Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްރޮސެކިއުޓަރ ޖެނެރަލް

ރިލްވާންގެ މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓުގައި އެދުނީ ކްރިމިނަލް ކޯޓުން ހުކުމް ކުރި ދުވަހު: ޕީޖީ

9 އޯގަސްޓު 2019 | ހުކުރު 05:33

އިސްތިއުނާފު ކުރުމަށް ނުވަތަ އިސްތިއުނާފު ކުރުމުގެ ހުއްދައަކަށް ދައުލަތުން އެދިފައިވާ ކަމަށް ރެކޯޑްތަކުން ފެންނަން ނެތް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 9 އޯގަސްޓު 2019 | ހުކުރު 05:33
ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް

ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް

ނޫސްވެރިޔާ އަހްމަދު ރިލްވާން ރަހީނު ކުރި މައްސަލައިގައި ދައުލަތުން ދައުވާކުރީ އެމައްސަލައިގައި ކްރިމިނަލް ކޯޓުގައި ހުކުމް ކުރި ދުވަހުގައިކަމަށް ޕްރޮސެކިއުޓަރ އޮފީސް(ޕީޖީ)އިން ބުނެފިއެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ދެވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ދައުލަތުން ދައުވާކުރި ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ހުކުމް ކޮށްފައެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިކަމަށް ބުނާ ތާރީޚަކީ ވެސް ކްރިމިނަލް ކޯޓުން ހުކުމް ކުރި ދުވަހެވެ.

Advertisement - newsAdvertisement

ޖުލައި މަހުގެ 22 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުކޮށް މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ރިލްވާންގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުގެ ހުއްދައަކަށް އެދިފައިވާ ކަމަށެވެ.

މިމަހުގެ 8 ވަނަ ދުވަހަށް ރިލްވާންއަށް ވީނުވީއެއް ނޭގި ގެއްލުނުތާ 5 އަހަރު ވަނީ ވެފައެވެ. ދައުލަތުގެ ފަރާތުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިތޯ ސާފު ކުރުމަށް ރިލްވާންގެ އާއިލާގެ ފަރާތުން އެކޯޓަށް ވަނީ ސިޓީއަކުން އެދިފައެވެ. ހައިކޯޓުން ފޮނުވި ސިޓީގެ ޖަވާބުގައި ވަނީ ރިލްވާންގެ މައްސަލަ އިސްތިއުނާފު ކުރުމަށް ނުވަތަ އިސްތިއުނާފު ކުރުމުގެ ހުއްދައަކަށް ދައުލަތުން އެދިފައިވާ ކަމަށް އެ ކޯޓުގެ ރެކޯޑްތަކުން ފެންނަން ނެތް ކަމަށެވެ.

އެ ޚަބަރު ނޫސްތަކުގައި ޝާއިއު ކުރެވުމާއެކު ޕީޖީއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދައަކަށް އެ އޮފީހުން ހައިކޯޓުގައި އެދުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ދެވަނަ ދުވަހު ކަމަށެވެ. އަދި ހައިކޯޓުން ޖަވާބު ދީފައިވަނީ އޭގެ ހަތަރު ދުވަސް ފަހުން އޮގަސްޓް މަހުގެ ހަ ވަނަ ދުވަހު ކަމަށެވެ.

ބިޝާމް ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުވެ ވިދާޅުވީ ރިލްވާންގެ މައްސަލައިގައި އިސްތިއުނާފު ކުރުމުގެ ހުއްދައަކަށް އެދިފައިވާނެ ކަމަށާއި އެމައްސަލައަކީ މަރު ކޮމިޝަނުން ބަލާ މައްސަލައަކަށް ވާތީ އެކަމުގައި ބަލަންޖެހޭ ކަންތައްތައް ހުރެދާނެ ކަމަށެވެ. އެހެން ކަމުން މައްސަލާގައި ބަލަން ޖެހޭ ކަންކަމާއި އަޅަންޖެހޭ ފިޔަވަޅުތައް ތަފާތު ވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް އެ ދުވަހު ބިޝާމް ވިދާޅުވިއެވެ.

އެ ކޮމިޓީގައި ބިޝާމް ވިދާޅުވީ ރިލްވާންގެ މައްސަލަ އެ އޮފީހަށް ފޮނުވާފައިވަނީ ބަލަންޖެހޭ ވަރަށް ނުބެލި އެކަށީގެންވާ ތަހުގީގެއް ނުކޮށް ކަމަށެވެ. އަދި އެކަން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށާއި އޭރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި އަހުމަދު އަރީފުގެ ސަމާލު ކަމަށް ގެންނެވި ކަމަށެވެ. ރައީސް ޔާމީނަށް އެކަމާއި ގުޅިގެން ފޮނުއްވި ސިޓީ ކޮމިޓީއާއި ހަވާލު ކޮށްފައިވާނެ ކަމަށް ވެސް ބިޝާމް ވިދާޅުވެފައި ވެއެވެ. ބިޝާމް ވިދާޅުވި ގޮތުގައި އެ މައްސަލަ ފުލުހުން ޕީޖީ އޮފީހަށް ގެނައީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ވަކި މުއްދަތެއްގެ ތެރޭގައި ދައުވާ ކުރަން ޖެހޭ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ވެގެން ދިއުމުންނެވެ.

ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ނަމަވެސް އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ވެފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް