Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލީ ހުޒާމް (ހުޒާންޓެ)

ގައުމީ ވޮލީ ޓީމުގެ ކެޕްޓަނަކަށް ހުޒާންޓެ ހަމަޖައްސައިފި

1 އޯގަސްޓު 2019 | ބުރާސްފަތި 11:45

ހުޒާންޓެ ގައުމީ ވޮލީ ޓީމަށް ކުޅެން ފެށީ 2011 ވަނަ އަހަރުން ފެށިގެން

ލީވާން އަލީ
ލީވާން އަލީ | 1 އޯގަސްޓު 2019 | ބުރާސްފަތި 11:45
ގައުމީ ވޮލީ ޓީމުގެ ކެޕްޓަނަކަށް ހަމަޖެއްސި ހުޒާންޓެ

ގައުމީ ވޮލީ ޓީމުގެ ކެޕްޓަނަކަށް ހަމަޖެއްސި ހުޒާންޓެ

ގައުމީ ފިރިހެން ވޮލީ ޓީމުގެ ކެޕްޓަނަކަށް ވ.ފެލިދުއަށް އުފަން އަލީ ހުޒާމް (ހުޒާންޓެ) ހަމަޖައްސައިފިއެވެ.

ގައުމީ ވޮލީ ޓީމަށް 2011 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ހުޒާންޓެ ކެޕްޓަނަކަށް ހަމަޖެއްސިއިރު، އޭނާގެ ކެޕްޓަން ކަމުގެ ދަށުން ރާއްޖެ އެންމެ އަވަހަށް ނިކުންނާނީ މި މަހު ފަހުކޮޅުގައި ނޭޕާލްގައި ބާއްވާ ސެންޓްރަލް ޒޯން މުބާރާތަށެވެ.

ހުޒާންޓެ ވަނީ ގައުމީ ގިނަ މުބާރާތްތަކުގައި ކުޅުމުގެ އިތުރުން ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކުގައި ވެސް ކުޅެފައެވެ. އޭނާ އަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ވޮލީ ކުޅުންތެރިޔާއެވެ.

ގައުމީ ކެޕްޓަންކަން މީގެކުރިން ކުރަމުން އައީ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުން ރާއްޖެއިން ވަނީ މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ސެންޓްރަލް ޒޯން މުބާރާތާއި، އޭޝިއަން ގޭމްސް އަދި ނިމިދިޔަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) ގައި ކުޅެފައެވެ.

ގައުމީ ޓީމަށް ހުޒާންޓެގެ އެއްބަނޑު އެއްބަފާ ދެ ކޮއްކޮ އަންނަނީ ކުޅެމުންނެވެ. އެއީ ހުސެއިން ވިޝާމް (ބުޅިކެ) އާއި ހަސަން ނިލާމް (ޕާޓޭ) އެވެ.

ގައުމީ ވޮލީ ޓީމު ދާދި ފަހުން ސާބިއާގައި މަތީ ފެންވަރުގެ ޓްރެއިނިންގ ކޭމްޕެއް ފުރިހަމަ ކޮށްފައިވާއިރު، ނިމިދިޔަ އައިއޯއައިޖީގައި ވޮލީ ޓީމު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ނަމަވެސް ކުޅުނު ތިން މެޗުގެ ތެރެއިން ރާއްޖެ މޮޅުވީ ކޮމޯރޮސްއާ ދެކޮޅަށް ކުޅުނު މެޗުން އެކަނިއެވެ. މުބާރާތުގައި ރީޔޫނިއަން އަދި މަޑަގަސްކަރަ އަތުން ރާއްޖެ ވަނީ ބަލިވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
07 ޖެނުއަރީ 2017

ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)

07 ޖެނުއަރީ 2017
ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް