Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭޑީކޭ

ފުރަތަމަ ބައިޕާސް އޮޕަރޭޝަނަށް 1 އަހަރު ފުރުމާއި ގުޅިގެން ހެލްތު މިނިސްޓަރ އޭޑީކޭއަށް ޒިޔާރަތްކުރައްވައިފި

މި އޮޕަރޭޝަން ކުރަނީ ހިތް ހުއްޓުމުގެ ނުރައްކާ ކުރިމަތިވެފައިވާ މީހުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 އޯގަސްޓު 2019 | ހުކުރު 04:14
ފުރަތަމަ ބައިޕާސް ސާޖަރީއަށް 1 އަހަރު ފުރުން ފާހަގަކުރަނީ

ފުރަތަމަ ބައިޕާސް ސާޖަރީއަށް 1 އަހަރު ފުރުން ފާހަގަކުރަނީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިޕާސް އޮޕަރޭޝަންއެއް (ކާޑިއަކް ސާރޖަރީ) ކުރި ހޮސްޕިޓަލަށް ކަމަށްވާ އޭޑިކޭ ހޮސްޕިޓަލަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ޒިޔާރަތް ކުރައްވައިފިއެވެ.

ރާއްޖޭގައި މިހާތަނަށް ކުރި ފުރަތަމަ ބައިޕާސް އޮޕަރޭޝަން އޭޑީކޭއިން ކާމިޔާބު ކަމާއެކުގައި ކޮށްފައިވަނީ ނިމިދިޔަ އަހަރުގެ އޯގަސްޓު މަހުގައެވެ. އެގޮތުން އެކަން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރ ބައިވެރިވެ ވަޑައިގެންފައިވާއިރު، މިނިސްޓަރ ވަނީ ކާޑިއަކް ޓީމުގެ ޑޮކްޓަރުންނާއި މުވައްޒަފުންނާ ބައްދަލު ކުރައްވާފައެވެ.

އޭގެ އިތުރުން މިނިސްޓަރ ވަނީ ކާޑިއަކް ޓީމުގެ މަސައްކަތްތައް ކުރިއަށްދާގޮތް ވެސް ބައްލަވާލައްވާފައެވެ.

އޭޑީކޭ ހޮސްޕިޓަލުން ކުރި ހިތުގެ ބައިޕާސް އޮޕަރޭޝަން ކޮށްފައިވަނީ މާފުށީ ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުން ދިޔަ އުމުރުން 54 އަހަރުގެ ފިރިހެނަކަށެވެ. އެގޮތުން އުމުރުން 54 އަހަރުގެ އެމީހާ އޭޑީކޭ ހޮސްޕިޓަލަށް އޭރު ގެންދެވުނީ އެންޖިއޯގްރާމެއް ހެދުމަށް ކަމަށާއި، ނަމަވެސް އޭނާގެ ބައިޕާސް އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށް ޑޮކްޓަރުން ލަފާ ދެއްވުމުން އޮޕަރޭޝަން ކުރީ ކަމަށް ކަރެކްޝަނަލް ސާރްވިސް އިން ވަނީ ބުނެފައެވެ.

ބައިޕާސް އޮޕަރޭޝަން އަކީ ހިތް ހުއްޓުމުގެ ނުރައްކާ ކުރިމަތިވެފައިވާ މީހުން ކުރާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނަކީ ހަށިގަނޑުގެ އެހެން ގުނަވަންތަކުން ނާރުތައް ނަގައި ހިތުގެ ނާރުތައް ބަދަލުކޮށް ކުރެވޭ އޮޕަރޭޝަނެކެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު