޔުއަރސެލްފް، ސްޕީކް ޔުއަރސެލްފް" ޓުއަރގެ ތެރެއިން، ކުރިއަށް އޮތް އޮކްޓޯބަރު މަހު އެ ގްރޫޕުގެ މިއުޒިކް ޝޯއެއް ސައުދި އަރަބިއާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ބީޓީއެސް އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ބޭންޑެކެވެ. އެ ބޭންޑްގައި ހިމެނެނީ ހަތް މެމްބަރުންނެވެ. އެއީ އާރްއެމް، ޖަންގްކުކް، ޖިން، ސުގާ، ޖޭ ހޯޕް، ޖިމިން އަދި ވީއެވެ.

ބީޓީއެސްއަކީ އެމެރިކާގެ މިއުޒިކް ޗާޓުތަކުން ޖާގަ ހޯދި ފުރަތަމަ ކޮރެއާ ބޭންޑެވެ. މި ބޭންޑު އުފެއްދީ 2013 ވަނަ އަހަރުއެވެ.

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2020

މިއަހަރުގެ ވީއެމްއޭސް، ލޭޑީ ގާގާ އާއި ބީޓީއެސް އަށް ބޮޑު އަހަރަކަށް

01 ސެޕްޓެމްބަރު 2020
މިއަހަރުގެ ވީއެމްއޭސް، ލޭޑީ ގާގާ އާއި ބީޓީއެސް އަށް ބޮޑު އަހަރަކަށް
14 މާރިޗު 2018

ސެލީނާ އާއި ޖަސްޓިން ބީބާ ބްރޭކެއްގައި

14 މާރިޗު 2018
ސެލީނާ އާއި ޖަސްޓިން ބީބާ ބްރޭކެއްގައި
29 އޮކްޓޯބަރު 2017

ކަރީނާ ނަގަނީ 3 މަހުގެ ބްރޭކެއް

29 އޮކްޓޯބަރު 2017
ކަރީނާ ނަގަނީ 3 މަހުގެ ބްރޭކެއް
09 އޯގަސްޓު 2017

"ޖަބް ހެރީ މެޓް ސޭޖަލް" އަށް ފަހު ޕްރީތަމް ދޮޅުއަހަރުގެ ބްރޭކެއް ނަގައިފި

09 އޯގަސްޓު 2017
"ޖަބް ހެރީ މެޓް ސޭޖަލް" އަށް ފަހު ޕްރީތަމް ދޮޅުއަހަރުގެ ބްރޭކެއް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު