Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަންހެނުން ބާރުވެރިކުރުވުން

އަންހެނުންނަށް ވެސް ވާނެ!

ކާމިޔާުބު މީހަކަށް ވުމައްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ އަމިއްލަ ނަފްސަށް އިތުބާރުކުރުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 24 ޖުލައި 2019 | ބުދަ 16:59
\"އަވޭކަން ދަ ޕޮޓެންޝަލް\"ގެ ނަމުގައި އިންޓަރނޭޝަނަލް ވިމެން އެމްޕަވަރިން އިވެންޓްސް (އައިވީ) އިން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ފޯރަމްގެ ބައިވެރިން

\"އަވޭކަން ދަ ޕޮޓެންޝަލް\"ގެ ނަމުގައި އިންޓަރނޭޝަނަލް ވިމެން އެމްޕަވަރިން އިވެންޓްސް (އައިވީ) އިން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ފޯރަމްގެ ބައިވެރިން

ބަޔަކަށް ނުވޭނެހެން ހީވިޔަސް އަންހެނުންނަށް ނުވާނެކަމެއް ނެތެވެ. ޔަގީނުންވެސް އަންހެނުންނަކީ ކަންކަމުގައި ކުޅަދާނަ އަަދި ކާމިޔާބު މީހުންނެވެ.

ކުރުނބާ މޯލްޑިވްސްގައި "އަވޭކަން ދަ ޕޮޓެންޝަލް"ގެ ނަމުގައި އިންޓަރނޭޝަނަލް ވިމެން އެމްޕަވަރިން އިވެންޓްސް (އައިވީ) އިން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އަންހެނުން ބާރުވެރިކުރުވުމުގެ ފޯރަމުގައި ވަނީ ތިމާ ބޭނުންވާ ފަދަ ފިސާރި ކަނބަލަކަށް ވުމައްޓަކައި ކުރެވިދާނެ ގިނަ ކަންތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ.

އައިވީގެ ފައުންޑިން ޑިރެކްޓަރ ހިރާ އަލީ ވަނީ ކޮންމެ މާހައުލެއްގައި އުޅުނަސް ހިއްވަރާއެކު މަސައްކަތް ކޮށްފިއްޔާ ކާމިޔާބުވާނެކަން ފޯރަމްގެ ބައިވެރިންނަށް ބުނެދީފައެވެ. ހިރާ ވަނީ އަންހެނުން ވާޒީފާގެ މާހައުލަށް ނުކުންނަނަމަ އެތަށް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭކަން ފާހަގަކޮށްފައެވެ. އެހެންނަަވެސް މި ކަންތައްތަކުން އަރައިގަތުމަކީ މަސައްކަތްކޮށްފިނަމަ ކުރެވޭނެ ކަމެއްކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ކާމިޔާބު މީހަކަށް ވުމައްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ ތިމާގެ އަމިއްލަ ނަފްސަށް ތިމާ ކުރާ އިތުބާރު ވަރުގަދަކޮށް ތިމާ އަކީ ކޮންމެ ކަމެއްވެސް ކުރުމުގެ ގާބިލުކަން ހުރި މީހެއްކަން ގަބޫލުކުރުމެވެ. ތިމާގެ ނަފްސަށް ތިމާ ނުކުރާ އިތުބާރެއްް ދެވަނަ މީހަކު ނުކުރާނެއެވެ.

ކުރާ ހިއްވާ ކަމެއްނަމަ އެކަމެއް ކުރާށެވެ. ޖެހިލުން ނުވާށެވެ. އެއްފަހަރުން އެކަން ކާމިޔާބު ނުކުރެވިއްޖެނަމަ ދެވަނަ ފަހަރަށް ވެސް މަސައްކަތް ކުރާށެވެ. ކާމިޔާބު ކުރެވެންދެން މަސައްކަތް ކުރާށެވެ. ތިމާއަށް ލިބޭ ކޮންމެ ނާކާމިޔާބީ އަކީ ފިލާވަޅެކެވެ.

ހިރާ ވަނީ ތިމާގެ ނަފްސު އެންމެ ފުރިހަމަ ގޮތުގައި އިސްތިހާރު ކުރެވޭނީ ތިމާއަށްކަމަށް ބުނެދީފައެވެ. އިތުބާރާ އެކީ ތިމާގެ ނަފްސު ތައާރަފް ކުރުމަށް ތައްޔާރުގައި ހުރުމަށް ހިރާވަނީ ބުނެދީފައެވެ. އަދި އެހެންމީހުންނަށް ދައްކާދެން ބޭނުންވާ "އިމޭޖް" އޭގެ އެންމެ ފުރިހަމަ ގޮތުގައި ދައްކާ ދިނުމަށް ހިރާ ބާރުއެޅިއެވެ.

ފިރިހެނުންނަށް ކާމިޔާބު ވިޔަފާރިތައް ހިންގޭނަމަ ހަމަ އަހަރެމެން އަންހެނުންނަކީ ވެސް ރަނގަޅަށް މަސައްކަތް ކުރެވިއްޖެނަމަ ފައިސާވެރި ކުޅަދާނަ ވިޔަފާރިވެރިންނަށް ވެވިދާނެކަމަށް އައިވީގެ ޑިރެކްޓަރ ގުލް ޚާން ވަނީ އެކި ފަހަރު މަތިން ހަރު އަޑުން ފޯރަމްގައި ގޮވާލާފައެވެ.

ގުލް ވަނީ އޭނާގެ ހަޔާތުން މިސާލު ނަގައިގެން ފައިސާވެރި ކާމިޔާބު ވިޔާފެރިއަކަށް ވުމައްޓަކައިވެސް ބޭނުންވަނީ ހަމަ ކުޑަ ހިތްވަރަކާ ނުގުޑާނެ އަޒުމެއްކަމުގާ ބުނެފައެވެ. ތިމާ އަކީ ފައިސާ ހޯދުމަށް ކުޅަދާނެ މީހެއްކަން ގަބޫލު ކުރާށެވެ. މަދު ލާރިކޮޅަކުން ވިޔަފާރިއެއްފަށާ ކާމިޔާބު ވިޔަފާރިއަކަށް އެ ވިޔަފާރި ހެދުމުގެ ކުޅަދާނަކަން އަންހެނުންނަށް ލިބިގެންވެއެވެ.

ކޮންމެ އަންހެނަކުވެސް އެންމެ އުންމީދު ކުރާނެ އެއް ދުވަހަކީ ތިމާގެ އަމިއްލަ ދަރިއެއް ލިބޭނެ ދުވަހަކަށެެވެ. ދަރިފުޅުގެ ދުލުން މަންމާއޭ ކިޔާފާ ގޮވާލާ އަޑު އަހަންށެވެ. މި ހުވަފެނަކީ ތިމާގެ ކެރިއަރަށް ބުރުއަރާ ފަދަ ހުވަފެނެއްކަމަށް ނުދެކޭށެވެ. ނުވަތަ ކެރިއަރއެއް ބިނާކުރުމަކީ ތިމާގެ ދަރިއަށް ތިމާއާ ދުރުވާ ކަމެއް ކަމަށް ނުދެކޭށެވެ. އަންހެނުންނަށް ދެ ކަންތައްވެސް ކުރެވޭނެއެވެ.

ދަރިންނަށް އަޅާލާ ލޯބިވާ މަންމައެއްގެ ދައުރު އަދާކުރަމުން ކުޅާދާނަ މަސައްކަތްތެރިއެއްގެ ދައުރުވެސް އަންހެނުންނަށް އަދާކުރެވޭނެކަމަށް ފޯރަމް އިންތިޒާމްކޮށް ހިންގުމުގައި އިސްދައުރެއް އަދާކުރި ބަޓާރފްލައި އިފެކްޓްގެ ކުޅަދާނަ ފައުންޑަރ ޑރ. މާރިޔާ އަލީ ވަނީ ތަކުރާރުކޮށް ފޯރަމްގައި ވިދާޅުވެފައެވެ. ދަރިންނަށް ބޭނުންވާ ލޯބިދެމުން މަސައްކަތް ކުރުމަށް ބޭނުންވާ ވަގުުތުވެސް ދެވޭނެއެވެ. ނުވާނެއޭ ނުބުނާށެވެ.

ދެ ޖިންސުގެ ހަމަހަމަކަން ގާއިމް ކުރުމަށް މަސައްކަތްކުރާއިރު އެންމެ ފުރަތަމަ ފިޔަވަޅު އަޅަންޖެހޭނީ ގޭތެރެއިންނެވެ. ތުއްތު ދަރިފުޅު ބޮޑުވަމުން އަންނަ އިރު ހަމަހަމަ ކަމާ އެކު ކަންތައް ކުރުމަށް އެކުދިންނަށް ދަސްކޮށްދޭށެވެ. އަންހެންދަރިންނަށް ފިރިހެން ކުދިންނަށް އެކަން ކުރެވެންޔާ ދަރިފުޅަށްވެސް އެކަން ކުރެވޭނެއޭ ބުނެދޭށެވެ. ފިރިހެން ދަރިފުޅަށް އަންހެންކުދިންނަށް ވެސް ފިރިހެންކުދިންކުރާ ކަންތައް ކުރެވޭނެކަން ވިސްނާދޭށެވެ. ކޮންމެ ކުއްޖަކަށްވެސް އެކުއްޖަކު ދާންބޭނުންވާ ރޮނގަކުން ކުރިއަށް ދިއުމުގެ ފުރުސަތު އޮތްކަށް ކިޔާދީ ހިއްވަރުދޭށެވެ.

ކާމިޔާބު ވުމުގައި ބޭނުމީ ހަމަ ކުޑަ ހިތްވަރެކެވެ. ކެރިގެން ނިކުމެ ކަންކަމާ ކުރިމަތިލާށެވެ. ފަސްނުޖެހި ތިމާގެ ހުވަފެންތައް ހަގީގަތަކަށް ހަދަން މަސައްކަތްކުރާށެވެ. އަންހެނުންނަކީ ފިރިހެނުންނެކޭ އެއްފަދަ ކުޅަދާނަ ބައެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟

ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟

07 ސެޕްޓެމްބަރު 2017
ނިސްބަތްވާނެ ގައުމެއްނެތި ރޮހިންޖާ މުސްލިމުން ބިކަވެފައި

ނިސްބަތްވާނެ ގައުމެއްނެތި ރޮހިންޖާ މުސްލިމުން ބިކަވެފައި

07 ސެޕްޓެމްބަރު 2017
 ނައީމާއްތަ:  ދޫކޮށްލީ ނުކުތީ، ނުހުއްޓުވޭނެ، އަޖައިބެއް ނުވާނެތަ!

ނައީމާއްތަ: ދޫކޮށްލީ ނުކުތީ، ނުހުއްޓުވޭނެ، އަޖައިބެއް ނުވާނެތަ!

20 އޯގަސްޓު 2017
42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!

42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!

17 ޖުލައި 2017
މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!

މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!

10 ޖޫން 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު