Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް

ބައިނަލްއަގްވާމީ ސެޓްލްމަންޓާ ބެހޭ މުޢާހަދާ ގައި ބައިވެރިވުމަށް މަޖިލީހުން ރުހުން ދީފި!

މި މުއަހަދާ ގައި ބައިވެރި ވުމަށް ތާއީދު ކުރައްވާ 74 މެމްބަރުން ވަނީ ވޯޓު ދެއްވާފަ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 6 އޯގަސްޓު 2019 | އަންގާރަ 08:36
މަޖިލިސް

މަޖިލިސް

"ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ސެޓްލްމަންޓް އެގްރީމަންޓްސް ރިސަލްޓިންގ ފްރޮމް މީޑިއޭޝަން" ގައި ރާއްޖެއިން ބައިވެރިވުމަށް މަޖިލީހުން ރުހުން ދީފިއެވެ.

މިމުއަހަދާ ގައި ބައިވެރި ވުމަށް ތާއީދު ކުރައްވާ 74 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. މިމުއާހަދާގައި ބައިވެރިވުމުގެ މައްސަލަ ދިރާސާކޮށްފައިވަނީ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ. ކޮމިޓީގެ ރިޕޯޓް ވަނީ އަންގާރަދުވަހު ކުރިއަށްދާ މަޖިލީހުގެ ޖަލްސާއަށް އިއްވާފައެވެ.

Advertisement - newsAdvertisement

ކޮމެޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް އިއްވަމުން ކޮމިޓީގެ މުގައްރިރު އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ، މި މުއާހަދާގައި ސޮއިކުރެވުމުން ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ލިބިގެން ދާނެ ކަމަށެވެ. އަދި މިކަމަކީ ދިވެހި ރާއްޖޭގެ ވިޔަފާރިތައް ފުޅާ ވެގެން އަންނަ އިރު ކޮންމެހެން ބޭނުންތެރި މުއާހަދާއެއް ކަމުގައި ކޮމެޓީގެ މެމްބަރުންނަށް ފާހަގަ ކުރެވުނު ކަމަށް ވެސް ވިދާޅުވިއެވެ.

ރިޕޯޓު ހުށަހަޅުއްވަމުން މެމްބަރު ޝަރީފް އިތުރަށް ވިދާޅުވީ، މި މުއާހަދާގައި ދިވެހި ރާއްޖެއިން ސޮއިކޮށް ތަސްދީގު ކުރެވުމުން މަޖިލީހަށް މީޑިއޭޝަނާއި ބެހޭ ގާނޫނެއް ހުށަހަޅަން ސަރުކާރުން ތައްޔާރު ވަމުންދާ ކަމަށެވެ.

މި މުޢާޙަދާ އދ އިން ބަލައިގަތީ 20 ޑިސެންބަރު 2018 ގައެވެ. މުއާހަދާގައި 7 އޯގަސްޓް 2019 ވަނަ ދުވަހު ސިންގަޕޫރުގައި ސޮއިކުރުމަށް ހަމަޖެހިފައިވާއިރު، ރާއްޖެއިން މިމުއާހަދާގައި ސޮއިކުރުމަށް ގަސްތުކޮށްފައިވަނީ، މިމުއާހަދާގައި ދިވެހިރާއްޖެއިންވެސް ބައިވެރިވުން މުހިއްމު މުއާހަދާއެއްކަމަށް ގަބޫލު ކުރެވޭތީ ކަމަށް އޭޖީ އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.

މިމުއާހަދާއަކީ، މުއާހަދާގައި ބައިވެރިވާ ޤައުމުތަކުން މީޑިއޭޝަން މެދުވެރިކޮށް ނިންމާ މައްސަލަތަކުން އުފެދޭ ބައިނަލްއަޤްވާމީ ސެޓްލްމަންޓް އެގްރީމަންޓްތައް، ބަލައިގަނެ އެޤައުމުތަކުގައި އެ އެއްބަސްވުންތައް ތަންފީޒުކުރުމަށް އެއް އުޞޫލުތަކަކާއި އިންތިޒާމުތަކެއް ޤާއިމުކުރުމަށްޓަކާ އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ ޤާނޫނީ އޮނިގަނޑެކެވެ.

ބައިނަލްއަގްވަމީ ސެޓްލްމަންޓާ ބެހޭ މުއާހަދާއަށް ރުހުން ހޯދުމަށް މަޖިލީހުގެ ތަޅުމަށް ކޮމިޓީން ފޮނުވުމަށް ފާސްކޮށްފައިވަނީ ހޯމަ ދުވަހު ބޭއްވި ކޮމެޓީ ބައްދަލުވުމުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު