Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތައުލީމީ ދާއިރާ

އަންނަ އަހަރު ގިނަ ސުކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރެވޭނެ: އެޑިއުކޭޝަން މިނިސްޓަރ

ރާއްޖޭގެ 154 ސުކޫލެއްގައި އެއްދަންފަޅިއަށް ކިޔަވަދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 އޯގަސްޓު 2019 | ބުރާސްފަތި 08:10
މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އާއިޝަތު އަލީ

މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އާއިޝަތު އަލީ

އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ގިނަ ސުކޫލުތައް އެއްދަންފަޅިއަށް ބަދަލު ކުރެވިގެންދާނެ ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ 154 ސުކޫލެއް މިހާރުވެސް އެއްދަންފަޅިއަށް ބަދަލު ކުރެވިގެން ކުރިއަށްދާ ކަމަށާއި، ނަމަވެސް އެ ސުކޫލުތަކުގައި ދެވެމުންދަނީ ވަށާޖެހޭ ތައުލީމުކަން ޔަޤީންކުރަންޖެހޭ ކަމަށެވެ.

އެގޮތުން އަންނަ އަހަރު ތެރޭގައި ގިނަ ސުކޫލުތައް އެއްދަންފަޅިއަކަށް ބަދަލުކުރެވިގެންދާއިރު، ވަށާޖެހޭ ތައުލީމީ ނިޒާމެއް ބައްޓަން ކުރުމަށްޓަކައި މިހާރުވެސް ރާއްޖޭގެ 22 ސުކޫލެއްގައި ޕައިލޮޓް ޕްރޮގްރާމެއް ކުރިއަށްގެންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މި ޕްރޮގްރާމް ކުރިއަށްދާ ސުކޫލުތަކުން ހެޔޮ ބަދަލުތަކެއް ފެންނަ ކަމަށް މިނިސްޓްރީއަށް މައުލޫމާތު ލިބެމުންދާ ކަމަށާއި، ކުދިންގެ އަޙްލާޤަށްވެސް ހެޔޮ ބަދަލުތަކެއް އަންނަކަން ފާހަގަކުރެވޭ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، މިއަހަރު މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ސުކޫލުތައް ވަށާޖެހޭ ތައުލީމަށް ބަދަލު ނުކުރެވުނީ ބަޖެޓާއި އެފަދަ ކަންކަމަށް ރިއާޔަތް ކުރަންޖެހޭތީ ކަމަށާއި، ނަމަވެސް އަންނަ އަހަރު އެދެވޭ ހެޔޮ ބަދަލުތަކާއެކު މި މަޝްރޫއު ފެށިގެންދާނެ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހިންގޭ ޕްރޮގްރާމްތަކަށް އިންކްލޫސިވް އެޑިއުކޭޝަން ކޯޗުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަަމަށާއި، މިހާރުވެސް އެކަމަށް ބޭނުންވާ ތެރަޕިސްޓުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ތެރަޕިސްޓުން ލިބުމުން މޯބައިލް ޓީމެއްގެ ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކަށް މި ޓީމުތައް ހަރަކާތްތެރިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަށާޖެހޭ ތައުލީމީ ނިޒާމެއްގެ ދަށުން ސުކޫލުތައް އެއް ދަންފަޅިއަށް ބަދަލު ކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާއިރު، ރާއްޖޭގެ ހުރިހާ ސުކޫލެއް އެއްދަންފަޅިއަށް ބަދަލު ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު