Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލިބިޔާ

ލީބިޔާ ސަރަހައްދުގައި ދަތުރުކުރަމުންދިޔަ ބޯޓުތަކެއް ބަންޑުންޖަހާލާ ގިނަ ރެފިއުޖީން ކަނޑުވެއްޖެ

26 ޖުލައި 2019 | ހުކުރު 04:53

ދެ ބޯޓެއް ވަނީ ލިބިޔާގެ ވެރިރަށް ޓްރިޕޯލީގެ 120 ކިލޯމީޓަރު ދުރުން އަރިއަޅާލާފަ

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 26 ޖުލައި 2019 | ހުކުރު 04:53
ސަލާމަތްކޮށްފައިވާ ގިނަ ރެފިއުޖީންނަކީ އިތިއޯޕިއާއަށް ނިސްބަތްވާ މީހުން

ސަލާމަތްކޮށްފައިވާ ގިނަ ރެފިއުޖީންނަކީ އިތިއޯޕިއާއަށް ނިސްބަތްވާ މީހުން

ލީބިޔާގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރަމުންދިޔަ ބޯޓުތަކެއް އަރިއަޅާލައި 100 އަށްވުރެ ގިނަ ރެފިއުޖީން ކަނޑުވެއްޖެއެވެ.

ލީބިޔާގެ ކޯސްޓް ގާޑުގެ ތަރުޖަމާނު އައްޔޫބް ގާސިމް ވިދާޅުވީ 300 އެއްހާ ފަސިންޖަރުން ގޮވައިގެން ދަތުރު ކުރަމުންދިޔަ ދެ ބޯޓެއް ވަނީ ލީބިޔާގެ ވެރިރަށް ޓްރިޕޯލީގެ 120 ކިލޯމީޓަރު ދުރުން ބަންޑުންޖަހާލާފައި ކަމަށެވެ. އަދި އޭނާ ވިދާޅުވީ 134 ރެފިއުޖީން ވަނީ ސަލާމަތް ކޮށްފައި ކަމަށެވެ.

ނަމަވެސް އިންޓަރނޭޝަންލް އޮގަނައިޒޭޝަން ފޮ މައިގްރޭޝަން (އައިއޯއެމް) އިން ބުރާސްފަތި ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެ ހާދިސާގައި ކަނޑުމަތިވީ 150 މީހުން ކަމަށާ 145 މީހުން ސަލާމަތްކޮށް ލިބިޔާއަށް ގެންގޮސްފައިވާ ކަމަށެވެ.

އ.ދ ގެ ރެފިއުޖީންނާއި ބެހޭ ހައި ކޮމިޝަނަރ ފިލިޕޯ ގްރާންޑީ ވިދާޅުވިގޮތުގައި މިއީ މިއަހަރު ދިމާވި ކަނޑުމަތީގެ އެންމެ ހިތާމަވެރި ހާދިސާއެވެ.

މި ހާދިސާގައި ސަލާމަތްކޮށްފައިވާ ގިނަ ރެފިއުޖީންނަކީ އިތިއޯޕިއާއަށް ނިސްބަތްވާ މީހުންނެވެ. އަދި ބާކީ ތިބި ރެފިއުޖީންނަކީ ފަލަސްތީނަށާއި ސޫދާނަށް ނިސްބަތްވާ މީހުންނެވެ.

އ.ދ ގެ ރެފިއުޖީ އޭޖެންސީގެ ތަރުޖަމާނު ޗާރލީ ޔެކްސްލީ ވިދާޅުވިގޮތުގައި ކަނޑުވި މީހުން ސަލާމަތްކޮށް ލިބިޔާގެ އައްސޭރި އައްސޭރިފަށަށް ގެންގޮސްދިނީ ލިބިޔާގެ މަސްވެރިންތަކެއް ކަމަށާ އެހިސާބުން އެގައުމުގެ ކޯސްޓްގާޑުން ވަނީ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިކަމަށެވެ.

ކަނޑުވި ހިޖުރަވެރިންގެ ތެރެއިން ގާތްގަނޑަކަށް 150 މީހުން ވަނީ ގެއްލިފައި ނުވަތަ މަރުވެފައި ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އެ މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަ ކުދިން ހިމެނޭ ކަމަށް ވެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

11 އޮކްޓޯބަރު 2017

ދެކުނު ކޮރެއާ އާއި އެމެރިކާ އިން ދެކޮރެެއާ ސަރަހައްދުގައި އަސްކަރީ ތަމްރީންތައް ބާއްވައިފި

11 އޮކްޓޯބަރު 2017
ދެކުނު ކޮރެއާ އާއި އެމެރިކާ އިން ދެކޮރެެއާ ސަރަހައްދުގައި އަސްކަރީ ތަމްރީންތައް ބާއްވައިފި
10 އޮކްޓޯބަރު 2017

ކެލިފޯނިއާގެ ވައިން އުފައްދާ ސަރަހައްދުގައި ރޯވެ އަނދަނީ

10 އޮކްޓޯބަރު 2017
ކެލިފޯނިއާގެ ވައިން އުފައްދާ ސަރަހައްދުގައި ރޯވެ އަނދަނީ
27 ސެޕްޓެމްބަރު 2017

ޔޫއޭއީން ލީބިޔާގައި ހަނގުރާމައިގެ ކުށްތަކަށް އަރައިގެންފައިވޭ: ރިޕޯޓް

27 ސެޕްޓެމްބަރު 2017
ޔޫއޭއީން ލީބިޔާގައި ހަނގުރާމައިގެ ކުށްތަކަށް އަރައިގެންފައިވޭ: ރިޕޯޓް
25 ސެޕްޓެމްބަރު 2017

އެމެރިކާ އިން ރައީސް ޓްރަމްޕް ގެ ވެރިކަމުގައި ލީބިޔާ އަށް ދިން ފުރަތަމަ ވައިގެ ހަމަލާ ދީފި

25 ސެޕްޓެމްބަރު 2017
އެމެރިކާ އިން ރައީސް ޓްރަމްޕް ގެ ވެރިކަމުގައި ލީބިޔާ އަށް ދިން ފުރަތަމަ ވައިގެ ހަމަލާ ދީފި
31 އޯގަސްޓު 2017

މެންޗެސްޓަރގައި ހަމަލާދިން މީހާގެ ކޮއްކޮއަށް ލީބިޔާގައި ދައުވާކޮށްފި

31 އޯގަސްޓު 2017
މެންޗެސްޓަރގައި ހަމަލާދިން މީހާގެ ކޮއްކޮއަށް ލީބިޔާގައި ދައުވާކޮށްފި
31 މެއި 2017

ކާބުލްގައި ޑިޕްލޮމޭޓުން ތިބޭ ސަރަހައްދުގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި

31 މެއި 2017
 ކާބުލްގައި ޑިޕްލޮމޭޓުން ތިބޭ ސަރަހައްދުގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި
27 މެއި 2017

ލީބިޔާގެ ޓްރިޕޮލީގައި ހިނގި ހަމަނުޖެހުންތަކުގައި 28 މީހުން މަރުވެއްޖެ

27 މެއި 2017
ލީބިޔާގެ ޓްރިޕޮލީގައި ހިނގި ހަމަނުޖެހުންތަކުގައި 28 މީހުން މަރުވެއްޖެ
23 މެއި 2017

ގެފުޅު ވަށައިގެން ތަވާފްކުރާ ސަރަހައްދުގައި ސުންނަތް ނަމާދު ކުރުން މަނާކޮށްފި

23 މެއި 2017
ގެފުޅު ވަށައިގެން ތަވާފްކުރާ ސަރަހައްދުގައި ސުންނަތް ނަމާދު ކުރުން މަނާކޮށްފި
20 މެއި 2017

ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި

20 މެއި 2017
ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް